އެމެރިކާގެ ފްލޮރިޑާގެ ބީޗަކަށް ލެއްގި ބޮޑު މަހެއް ސަލާމަތް ކުރެވޭނެ ގޮތެއް ނެތިގެން މަރާލައިފިއެވެ.

ފްލޮރިޑާގެ ބީޗަށް ލައްގާފައި ވަނީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ ބޮޑު މަހެއް ކަމަށްވާ ބީކްޑް ވޭލްއެކެވެ. މި ގޮތަށް ލައްގާ މަސް ސަލާމަތުން ދޫކޮށްލައެވެ. ނަމަވެސް މި މަސް ސަލާމަތް ކުރާނެ އެއްވެސް ގޮތެއް ނެތިގެން ބޮޑު މަސް މަރާލީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޮޑު މަސް ލެއްގުމާއެކު އެއަށް އެހީވުމަށް ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާތަކާއި، ސައިންވެރިން މަސައްކަތް ފެށިއެވެ. އެގޮތުން އޭގެ ގައިމަތީ ފެން އަޅައިދީ، އެއަށް ބޭނުންވާ ރައްކާތެރިކަން ދިނުމަށް މަސައްކަތްކޮށްފައިވެއެވެ.

ދިގު މިނުގައި 16 ފޫޓު ހުރި މި ބޮޑުމަސް ސަލާމަތްކުރުމަށް ކުރި މަސައްކަތްތަކުން ކުރިއެރުމެއް ނުލިބުމުން އޭތިވަނީ ވޭން ކުޑަ ގޮތަކަށް މަރާލާފައެވެ.

ބޮޑުމަހުގެ ހަށިގަނޑު އިތުރު ދިރާސާތައް ކުރުމަށް ސީވޯލްޑު އޯރްލާންޑޯއަށް ގެންދިޔުމަށްވަނީ ނިންމާފައެވެ. މި ދިރާސާތަކުން މުހިއްމު ހޯދުންތަކަކާއި މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް ސައިންވެރިން ދެކެއެވެެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައިވެސް މި ސަރަހައްދަށް ވަނީ އޮރްކާ ވޭލްއެއް ލައްގައިފައެވެ. މިއީވެސް މީގެކުރިން އެ ސަރަހައްދުން ފެނިފައިވާ ބާވަތުގެ މަހެއް ނޫނެވެ.

ވޭން ކުޑަ ގޮތަކަށް މަރުވަމުންދާ ޖަނަވާރެއް މަރާލުމަކީ މިހާރަކަށް އައިސް އާއްމުކޮށް ކުރާކަމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ބޮޑުމަހުގެ ހަށިގަނޑު އިތުރު ދިރާސާތައް ކުރުމަށް ސީވޯލްޑު އޯރްލާންޑޯއަށް ގެންދިޔުމަށްވަނީ ނިންމާފައެވެ. މި ދިރާސާތަކުން މުހިއްމު ހޯދުންތަކަކާއި މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް ސައިންވެރިން ދެކެއެވެެ.... އަސްލު ބޭނުންވާ ކަންތައް މިއޮތީ!! ސައިންސް ވެެރިންނާ ކަންވެރިންނާ މިނޫންވެސް ވައްތަރު ވައްތަރުން މީހުން ތިއްބާ ލެއްގި މަހެއް ސަލާމަތުން ދޫކޮއް ނުލެވުން ތީ ހާދަ ފާޑެއްގެ ކަމެކޭ ދޯ!!!

  2. ދަރަނި ދަންތުރަ

    މުޅިދުނިޔެއަށް ނުކަތާ އެމެރިކާއަށް 16 ފޫޓް މަހެއް ސަލާމަތްނުކުރެވުނީ ލަދުން ދެފައި ގާތްނުވާނެ ، ބޮޑު މަސް ކާހިތުން މޮޅުވާހަކައެއް ދައްކައިގެން މަސް ހޭއަރުވާލީދޯ