މަރުތޭލަކުން ތަޅައި މިޔަރެއް މަރާލި ވީޑިއޯއެއް އާންމުވުމާ ގުޅިގެން މިޔަރު މަރާލި މީހާ ހައްޔަރުކޮށްފިއެވެ.

މިދިޔަ ޑިސެމްބަރު މަހު އެމެރިކާގެ ފްލޮރިޑާގެ ބީޗެއްގައި މަރުތޭލެއް ބޭނުންކޮށްގެން މިޔަރެއް މަރަނިކޮށް އާއްމުވި ވީޑިއޯގައި ފެންނަ ގޮތުގައި އޭނާ މިޔަރު މެރުމަށް ގިނަ އިރުތަކެއްވަންދެން އޭގެ ގައިގައި މަރުތޭލަކުން ތަޅައެވެ. މިޔަރުގެ ގައިގައި މަރުތޭލުން ތަޅާއިރު، އެތަނުގައި އިތުރު މީހަކު ބަލަހައްޓައިގެން ހުރެއެވެ.

އެ ވީޑީއޯ އިން ފެންނަ މިޔަރަކީ ހިމާޔަތްކޮށްފައިވާ ލެމަން ޝާކެކެވެ. މި މައްސަލައިގެ ކޯޓު މަރުހަލާއަށް އައުމަށް ތަކުރާރުކޮށް އެންގުމުންވެސް ހާޒިރުވެފައި ނުވާތީ އެ މިޔަރު މަރާލި މީހާ ވަނީ ހައްޔަރުކޮށްފައެވެ.

މި ވީޑިއޯ ނަގާފައިވަނީ ބީޗާ ކައިރީގައި ހުރި ހޮޓަލެއްގައި ހުރި މީހެކެވެ. އަދި ވީޑިއޯ އެންމެ ފުރަތަމަ ޕޯސްޓުކޮށްފައިވަނީ ފޮކްސް 35 ނިއުސް އިންނެވެ.

ފްލޮރިޑާ ފިޝް އެންޑު ވައިލްޑްލައިފް ކޮންސަވޭޝަން ކޮމިޝަނުން ކުރިއަށްގެންދިޔަ ތަހުގީގުގައި ވީޑިއޯގައި މަރުތެޔޮ ހިފައިގެން ހުރި މީހާ ވަނީ ދެނެގެންފައެވެ.

ފްލޮރިޑާގައި މިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަދީފައިވީ ނަމަވެސް، އެ ސްޓޭޓުގައި ބޭނޭނީ ވަކި ވަތްތަރުތަކެއްގެ މިޔަރެވެ. އެގޮތުން 28 ބާވަތެއްގެ މިޔަރު އެ ސްޓޭޓުގައި ވަނީ ހިމާޔަތްކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރެއްގެ ތެރޭ 100 މިލިއަނަށްވުރެ ގިނަ މިޔަރު އިންސާނުންގެ އަމަލުތަކުން މަރުވެއެވެ. އާއްމުގޮތެއްގައި މިޔަރު މަރަނީ އޭގެ އުރަހައިގެ ބޭނުމުގައެވެ. އެންމެ ގިނައިން މި ބޭނުމަށް މިޔަރު މަރަނީ ޗައިނާ އަދި ވިއެޓްނާމުގައެވެ. އެ ގައުމުތަކުގައި މިޔަރު އުރަހައިން ތައްޔާރުކުރާ ސޫޕަކީ މަގްބޫލް އެއްޗެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބައިޑެން

    އީޕީއޭ މިމައްސަލައަށް ވަދުނީ.. މޒ މިފަހަރު ރަގަޅު ޖޫރިމަނާއެއް ކުރާތި..

    4
    1
  2. Anonymous
  3. Anonymous

    މިޔަރަކަށްވުރެ މީހެއްގެ ޤަދަރު ކުޑަވީ ދޯ.

  4. ަަްްއރ

    ﷲ ދެއްވި ނިއުމަތުން ކާގެންއުޅުން...