ޖަޕާނަށް 6.1 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

ޖަޕާންގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނީ ބިންހެލުން އައީ ޖަޕާންގެ ޕްރޮވިންސެއް ކަމަށްވާ އައޯމަރީގެ އިރުއުތުރުން ގާތްގަނޑަކަށް 20 ކިލޯމީޓަރުގެ އަޑިން ކަމަށެވެ. މި ބިންހެލުމުގެ އަސަރު އައޯމޮރީގެ އިތުރުން ހޮކައިޑޯ އައި އިވަޓޭ އަށް ވެސް ކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ބިންހެލުމާ ގުޅިގެން ޖަޕާނަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ.

އަދި ބިންހެލުމާ ގުޅިގެން ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ވެސް ދީފައި ނުވެއެވެ.