އިންޑޮނޭޝިއާއަށް 6.9 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ އެގައުމުގެ ލޮމްބޮކް އައިލޭންޑްސްގެ އިރުމަތީ ސަރަޙައްދުގައި އޮންނަ ބެލަންޓިންގެ ހުޅަނގު-ހުޅަނގު ދެކުނު ސަރަޙައްދަށެވެ. މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް ނެރެފައިނުވާއިރު ތަނަކަށް ނުވަތަ މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ވެސް އަދި ލިބިފައެއް ނުވެއެވެ.

މި ސަރަހައްދަށް މިއަދު ހެނދުނުގެ ވަގުތެއްގައި ވެސް ވަނީ 6.3 މެގްނިޓިއުޑުގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައެވެ.

މި ބިންހެލުމުގެ އަސަރު، ލޮމްބޮކްގެ އިރުމަތީ ސަރަޙައްދަށް ވަރަށް ބޮޑަށް ކޮށްފައިވާކަމަށް ބައެއް ނޫސްތަކުން ބުނެފައިވެއެވެ. އަދި، އެސަރަޙައްދުގައި އޮންނަ ޤުދުރަތީ ޕާކެއްގެ ތެރެއިން، ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާތަކެއް ހިނގިކަމަށްވެސް، ބައެއް ނޫސްތަކުން ބުނެފައިވެއެވެ.

މީގެ ދެ ހަފްތާ ދުވަސްކުރިން، ވެސް ލޮމްބޮކް އައިލޭންޑްސް އަށް ބާރުގަދަ ބިންހެލުމެއް ވަނީ އައިސްފައެވެ. އެއީ 7.0 ގެ ބާރުމިނުގައި އައި ބިންހެލުމެކެވެ.

އެ ބިންހެލުމާ ގުޅިގެން ބައެއް އިމާރާތްތައް ބިމާ ހަމަވެގެންދިޔައިރު، 400 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވިއެވެ. ހަމައެހެންމެ، އެތައް ބައެއްގެ ގެދޮރުވެސް، މި ބިންހެލުމާ ގުޅިގެން ގެއްލިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނު

    ޒަލްޒަލާތަށް ގިނަވުމަކީ ގިޔާމަތްވުމުގެ ޢަލާމާތެއް.

    • ނަން

      އަލަށްތަ މިހާ ގިނައިން ބިން ހެލުން މިއަންނަނީ؟