ހުކުރު ދުވަހުގެ ރޭ އެމެރިކާގެ މިސިސިޕީއަށް އެރި ތޫފާނުގައި 23 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ސްޓޭޓްގެ އިމަޖެންސީ މެނޭޖްމަންޓް އެޖެންސީން ބުނެފިއެވެ.

ހުޅަނގު މިސިސިޕީގެ 200 މީހުން ދިރިއުޅޭ އަވަށެއް ކަމަށްވާ ސިލްވާ ސިޓީއަށް ތޫފާނުގެ ސަބަބުން ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތުގައި ސާޗް އެންޑް ރެސްކިއު ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިސިސިޕީ އިމަޖެންސީ މެނޭޖްމަންޓް އެޖެންސީން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ހަތަރު މީހަކު ގެއްލިފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ

"ހިތާމައަކީ މި އަދަދުތަކަށް ބަދަލު އަންނާނެ ކަމަށް ބެލެވޭތީ"، މަރުވާ މީހުންގެ އަދަދަށް އިޝާރާތްކޮށް އެޖެންސީން ބުނެފައި ވެއެވެ.

https://twitter.com/TreasChest/status/1639513455333089280?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1639513455333089280%7Ctwgr%5Eae883afb164db187aa2bb767ef45af7155ce3e4c%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.ndtv.com%2Fworld-news%2Ftornado-never-seen-anything-like-this-23-dead-after-massive-tornado-tears-through-us-town-mississippi-3892854

ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ތޫފާނުގެ އަސަރު ކުރި 1،700 މީހުންގެ އާބާދީއެއް އޮންނަ ރޯލިން ފޯކްގައި ވެސް ސާޗް އެންޑް ރެސްކިއު ޓީމުތައް ދަނީ ހަރަކާތްތެރިވަމުންނެވެ.

ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ބްރޭންޑީ ޝޯވާ ބުނީ އެފަދަ ކަމެއް ދުވަހަކު ވެސް މީގެ ކުރިން ފެނިފައި ނުވާ ކަމަށެވެ.

"މިއީ ވަރަށް ފުރިހަމަ ކުޑަ ކުޑަ އަވަށެއް، މިހާރު މިވަނީ މި އަވަށް ގެއްލިފައި". އޭނާ ބުނެފައި ވެއެވެ.

ވޮލެންޓިއަރުންގެ ގްރޫޕެއް ކަަމަށްވާ ޔުނައިޓެޑް ކެޖުން ނޭވީގެ ރައީސް ޓޮޑް ޓެރެލް އޭބީސީ ނިއުސްއަށް ބުނީ ރޯލިން ފޯކް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި އެތައް ބަޔަކު އެމީހުންގެ ގޭގައި ތާށިވެފައި ތިބި ކަމަށެވެ.

ހުކުރު ދުވަހުގެ ރެއާއި ހޮނިހިރު ދުވަހުގެ ހެނދުނުގެ ނިޔަލަށް 24 ނަގޫރޯޅިއެރެއް އެރި ކަމުގެ ރިޕޯޓެއް މޫސުމާ ބެހޭ ގައުމީ އިދާރާއަށް ވަނީ ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހޫ

    ކޮބާ ނަފްސާނީ ބަލިޖެހިފައި ތިބި މީހުންގެ ކޮމެންޓްސްތަށް؟؟؟

    6
    2