އިސްރާއީލްގެ ސަރުކާރާއި ދެކޮޅަށް މިހާރު ކުރަމުންދާ ހަޅުތާލުގައި ބައިވެރިވުމަށް އެމެރިކާގައި ހުންނަ އިސްރާއީލް އެމްބަސީ ބަންދުކޮށްފިއެވެ.

އިސްރާއީލްގެ މަސައްކަތްތެރިންގެ އެންމެ ބޮޑު ޔޫނިއަން އިން އެގައުމުގެ ސަރުކާރާ ދެކޮޅަށް ބޮޑު އިހުތިޖާޖެއް ކުރާނެކަން ވަނީ އިއުލާނު ކޮށްފައެވެ.

މި އިހުޖިޖާޖަކީ އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޝަރުއީ ނިޒާމު ބަދަލުކުރުމުގެ ޕްލޭނާ ދެކޮޅަށް ބާއްވާ އިހުތިޖާޖެކެވެ.

މި އިހުތިޖާޖުގައި ބައިވެރިވުމަށް އަންގާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ އިސްރާއީލުގެ އެމްބަސީތަކަށް ވޯކާސް ޔޫނިއަންގެ ސިޓީއެއް ފޮނުވާފައި ވެއެވެ.

އެގޮތުން ވޮޝިންޓަން ޑީސީގައި ހުންނަ އިސްރާއީލުގެ އެމްބަސީ މިއަދު ވަކި ގޮތެއް އަންގަންދެން ބަންދުކުރާނެ ކަމަށާއި ކޮންސިއުލާ ހިދުމަތެއް ނުދޭނެ ކަމަށް އެމްބަސީގެ ތަރުޖަމާނު މަނީ ވިދާޅުވެފައެވެ.

ސަފީރު މައިކަލް ހަރްޒޯގް ހަޅުތާލުގައި ބައިވެރިވެވަޑައިގަންނަވަނީތޯ ސުވާލު ކުރުމުން އެމްބަސީގެ ތަރުޖަމާނު ވަނީ "ޔޫނިއަންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރައްވާ" ކަމަށް ވިދާޅުވެފައެވެ.

ވޮޝިންޓަންގައި ހުންނަ އިސްރާއީލުގެ އެމްބަސީ ވަގުތީ ގޮތުން ބަންދު ކޮށްފައިވާއިރު، އެމެރިކާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ އެހެން މިޝަންތަކުން ވެސް އެގޮތަށް އަމަލުކުރާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު