ސީރިއާއިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދީފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއާއި ހަވާލާދީ އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސީރިއާ ބޯޑަރާއި ޖެހިގެން ގޮތަކަށް އޮންނަ ހަނަފަސް ސަރަހައްދެއްގައި ރޮކެޓް އެލާޓް އިއްވާފައިވާ ކަމަށެވެ. އެހެން ކަމުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި އިސްރާއީލަށް ރޮކެޓް ހަމަލާ ފޮނުވާފައިވަނީ ސީރިއާއިންނެވެ. އެގޮތުން މަދުވެގެން ދެ ރޮކެޓް ފޮނުވާލާފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އިސްރާއީލްގެ އާންމު ރައްޔިތުން ވެސް ވަނީ ބާރު ގޮވުންތަކުގެ އަޑު އިވުނު ކަމަށް ރިޕޯޓްތަކަށް ބުނެފައެވެ.

މިހަމަލާއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއްވި ނުވަތަ ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑެނީ

    ޢެބަ ރަނގަޅުވޭ

  2. ޙާމަނާއީ

    މިހާރު ތިދަނީ ވަރުގަދަ ހަނގުރާމައަކަށް.. ސީރިޔާގައި ތިބި އީރާންއާއި ހިޒުބުއްލާގެ ހަނގުރާމަވެރިންވެސް ސީރިޔާގެ ގޯލާން ބިންތައް ކައިރިއަށް ޖަމާވާނެ..

    12
    1