ވިހެއިތާ މާގިނައިރެއް ނުވެ، ކަރުގައި ފޫޅުދަނޑި އޮޅި ހާލުދެރަވެފައި އޮތް ތުއްތު ކުއްޖަކު މަގުމަތީގައި ހުރި ފެން ހިންދާ ޖަންގްޝަނެއްގެ ތެރެއިން ނަގައިފިއެވެ.
އިންޑިއާގެ ޓެމިލްނާޑޫ ސަރަޙައްދުން ކުއްޖާގެ ރުއިމުގެ އަޑަށް ޢާންމުންގެ ބަޔަކު ގޮސް އެކުއްޖާ ސަލާމަތްކޮށްފައިވާއިރު، ކުއްޖާ ފެނުނުއިރު ކަރުގައި ފޫޅުދަނޑި އޮޅި ގިނައިރުވުމުގެ ސަބަބުން އޮތީ ވަރަށް ހާލުދެރަވެ ނޭވާލުމަށް ހުރަސްއެޅިފައެވެ.
އަންހެނަކު މި ތުއްތު ކުއްޖާ ސަލާމަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯއިން ފެންނަނީ މަގުމަތީގައި ހުރި އެ ޖަންގްޝަންގެ ތެރެއަށް އަތްކޮށްޕާފައި އެ އަންހެން މީހާ ކުއްޖާގެ ފައިގައި ހިފާފައި ނަގާ މަންޒަރެވެ. އެއަށްފަހު ކަރުގައި އޮޅިފައި އޮތް އެކުއްޖާގެ ފޫޅުދަނޑި ކަރުން ނައްޓުވައި، ފެނުން ކުއްޖާ ސާފުކުރާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.
އެ ކުއްޖާއަށް މިހާރު ޓެމިލްނާޑޫގެ އެގްމޯރ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އޮފިޝަލުން ބުނެއެވެ. މި މައްސަލަ އާއި ގުޅިގެން ކުއްޖާގެ މަންމަ ހޯދުމުގެ މަސައްކަތް މިހާރު ކަމާއި ބެހޭ އިދާރާތަކުން ކުރަމުންދާއިރު، އަދި އެކަމާއި ގުޅުންހުރި މީހަކު ހައްޔަރެއް ނުކުރެއެވެ.
އެ ކުއްޖާ ސަލާމަތްކުރި އުމުރުން 45 އަހަރުގެ އަންހެން މީހާ ވަނީ، އެކުއްޖާ ފެނުނިފައިވަނީ އިންޑިއާގެ މިނިވަން ދުވަހުގައި ކަމުން، އޭނާއަށް އެދުވަހާއި ގުޅޭ ނަމެއް ދިނުމަށް ނިންމާފައެވެ. އެގޮތުން އެކުއްޖާއަށް ކިޔާނީ "ސުތަންތިރަމް" ކަމަށް އޭނާ ވަނީ ބުނެފައެވެ. ސުތަންތިރަމްގެ މާނައަކީ މިނިވަންކަމެވެ.
މިކުއްޖާގެ ޚަބަރު އިންޑިއާގެ ނޫސްތަކުން ޢާންމު ކުރުމާއި އެކު އޭނާ އެޑޮޕްޓު ކުރުމަށް ގިނަ ޢަދަދެއްގެ ބަޔަކު ޝައުގުވެރިކަން ފާޅުކޮށް ހޮސްޕިޓަލުގައި އެދެމުންދާކަމަށް ވެއެވެ. ޓެމިލްނާޑޫގެ ފުލުހުން މިހާރު ދަނީ މި ހާދިސާ އިތުރަށް ތަހުޤީޤުކުރަމުންނެވެ.
މައިންގެލަގޮޑިއައް ކެއްކުރެވޭބާ ބައެއް މައިން ހާދަނުލަފައޭ އިންސާނިއްޔަތުކަމުގެ ކުޑިފަށެއްވެސް ނެތް
އަޅުގަނޑުމެން މި އުޅެނީ ދަރިއަކު ނުލިބިގެން ނިޢުމަތައް ޝުކުރުނުކުރާ މީހުންގެ ނިމުން ހިތިވާ