މީގެ ދެދުވަސް ކުރިން ހައްޔަރުކުރި ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރު ކުރީ ގާނޫނާއި ހިލާފަށް ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ދެންމެ ކަނޑައަޅައިފިއެވެ.

ޕާކިސްތާން ސުޕްރީމް ކޯޓުން ދެންމެ ނެރުނު އަމުރެއްގައި ވަނީ ބަންދުން ދޫކޮށްލުމަށް ޕާކިސްތާންގެ ދައުލަތުގެ އިދާރާތަކަށް އަންގާފައެވެ. ނަމަވެސް މާދަމާ އާއި ހަމައަށް އޭނާ ހުންނާނީ ފުލުހުން ސަލާމަތީ ކަންކަން ބަލަހައްޓާ ގެސްޓްހައުސްއެއްގައި ކަމަށާއި އެއީ އޭނާގެ ސަލާމަތައްޓަކައި ނިންމި ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

ގެސްޓްހައުސްގައި ހުންނައިރު އިމްރާން ބޭނުން ދިހަ މީހަކާއި ބައްދަލު ކުރުމުގެ ހުއްދަ ކޯޓުން ވަނީ ދީފައެވެ.

އިމްރާން ބަންދުން ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރު ކޮށްފައި ވަނީ އިސްލާމްއާބާދުގެ ކޯޓަކުން އިއްޔެ އޭނާގެ ބަންދަށް އަށް ދުވަސް ދީފައި ވަނިކޮށެވެ.

ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއިއެކު އިމްރާން ވެސް ސުޕްރީމް ކޯޓުގެ އަޑުއެހުމަށް މިއަދު ހާޒިރު ކުރިއެވެ.

އިމްރާން ބަންދުން ދޫކޮށްލަން އަމުރު ކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މައްސަލަ ބެއްލެވި ބެންޗްގެ ރިޔާސަތުގައި އިންނެވީ އުއްތަމަ ފަނޑިޔާރު އުމަރު އަތާ ބަންދިއަލް އެވެ.

ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި އިމްރާން ވިދާޅުވީ އޭނާ ހައްޔަރުކުރީ ހައިކޯޓުގައި އޮތް އަޑުއެހުމަކަށް ހާޒިރުވެ އިންދާ ވަގަށް ނަގައިގެން ކަމަށެވެ. ހައްޔަރު ކުރުމުގެ ތެރޭގައި އޭނާ އަށް ވަނީ އަނިޔާވެސް ކޮށްފައި ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ހައްޔަރު ކުރުމާއި ގުޅިގެން އޭނާގެ ސަޕޯޓަރުން ޕާކިސްތާންގެ އެކި ސަރަހައްދުތަކުގައި ހަމަނުޖެހުންތައް ހިންގަމުން ގެންދާތީ ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ އެކަމާއި ގުޅޭ ގޮތުން އިމްރާން އާއި ސުވާލު ކޮށްފައެވެ.

ޖަވާބުގައި އިމްރާން ވިދާޅުވީ އޭނާ އަބަދުވެސް ސަޕޯޓަރުންނަށް ނަސޭހަތް ދެމުން ގެންދަނީ ސުލްހަވެރިކަމާއިއެކު އިހްތިޖާޖުތައް ކުރިއަށް ގެންދަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ■■ ޔާ♤♤މިނު

    މިހާރު ސަރުކާރަށް އިންނާނެ ރާ-ކަނި މަސް ކެވިފައި!

    14
  2. ރެފްރީ

    الحمد لله

    13
  3. ސިޔާމް

    ޓިނު ނަގަން އަންގާނެ މީހަކު ނެތްބާ

    4
    3
    • ޖޮނީ ޑެޕްތު

      ޓނުނެގުމަށްވުރެ ކަޅުފޮށި ހިފައިގެން ނުކުމެ އިސްޕިރޭނު ކޯޓުގެ ގާޒީން ގަނެލަން ދަންނަ މީހަކު ޕާކިސްތާނުގައި ހަމަ ނެތީ!

  4. އަދުރޭ

    ކުއްލ ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފަ ސުޕުރީމް ކޯޓުގެ ފަނޑިޔާރުން ދަމަ ކޫއްތާފަ ކޯޓުން ނެރޭނެހެން ހީވަނީ. ޔާމީނަށް މިކަން އަންގާލަންޖެހޭނީ

    2
    8
  5. ލައްޓި

    ކޮބާ ނުހިފެހެއްޓުނެއްނު ޖެހުނީ ދޫކޮއްލާކަށެއްނު

  6. ރެފްރީ

    ސްޕްރިމްކޯޓުން އަމުރިކުރީމަވެސް އިމްރާން ދޫކުރާކަށްނުއުޅޭ !!

  7. ސައިނީސް

    ޕާކިސްތާން އާމީ ސައިޒްކުރަން ވީ އޭރުން އެޤައުމު ތަރައްޤީވާނީ ނުނީ އަބަދު ސަރުކާރު ބަދަލުކުރަން ޖެހިފައި އޮއްނަނީ ، އާމީ މުޅި ޤައުމު ކޮންޓުރޯލް ކުރަނީ