ޔޫކްރޭންގެ އުތުރުގެ ސިޓީއެއް ކަމަށްވާ ޗެރްނިހިވްގެ ތިއޭޓަރަކަށް ހޮނިހިރު ދުވަހުގެ ހެނދުނު ދިން ރަޝިޔާގެ މިސައިލް ހަމަލާއެއްގައި 144 މީހަކު ޒަހަމް، ހަތް މީހަކު މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހަ އަހަރުގެ އަންހެން ކުއްޖަކުވެސް ހިމެނެއެވެ.

އަނިޔާ ލިބުނު މީހުންގެ ތެރޭގައި 144 މީހުންވެސް ހިމެނޭއިރު، އޭގެ ތެރޭގައި 15 ކުޑަކުދިންވެސް ހިމެނޭކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހަމަލާއާ ގުޅިގެން މަދުވެގެން 25 މީހުންނަށް ދަނީ ހޮސްޕިޓަލުގައިވެސް ފަރުވާ ދެމުންނެވެ.

މީގެ އިތުރުން މި ހަމަލާގައި އަނިޔާވި މީހުންގެ ތެރޭގައި ފައްޅިއެއްގައި ކްރިސްޓިއަން ދީނުގެ ދުވަހެއް ފާހަގަ ކުރަމުން އައި މީހުން ހިމެނެއެވެ.

މިހަމަލާގައި ވިޔަފާރި މާހައުލަކާއި ޔުނިވާސިޓީގެ އިމާރާތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ޔޫކްރެއިންގައި ހަނގުރާމައިގެ އެކި ހަމަލާތަކުގައި މަރުވަމުން އަންނަ މީހުންގެ އަދަދު އަންނަނީ މައްޗަށް ދަމުންނެވެ.

ދިރާސާތަކުން ދައްކާގޮތުގައި މިހާތަނަށް ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގައި މުޅިއެކު ގާތްގަނޑަަކަށް 120،000 މީހުން ވަނީ މަރުވެފައެވެ.

އިއްޔެ މިސައިލްގެ ހަމަލާތައް ވަނީ އިންޕޮޒިޝަން ތިއޭޓަރަށް ހުރަހެއް ނެތި އަމާޒުވެފައެވެ. ކައިރީގައިހުރި އިމާރާތްތަކުގެ ފުރާޅުތަކުން އެކިއެކި އެއްޗިހި ދުރުހިސާބަށް ބުރައިގެންވެސް ދިޔައެވެ. އަދި 100 މީޓަރު ތެރޭގައި ހުރި އިމާރާތަކުގައި އަލިފާން ރޯވެފައިވެއެވެ.

"އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާއެއް ނޫން އެހެން ގޮތަކަށް މި ހަމަލާ މާނަކުރެވޭކަށް ނެތް، އަދިވެސް ރަޝިޔާގެ ހަނގުރާމައިގެ ޖަރީމާތަެް މިދަނީ އިތުރު ވަމުން.". ޗެރްނިހިވްގެ މޭޔަރު ބީބީސީއަށް ކިޔައިދިނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުވާސާ

    ތިދަނީ ރަނގަޅަށް. ޒެލެންސްކީ އުޅެނީ ހަނގުރާމަ ހުއްޓާލައި އަމާން ދިނުމުގެ ބަދަލުގަ ނޭޓޯގެ ބަސް އަހައިގެން ރަޝިއާ އާއި ކުރިމަތިލާން. އާޚިރުގައި ހަލާކުވެގެން މިދަނީ ޔުކްރޭން.

    11