02:47

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް އުފުލި ދައުވާގެ އަޑުއެހުން ނިންމާ، މިއަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އިތުރު އަޑު އެހުމެއް ބާއްވަން ތާވަލު ކޮށްފި.

ޓްރަމްޕްގެ އިތުރު އަޑުއެހުމެއް ޑިސެމްބަރު ހަތަރު ވަނަ ދުވަހު!

02:00

އެމެރިކާގެ ކުރީގެ ރައީސް، ޑޮނަލްޑް ޓްރަމްޕްއާއި ދެކޮޅަށް އުފުލި ދައުވާގެ އަޑުއެހުންތައް ނިމުމާއި އެކީ އޭނާ ނިއުޔޯކު ދޫކޮށް ގޮސްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

އަޑުއެހުން ނިމުމާއެކު، ޓްރަމްޕް ނިއުޔޯކު ދޫކޮށް ގޮސްފި

01:56

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ދެކޮޅަށް ދައުލަތުން ގިނަ ދައުވާތަކެއް އުފުލުމުން އޭނާ ރުޅިގަދަ ވެއްޖެ.

ދައުވާތަކާއި ގުޅިގެން ޓްރަމްޕް ރުޅިގަދަ ވެއްޖެ

01:54

ކޮންމެ މީހަކަށް ވިއަސް ކުށެއްގެ އަމަލު ބަލައި ނުގަންނާނެ ކަމަށް ޓްރަމްޕް ހާޒިރު ކުރި، މަންހަޓަންގެ އިސް ގާޒީ، އަލްވިން ބްރެގް ބުނެފި.

01:52

ޓްރަމްޕް އާއި އެކީ ނަހަމަ ގުޅުމެއް ހިންގި ކަމަށް ބުނާ ސްޓޯމީ ޑެނިއަލްސް ދައުލަތުގެ ފަރާތުން ހެކިވެރިއަކަށް ގެންނަން ބޭނުންވާ ކަމަށް ދައުލަތުގެ ވަކީލުން ބުނެފި.

01:51

ޓްރަމްޕް މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓުގެ ސަބަބުން ކަންބޮޑުވާން ޖެހޭ ކަމަށް ދައުލަތުން ވަނީ ފާހަގަ ކޮށްފައި.

ދައުލަތުގެ ވަކީލުން ބުނެފައިވަނީ ޓްރަމްޕް މީސްމީޑިއާގައި އެސިޓީއަށް އަށާއި އަދުލު އިންސާފަށާއި ކޯޓުތަކާއި ކޯޓުތަކުގެ ގާޒީންނަށް އިންޒާރުދީ ޕޯސްޓު ކޮށްފައިވާ ކަމަށް.

01:10

2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބަށް އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކޮށްފި.

2016 ވަނަ އަހަރުގެ އިންތިހާބަށް ޓްރަމްޕް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ކޮށްފި

00:46

އަޑުއެހުންތައް ނިންމާލުމަށްފަހު، ޓްރަމްޕް މަންހަޓަން ކޯޓު ދޫކޮށް ގޮސްފި.

ރިޕޯޓްތަކުން ބުނާ ގޮތުގައި ކޯޓުން ބޭރަށް ނުކުމެ އޭނާ ދިޔައީ، އޭނާގެ މޮޓޯކޭޑުގައި. ނަމަވެސް އޭނާ ދިޔައީ ކޮންތަނަކަށް ކަމެއް ރިޕޯޓްތަކުން ބުނެފައެއް ނުވޭ.

00:43

ކޯޓު ތެރެއިން ޓްރަމްޕުގެ ފުރަތަމަ ފެނިލުން

00:12

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ދެކޮޅަށް 34 ދައުވާއެއް އުފުލައިފި.

ޓްރަމްޕްއާއި ދެކޮޅަށް 34 ދައުވާއެއް އުފުލައިފި

23:30

ޓްރަމްޕްއަކީ ޖިނާއީ ދައުވާ އުފުލި އެމެރިކާގެ ފުރަތަމަ ރައީސް.

23:29

ޓްރަމްޕްގެ މައްޗަށް ދައުވާއުފުލައި ހައްޔަރުކުރުމާ ގުޅޭ ގޮތުން ވައިޓް ހައުސްއިން އެއްވެސް އެއްޗެއް ބުނަން ދެކޮޅު ހަދާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

23:29

ސީކްރެޓް ސާވިސް އާއި ފުލުހުންގެ އޮފިސަރުންނާއި މީޑިއާގެ ތައް އެތެރޭގައި ތިބީ ޓްރަމްޕް ކޯޓު ރޫމަށް ވަންނާނެ އިރެއްގެ އިންތިޒާރުގައި.

އޭނާ ކޯޓު ރޯމު ތެރެއަށް ވަނުމުގެ ކުރިން ކުރު، ކުރު ބަޔާނެއް ދޭނެ ކަމަށް ބެލެވޭ ކަމަށް ބުނެފައިވޭ.

23:27

ޓްރަމްޕް ހައްޔަރުކުރުމުގެ ރަސްމީ މަރުހަލާގެ ތެރެއިން ދާއިރު، އޭނާގެ މައްޗަށް ދައުވާ އުފުލާ ކޯޓްހައުސްގެ 15 ވަނަ ފަންގިފިލާގައި ތިބީ މަދު ބައެއް ކަމަށް ސީއެންއެން އިން ބުނެފައިވޭ.

23:26

މަންހަޓަން ކޯޓުގެ އެތެރެ - ފޮޓޯ: އޭޕީ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްޔަރުކޮށްފިއެވެ.

ޓްރަމްޕް ކޯޓަށް ހާޒިރުކޮށްފައި ވަނީ އެމެރިކާގެ ބަރަހަނާ ފިލްމު ކުޅޭ އަންހެނަކާއިއެކު ޓްރަމްޕް ބޭއްވި ނަހަމަ ގުޅުން ސިއްރު ކުރަން ފައިސާދީ، އެފައިސާ ދިންކަން ލިޔެކިޔުންތަކުން ނުފެންނަ ގޮތް ހެދި މައްސަލައިގައެވެ.

ސީއެންއެން އިން ރިޕޯޓްކޮށްފައިވާގޮތުގައި ޓްރަމްޕްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކޯޓުގައި ކުރިއަށް ގެންދިއުމުގެ ކުރިން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރެފްރީ

    ރަނގަޅު

    4
    1
  2. ކޮރަލް

    މިއީ ޖެރޫސަލަމް އަކީ އިޒްރާއީލްގެ ވެރިރަށް ކަމުގައި ހެދި ފުރަތަމަ އެމެރިކާ ގެ ރައީސް އެވެ. މިއީ އެމެރިކާ ގެ ރައީސްކަން ކުރި މީހުންގެ ތެރެއިން ހައްޔަރު ކުރި ފުރަތަމަ ރައީސް އެވެ. ﷲ ގެ ނިންމެވުން ބަލާލަ ބަލާށެވެ.

    12
  3. ތުއްތުނާ

    ޓުރަމްޕުއޮތީ ރައީސްކަމަށްކުރިމަތިލާންނިންމާފަ. އެހެންވީމާ އެފުރުސަތު އަންނިއަށްދޭންފެނޭ

  4. ޒަވިއަނި

    ބޮން ތަކުގެ “ މަންމަ “ ބޮން ކުށެއްނެތް މުސްލިމްތަކުންގެ ބޮލަށް އަޅާ އެތައް ބައެއް މަރާލީމަ ވެސް ޒަޔަނިސްޓުން ހިތް ފުރޭވަރު ނުވީތާ

    4
    1
  5. Anonymous

    ޓްރަންޕަށް މިވާ ގޮތް މުސްތަގުބަލުގައި ބުރުމާއަށް ނުވާނެބާ؟ ޓްރަންޕް ފަދައިން ބުރުމާއަކީ ވެސް މަހުޖަނެއް. ޓްރަންޕް ވެރިކަމަށް އެރި ގޮތަށް ބުރުމާ ވެސް ވެރިކަމަށް އަރަން އުޅެނީ. ބުރުމާއަކީ ވެސް މީހެއްގެ އަންބެއްގެ ގާތަށް ވަދެފައިވާ މީހެއް. ކޯޓަށް ވައްދަން ވެއްޖެއްޔާ ބުރުމާގެ މައްސަލަތައް ވެސް މަދެއް ނުވާނެ.

  6. އަހްމަދު

    ޝާހިދުކައިރީބުނޭ ސޯލިހައް ދެވަނަ ދައުރެން ހޯދަން އެމެރިކާއަށް ރަސްމީދަތުރެއް ފަށާށޭ

  7. Anonymous

    އަނެއްކާ އަނެއް ފިލްމު ދޯ

  8. އިނާ

    ތިއީ އަހަރުމެންނަށް އާކަމެއްނޫން. މިގައުމުގައި އޮތީ ތިކުޅިވަރު. ވެރިކަން ބަދަލުވާއިރަށް ކުރީގެ ރައީސުންގެ މައްސަލަތައް ބަލާ ޖަލަށްލުން ނޫންކަމެއް ނެތް. ތިކަމުގައި މިގައުމުގެ މަޝްވަރާ އާއި ލަފާ ހޯދުން ރަނގަޅު.