އިންޑޮނޭޝިއާ އާއި މެލޭޝިއާއަށް ބާރުގަަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

މި ބިންހެލުން އައިސްފައި ވަނީ އިންޑޮނޭޝިއާގެ ސުމަޓްރާއަށް 7.1 މެގްނެޓިއުޑް ބާރުމިނުގައެވެ. އޭގެ އަސަރު މެލޭޝިއާގެ ކުއަލަ ލަމްޕޫރަށް ވަނީ ކޮށްފައެވެ.

މި ބިންހެލުމުގެ ބާރުމިން މިހާރު ވަނީ 7.3 މެގްނެޓިއުޑް ބާރުމިނަށް މަތި ކޮށްފައެވެ.

މި ބިންހެލުމާއި ގުޅިގެން ސުނާމީގެ ނުރައްކަލެއް ނެތް ކަަމަށް ބުނެފައި ވެއެވެ.

މި ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިއާ ގަޑިން ފަތިހު 3:00 އެހާކަންހާއިރު 84 ކިލޯމީޓަރު އަޑިންނެވެ.

ބީއެމްކޭޖީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ބިންހެލުމަށްފަހު ގިނަ އަދަދަކަށް ކުދި ބިންހެލުންތަކެއް އައިސްފައި ވެއެވެ. މީގެ ބައެއް ބިންހެލުންތައް އައިސްފައި ވަނީ ގާތްގަނޑަކަށް 4 މެގްނިޓިއުޑް ބާރު މިނުގައެވެ.

އިންޑޮނީޝިއާގެ ޑިޒާސްޓަރ މިޓިގޭޝަން އެޖެންސީގެ ތަރުޖަމާނު އަބްދުލް މުހާރީ ވިދާޅުވީ މި ބިންހެލުމާއި ގުޅިގެން ސުމަޓްރާގެ ހުޅަނގު އައްސޭރިފަށުން އެންމެ ކައިރީގައި ވާ ރަށްތަކުން ކަމާބެހޭ ފަރާތްތަކުން ޑޭޓާ އެއްކުރަމުން އަންނަ ކަމަށެވެ.

ބިންހެލުން އައިއިރު އެ ސަރަހައްދުގައި ހުރި މީހަކު ގާޑިއަން ނޫހަށް ބުނީ، ހުޅަނގު ސުމަޓްރާގެ ވެރިރަށް ޕަޑަންގްގައި ބިންހެލުމުގެ އަސަރު ވަރަށް ބޮޑަށް ކުރި ކަމަށެވެ. އަދި ބައެއް މީހުން ގޮނޑުދޮށްތަކާ ދުރަށް ދިޔަ ކަމަށްވެސް ބުންޏެވެ.

އިންޑޮނޭޝިއާއަށް ގިނަ އަދަދަކަސް ބިންހެލުން އަންނަނީ، ބިންގަނޑުގެ އެކި ޕްލޭޓްތައް ބައްދަލުވާ ސިސްމިކްލީ އެކްޓިވް ޒޯނެއް ކަމަށްވާ ޕެސިފިކް ރިންގް އޮފް ފަޔާގެ ވަށައިގެން އެ ސަރަހައްދު އޮތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އާދަޔާ ޚިލާފަށް ބިންހެލުންތައް ގިނަވެއްޖެއެވެ. އެއީ ޤިޔާމަތްވުމުގެ އެންމެ ފާޅުކަން ބޮޑު އެއް ޢަލާމާތެވެ. ރަތް ދުންގަނޑުގެ ޢަލާމާތް ވެސް ފާޅުވެ ނިމިއްޖެއެވެ. ދެން އޮތީ ދައްޖާލާއި ބިމުދާއްބައާއި ހުޅަނގުފަރާތުން އިރުއެރުމެވެ. އަވަހަށް ތައުބާވެ ޤިޔާމަތްދުވަހަށް ތައްޔާރުވާންވީއެވެ.

    19
    1
  2. ޝްރޭ

    ރާއްޖެ އައްވެސް އަސަރު ކުރި.. އަސަރު ކުރި އެތައްބަޔަކު އެބަކިޔާ...

    • ޙާ

      މާލެ މާފަންނު އަށް ބިންހެލުމުގެ އަސަރު ކުރި.

    • އަލީ

      އެކަމް ބިރެއްނުގަނެއެއްނު މާފަންނު މީހުން ވެސް، މާފަންނުން މިސްކިތަށް ވެސް ދަނީ ހާދަ މަދު ބަޔެކޭ.