އިންޑިޔާގެ މަހާރާޝްޓްރާގައި ބޭބެގެ ކަރަށް ކޮއްކޮ ވަޅި ހެރުމުން ސައިކަލުގައި އަމިއްލައަށް ހޮސްޕިޓަލަށް ދިޔައީ ކަރަށް ހަރާފައި ހުރި ވަޅިޔާއެކުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 32 އަހަރުގެ ވިޔަފާރިވެރިޔާ ތޭޖަސް ޕާޓިލްގެ ކަރަށް ވަޅި ހެރީ އޭނަގެ ކޮއްކޮ މޯނިޝް (30) އެވެ. މީޑީޔާ ރިޕޯޓްތައް ބުނާ ގޮތުން ޖޫން ތިން ވަނަ ދުވަހުގެ ރޭ ތޭޖަސް ނިދާފައި އޮތްވާ އޭނަގެ ކޮއްކޮ ތޭޖަސްގެ ކަރަށް ވަޅި ހެރުމަށްފަހު އެތަނުން ފިލީއެވެ. އެހެންކަމުން ތޭޖަސް އަމިއްލަޔަށް ހޮސްޕިޓަލަށް ދިޔައިރު އޭނާގެ ކަރަށް ހުރީ ވަޅި ހެރިފައެވެ. މުޅި މީހާ ހުރީ ލެއިން ފޯވެފައެވެ.

ޑޮކްޓަރުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ތޭޖަސްގެ ނަސީބު ގަދަކަމުން ކަރަށް ހެރި ވަޅި ކަރުގެ މައި ނާރުތަކުގައި ޖެހިފައިނުވެއެވެ. އެހެންކަމުން އޭނާގެ ފުރާނަ ސަލާމަތް ކުރެވުނެވެ. ވަގުތުން ފަރުވާ ދީ އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރުން ވަނީ މީޑިޔާއަށް މައުލޫމާތު ދީފައެވެ.

އިންޑިޔާ ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ތޭޖަސްގެ ކަރަށް ވަޅި ހެރީ އޭނަގެ ކޮއްކޮއެވެ. އަދި ކަރަށް ވަޅިހެރުމުން ނިދިފައި އޮތް ތޭޖަސްއަށް ހޭލެވުމާއެކު މޯނިޝްވަނީ އެތަނުން ދުވެ ފިލައިފައެވެ. އެހެންކަމުން މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

ކަރަށް ވަޅި ހެރުމުން ޒަޚަމްވެ ލޭ މަނާނުވާ ހާލުގައި ސައިކަލުގައި 1 ކިލޯމީޓަރަށް ދުއްވުމަށްފަހު ތޭޖަސް ހޮސްޕިޓަލަށް ދިޔައީ އަމިއްލައަށެވެ. މިއާއެކު އޭނާގެ ހިތްވަރަށް ފުލުހުން އަދި ޑޮކްޓަރުންވެސް ވަނީ ތައުރީފްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިއްބެ

    "ކޮއްކޮގެ ވަޅިހެރުމުން ބޭބެ މަރައިލުން" މިއީ އިންޑިޔާމީހުން ރާއްޖެއިން ދަސްކުރި ފިލާވަޅެއް!