ފަލަސްތީންގެ ޣައްޒާއިން އިސްރާއީލަށް ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން އެ ގައުމުގެ ސިޓީއެއްގައި އަލިފާން ރޯވެ އަނދަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެގޮތުން އިޒްރޭލުގެ ދެކުނުގެ އަވަށެއް ކަމަށްވާ އިބިމް ކައިރީގައި އަލިފާން ރޯވަމުން ދަނީ މީގެ ކުރިން ޣައްޒާއިން ފޮނުވާލި ރޮކެޓްތަކުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ޓައިމްސް އޮފް އިސްރާއީލުން ވަނީ ބުނެފައެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

 

 

އައްޒާއިން އިސްރާއީލަށް މިއަދު ހަމަލާތައް ދޭން ފެށީ އިސްރާއީލްގެ ޖަލެއްގައި އިހްތިޖާޖް ކުރަމުން ދިޔަ ފަލަސްތީންގެ ގައިދީއެއް ކަމަށްވާ ހައިދަރު އަދުނާން މިއަދު ނިޔާވުމާއި ގުޅިގެންނެވެ.

ގާތްގަނޑަކަށް ތިން މަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުން ދަނިކޮށް ފަލަސްތީނުގެ ގައިދީ ޚާދަރު އަދުނާން އިޒްރޭލުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވީ މިއަދުއެވެ.

މިއާއެކު ޣައްޒާއިން އިސްރާއީލަށް ހަމަލާތައް ދޭން ވަނީ ފަށައިފައެވެ. އަދި އިސްރާއީލުންވެސް ޣައްްޒާއަށް ހަމަލާތަކެއް ދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަގީގަތް

    ތިހަމަލާދިނީ އިސްލާމިކް ޖިހާދުއިން ސާބަސް މުޖާހިދުންނަށް

    17
  2. ހުދުހުދު

    الحمدلله الله اكبر

    17
  3. ކަލޯ

    އިރުމަތީ ޔޫރަޕުން ފަލަސްޠީނަށް އަރައިގަތް އޫރުތައް ހުސްކުރަން ކަތިލާ ސާމާނާއެކު ނުކުންނަންޖެހޭ ވަގުތު ގާތްވަނީ! އޫރުތައް އަދިވެސް ގަދަވެފަ ފުއްޕުމުގަ!

    • މޮޔަނިމޮސް

      އިންސާނުންނަށް ތި ގޮތައް މުއާމަލާތް ނުކުރަން ރަސޫލާ ވަނީ އަންގަވާފަ

      1
      2