އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްޔަރު ކުރުމަށް އުޅޭތީ ސަޕޯޓަރުން އެކަމާއި ދެކޮޅަށް މުޒާހަރާ ކުރުމަށް އޭނާ ގޮވާލައިފިއެވެ.

މީސްމީޑިއާ މަންސާއެއްގައި ޓްރަމްޕް އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 2016 ވަނަ އަހަރު އޭނާ ރައީސް ކަމުގެ ހުވާ ކުރުއްވުމުގެ ކުރިން ޕޯންސްސާޓެެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްއަށް ފައިސާ ދިން މައްސަލައެއްގައި އަންގާރަ ދުވަހު އޭނާ ހައްޔަރު ކުރާނެ ކަމަށެވެ.

ފައިސާއަކީ ކޮން ފައިސާއެއްތޯ ސުވާލު ކުރުމުން ޑެނިއަލްސް ބުނެފައިވަނީ އެއީ ޓްރަމްޕްއާއި އޮތް ގުޅުން އާންމުންނާއި ހަމައަށް ނުގެނެސް ދިނުމުގެ ގޮތުން އޭނާ ދީފައިވާ ފައިސާ ކަމަށެވެ. ނަމަވެސް ޓްރަމްޕް ވަނީ އެފަދަ އެއްވެސް ގުޅުމެއް އޭނާއާއި ނޯންނާނެ ކަމަށް ބުނެ އެކަން ދޮގު ކޮށްފައެވެ.

އެމައްސަލައިގައި އޭނާ ހައްޔަރު ކުރަން އުޅޭތީ އޭނާ ވަނީ ސަޕޯޓަރުންގެ އަރިހުން އެކަމާއި ދެކޮޅަށް މުޒާހަރާ ކުރުމަށް ގޮވާލާފައެވެ.

"އެމެރިކާގެ ކުރީގެ ރައީސް އަންގާރަ ދުވަހު ހައްޔަރު ކުރުމަށް އަންނަނީ މަސައްކަތް ކުރަމުން. މިކަމާ މުޒާހަރާ ކުރާތި" އަމިއްލަ ނަފްސަށް ނިސްބަތްކޮށް ޓްރަމްޕް ކުރި ޕޯސްޓެއްގައި ބުންޏެވެ.

ދައުލަތުން ޓްރަމްޕް މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެނަމަ، އޭނާ ވެގެން ދަނީ އެފަދަ މައްސަލައެއްގައި ހައްޔަރު ކުރާ އެމެރިކާގެ ކުރީގެ ފުރަތަމަ ރައީސަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރެފްރީ

    އަދުރޭމެންކައިރިންނާއި އަންނި ކައިރިން ދަސްކޮށްފި ! ޓުރަމްޕު މިހާރުބޭނުންވަނީ ތަޅާލާނެކުދިންކޮޅެއް

    7
    2
    • ރަން ރީނދޫ

      އެއީ ހިންނަވަރު ކުޑަ މޯދީ ކައިރިން ދަސްކުރީ ކަމެއް.

  2. ޓޯބީ

    ކީއްވެ ޕޯރންސްޓަރ އަކާ ގުޅުން އޮތީމާ ހައްޔަރުކޮށް މީހުން އެކަމާ ދެކޮޅުވާންވީ! އެއީއެއް ނޫންތަ މިނިިވަން ކަމަކީ! އެއީއެއް ނޫންތަ ހުޅަނގުން ބޭނުންވާ ގޮތަކީ!

  3. ނަނަނަ

    އެމެރިކާ ގަ ދާޚިލީ ހަނގުރާމަ އެއް ފަށޭ ތަން ހާދަ ދެކޭ ހިތް ވެޔޭ... އެކަން ކޮށްދޭނެ މީހަކަށް ޓްރަމްޕް ވެދާނެ ކަމުގެ އުންމީދުގަ މި ހުންނަނީ..

  4. ވަކިފަރާތަކައްނުޖެހި

    އަދިވެސް މައުމޫނުވަރެއްނުވޭނެ

  5. ވަކިފަރާތަކައްނުޖެހި

    އަދިވެސް މައުމޫނުވަރެއްނުވެވޭނެ ވެރިކަންކުރި ހުރިހުރިހުރިހާމީހުން ޖަލު