މިރޭ ހަނދު ހަމަލޮލަށް ފެނުމުގެ އެއްވެސް ފުރުސަތު ނެތް ކަމަށް އަރަބި 13 ގައުމަކުން ބުނެފިއެވެ.

އެގޮތުން އަރަބި އައި އިސްލާމީ ގައުމަކަށް ޝައްވާލް މަހުގެ ހަނދު މިއަދު ނުފެންނާނެ ކަމަށް، 13 ގައުމެއްގެ 25 ފަލަކީ އިލްމުވެރިން ގުޅިގެން ވަނީ ކަނޑައަޅައިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ފިތުރު އީދު ދުވަހުގެ ހަނދު މިރޭ ފެނުމާ މެދު މިހާރު އެކި ގޮތްގޮތަށް ދަނީ ވާހަކަދެކެވެމުންނެެވެ. އަދި އެ ހަނދު ފެންނާނެތޯ ނުވަތަ ނޫންތޯ ހިޔާލު ތަފާތުވެފައިވާ ކަމަށް ވެސް ފަލަކީ އިލްމުވެރިން ގަބޫލު ކުރެއެވެ.

އިންޓަނޭޝަނަލް އެސްޓްރޮނޮމީ ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ބަޔާނުގެ ބޭނުމަކީ ހަނދު ފެނުމުގެ މައްސަލައާ ގުޅޭ ގޮތުން ސައިންޓިފިކް ބައެއް ސާފުކޮށްދިނުން ކަމަށެވެ.

މި ބަޔާނުގައި ފިތުރު އީދު ދުވަހަކީ ކޮން ދުވަހެއް ކަން އަންގައިދޭން ބޭނުން ނުވާ ކަމަށާއި ބޭނުން ހަނދު ފެންނާނެ ކަމަށް ބުނަމުން އަންނާތީ އެ ބަހުސް ނިމުމަކަށް ގެނައުމަށް ކަމަށް ވެސް ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ އިރު އޮއްސުމަށް ފަހު ކުޑަ ވަގުތުކޮޅަކަށް އުޑުމަތިން ހަނދު ފެނުމަކީ، ހަނދު ފެންނާނެ ކަމަށް ބުނުމަށް ފުދޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި ހަނދު ފެނުމުގައި، ހަނދު ނުގެއްލި ހޭދަވާނެ ވަގުތަށް ވެސް ބަލަން ޖެހޭ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ބައެއް އަރަބި ގައުމުތަކަށް ބަލާ އިރު، އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި އިރާއި ހަނދާ ދެމެދު ހުންނާނީ 2.7 ޑިގްރީގެ ދުރުމިނެކެވެ. އަބޫދާބީގައި 4.7 ޑިގްރީގެ ދުރުމިނެއް ހުންނާނެ އިރު، މައްކާގައި 5.1 ޑިގްރީގެ ދުރު މިނެއް ހުންނާނެއެވެ. ގުދުސްގައި އިރާއި ހަނދާ ދެމެދު 5.4 ޑިގްރީއެއް ހުންނާނެ އިރު، މިސްރުގައި އިރާއި ހަނދާ ދެމެދު 5.5 ޑިގްރީއެއް ހުންނާނެއެވެ. އެމީހުން ފާހަގަ ކުރާ ގޮތުން ނަމަ، އިރާއި ހަނދާ ދެމެދު ހަ ޑިގްރީގެ ދުރުމިނެއް ހުރެގެން ނޫނީ ހަނދު ފެނުމުގެ ފުރުސަތެއް ނެތެވެ.

ކީރިތި ރަސޫލާގެ ސުންނަތުން އަދި ފަލަކީ އިލްމީ ހަގީގަތްތަކުން ސާބިތުވާ ގޮތުގައި ކޮންމެ ހަނދު މަހެއްގައި ވެސް އޮންނާނީ 29 ދުވަސް ނުވަތަ 30 ދުވަހެވެ. ބައެއް އިލްމުވެރިން ބުނާ ގޮތުގައި މިއަދު އިރު އޮއްސުމާ އެކު، އިސްލާމީ ޝަރުއީ ހަމަތަކުގެ މަތިން ރަމަޟާން މަސް ނިމި ޝައްވާލް މަސް ފެށޭނެއެވެ.އިރު އޮއްސުމުގެ މާ ކުރިން، އައު ހަނދު އުފަންވެފައިވާތީ މިއަދަކީ ރަމަޟާން މަހުގެ ފަހު ދުވަހެވެ. އަދި ފިތުރު އީދު ދުވަހަކީ މާދަމާ ކަމަށް ވެސް އެ އިލްމުވެރިން ގަބޫލު ކުރެއެވެ.

މީގެއިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ހަނދު ފެނުމުގެ ފުރުސަތު އޮތް ކަމަށް ދީނީ ބައެއް އިލްމުވެރިން ގަބޫލު ކުރެއެވެ. މި އަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

އެ ޖަލްސާ އޮންނާނީ މިރޭ 20:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މައު

    މައުބެ ނުހިމެނޭތަ ތިލިސްޓުގަ.

    25
    3
  2. މިނިކޯ

    މިތާނގަ ހަނދުބަަލަނީ ގޫގުލް ކޮށްގެން. އަދި ނުފެނިގެން އުޅޭކަށް ނުޖެހޭ މިގޮތައް.

  3. ނަމަ

    ފަލަކީ ހިސާބު ދަންނަ މީހަކު ނުއުލެނީބާ އެއިން ގައުމެއްގަ

  4. އަހުސަން

    ކޮބާ މައުމޫނު؟

    9
    5
  5. Anonymous

    މާދަމައަކީ އީދުދުވަހޭ، މިރާއްޖޭގެ އުޅޭ ހުކުރަށް ނުދާ ކަހީނުކަލޭގެ ބުނި ދޯ.

    7
    9
  6. ފަލަކު

    މައުމޫނަށް ހަނދު ފެންނާނެ. ޢޭނަގެ އަންހެނުންނަށް 30 ރޯދަ ހިފުން ހަރާމް

    5
    11
  7. ޟަނޓޭ

    މައުމޫނައް މާދަމާ އެއީ އީދުދުވަސް އީދު މުބާރަކް މައުމޫނައް ލޮލް ފަލަކީ އިލްމުގެ ބަފަކަލޭގެއައް

    4
    5
    • ޜަނާ

      ބަލަ ނައުމޫނާ އަޅައިގަނެ ގެން ނުނެއްޓިގެން ތި އުޅެނީ މިއަދު ނޫހުގައި ހަނދާ ބެހޭގޮތުން އަހްމަދު އަބްދުﷲ ސަޢީދު ލިޔެ ފައިވާ ލިޔުން ކިޔާބަލަ. ހަނދާ ފަލަކީ އިލްމްގެ އަޑު އިވޭއިރަށް މައުމޫނުގެ ބޮލަށް ސަވާރު ވަނީ

  8. ރަޓު ބެއްޔާ

    ބެއްޔާ ކީކޭ ބުނީ.

    4
    5
  9. Anonymous

    ހަނދު ފެނިއްޖެ.. ދެން ލަލަލަ

    1
    1
  10. މުބީނު މާރނީ

    އަޅެ މައުމޫނާ ނުބެހި ފާނަންތަ؟ މާދަމާ ޢީދު ވީމަ ފުޑް ކަހަލަ އެއްޗެހި ކާލައިގެން ހިތްހަމަ ޖައްސާލަ ބަ!

  11. ސައީދު

    މައުމޫނަށް ވަރުބާލަން ތިމީހުން މާދަމާ ނުކައި ތިބެންވީނު. އެމީހަކަށް ލިބިފަ ހުންނަ އިލްމެއްގެ މައްޗަށް ވާހަކަ ދެއްކީމަ ހަޖަމު ނުވާނީ ޖާހިލުންނަށް. މާދަމާ އެތައް ގައުމަކަށް އީދު ވެއްޖެ. ޝުކުރިއްޔާ ރައީސް މައުމޫން.

  12. ކައުންސެލަރު

    އިރާ ހަނދާ އެއްމިސްރާބެއްގަ ކައިރިކައިރީގަ ހުރެގެން އިރުގެ ދަޅައާހެދި ހަމަލޮލަށް ހަނދު ނުފެނުމަކީ ހަނދު ނުފެންނާނޭ ބުނުމަށް އުޒުރެއްނޫން. ޓައިމްއެންޑްޑޭޓް.ކޮމް ސައިޓަކީ ވަރަށް އެކިއުރޭޓް މައުލޫމާތު ހުރިސައިޓެއް. އެސައިޓް ބެއްޔަސް އެނގޭނެ ރާއްޖެއަށް ހަނދަށްވުރެކުރިން އިރުއޮއްސޭކަން. އިރު އޮއްސުމަށްފަހު ހަނދު ކިތަންމެ ކުޑަވަގުތުކޮޅަކަށް އުދަރެހުން މަތީގަ ހުރިނަމަވެސް އެހުރީ ހަނދުފެނިފަ، އަދި ހަމަލޮލަށް ހަނދު ނުފެނުނު ކަމަށްވިޔަސް. މިޒަމާނުގައި ބުރަވާންޖެހޭނީ ޢިލްމީ ޙަޤީޤަތަށް. ހަޖަމު ނުވާމީހުން މައުމޫނުގައިގަ އަޅައިގަނެ ނުނެއްޓިގެން އުޅުނަކަސް. އެމީހުންގެ ލަދާ އަގަލާ ކުޑަކަމާއެވެ.

    3
    1