ރަޝިއާގައި މަތިންދާ ބޯޓެއް ވެއްޓި ވެގްނާ ކުލީ ސިފައިންގެ ޖަމާއަތުގެ ވެރިޔާ ޔެވްޖެނީ ޕްރިގޯޒިން މަރުވެއްޖެއެވެ. އޭނާ އަކީ މިދިޔަ ޖޫން މަހު ރަޝިއާގެ އަސްކަރިއްޔާއާ ދެކޮޅަށް ބަޣާވާތެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހާއެވެ.

ރަޝިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ ވެއްޓުނު ޖެޓުގެ ފަސިންޖަރުންގެ ލިސްޓުގައި ވެގްނާގެ ވެރިޔާ ޔެވްގެނީ ޕްރިގޯޒިން ހިމެނޭ ކަމަށެވެ.

ވެގްނާއާ ގުޅުން ހުރި ޓެލެގްރާމް ޗެނަލް ގްރޭ ޒޯނުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމްބްރެއާ މަތިންދާބޯޓު ވައްޓާލާފައި ވަނީ މޮސްކޯގެ އުތުރުގައި އޮންނަ ޓްވާ ސަރަހައްދުގައި ވައިގެ ދިފާއީ ބާރުތަކުން ދިން މިސައިލް ހަމަލާއެއްގައެވެ. ނަމަވެސް އެވާހަކައަށް ބާރުދޭ ހެއްކެއް އެ ގްރޫޕުން ހާމަކޮށްފައެއް ނުވެއެވެ.

މޮސްކޯއިން ސެއިންޓް ޕީޓާސްބާގަށް ދަތުރުކުރަމުން ދިޔަ މި ޕްރައިވެޓް ޖެޓުގައި ހަތް ފަސިންޖަރުންނާއި ތިން ފަޅުވެރިން ތިއްބެވެ. ޖެޓްގައި ތިބި މީހުންގެ ތެރޭގައި ވެގްނާ ގްރޫޕްގެ ޑެޕިއުޓީ ކަމަށް ވަލަރޭ ޗެކަލޯވް ވެސް ހިމެނެއެވެ. އޭގެ އިތުރުން ދެން ތިބީ ވެސް ޔެވްގެނީގެ ވަރަށް އަރިސް މީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގްރޭ ޒޯނުން ބުނީ ބޯޓު ވެއްޓުމުގެ ކުރިން ބާރުގަދަ ދެ އަޑު އެ ސަރަހައްދުގެ ރައްޔިތުންނަށް އިވުނު ކަމަށެވެ.

ތާސް ނިއުސް އެޖެންސީން ބުނީ ޕްރިގޯޒިންއަށް ނިސްބަތްވާ އެމްބްރޭއާ ލެގަސީއެއް ކަމަށްވާ މަތިންދާބޯޓުގައި އަލިފާން ރޯވީ ބިންމަތީގައި ޖެހިގެން ކަމަށެވެ.

މި ހާދިސާގެ ތަހުގީގެއް ފަށާފައިވާއިރު އިމަޖެންސީ ސާވިސަސް އިން ދަނީ އެ ސަރަހައްދު ބަލައި ފާސްކުރަމުންނެވެ.

އެހެން ނިއުސް އެޖެންސީއެއް ކަމަށްވާ ރިއާ އިން ބުނީ 10 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ވިކިލީކްސް

    ޕުޓިން ތިޔަހެދީ ރަނގަޅަށް

    36
    1
  2. Anonymous

    ސިޔާސީ އިދިކޮޅީންގެ ކަންތައް ނިންމާލެވޭ ގޮތް ފެނޭތަ؟

    22
    2
  3. ކޮމެންޓޫ

    it was only a matter of time. he was a dead man walking, after the coup

    21
  4. ހުވަދޫ އަލިބެއްޔާ

    ހުޅަނގަށް އިބްރަތެއް..

    19
  5. ޙާމަނާއީ

    ޕޫަޓިންއަކާއި ނުކުޅެވޭނެ..

    28
    1
  6. Anonymous

    ދަ އީގަލް ހޭސް ލޭންޑެޑް

    15
  7. ޖުހާ.

    ދޮންހިޔަލަ އާއި އަލިފުޅުގެ ވާހަކަ. ނުވަތަ އަލިފުލައިލާ ވާހަކަ އާއި ވަރަށް އެއްގޮތް ވާހަކައެއް.
    ތިންކު ޔޫ ސެލްފު.

  8. ގަމާރުދިވެހިން

    ސުޓަންޓެއް ކަމަށް ހީވަނީ! މިހާރު ޔެވްޖެނީޔެ ޕްރިގޯޒިންގެ ޗެޕްޓަރ ނިމުނީ ކަމަށްވެސް ވެދާނެ، ދެން ފެންނާނީ ސިފަ ބަދަލް ކޮށްގެން، އެހެން އައިޑެންޓިޓީއެއްގަ ކަންވެސް ނޭގެ!!

    4
    1
  9. ޕޫޓިން

    ޒެލެންސްކީއަށް ވިސްނޭނެކަމަށް އުއްމީދުކުރަން.. ރަޝިޔާ ބޭނުންވެއްޖިއްޔާ އެދުއްވާ އުޅަނދެއްގެ އިންޖީނުފެއިލްވާނީ..

    11
  10. ހަގީގަތް

    ރަޝިއާގެ ދިފާޢުގައި ޕްރިގޯޒަންއަކީ ވަރުގަދައަށް ހަނގުރާމަ ކުރި ޕޫޓިންގެ އެން އަތް ޔޫކްރެއިން ހަނގުރާމަ ނޫނަން ޕޫޓިންގެ ޕްރައިވެޓް ކޮންމެ ކަމެއްކުރީ ވެސް އޭނާ ޕޫޓިން އާ ދެކޮޅަށް ބަޢާވާތްކުރީވެސް ވެގްނާއަށް ލިބެންޖެހޭ ވަރަށް ހަނތިޔާރު ނުލިބި ލަޝްކަރުގެ ސީނިއަރ ރުން މަރުވަމުންދާތީ ޑިފެންސް މިނިސްޓަރު ޝޮއިގޫ ހުރިހާ ނުބައެއް ހެދީ

    3
    2
  11. Anonymous

    ރަޔީގެ ސީކްރެޓް އެޖެންޓްނަކީ ވަރުގަދަ ބަޔެއް. މީނަގެ ދުވަސް ދުއްވާލާނީ އެމީހުން.