ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިޙި ވަސައްލަމް އަށް ނިސްބަތްކޮށް، ކާޓޫނު ކުރެހުމުގެ މުބާރާތެއް ބާއްވަން މަސައްކަތް ކުރަމުން ދާތީ، އެކަމާ ގުޅިގެން މުސްލިމު ޤައުމުތަކުން ހިތްހަމަނުޖެހުން ފާޅުކުރަމުން އެބަދެއެވެ.
ރަސޫލާއަށް ނިސްބަތްކޮށް ކާޓޫނު ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމާފައިވަނީ ޑެންމާކުގެ އިދިކޮޅު ޕާޓީއަކަށް ނިސްބަތްވާ، އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ހައްދުފަހަނައަޅާފައިވާ މެންބަރެކެވެ. ގާޓް ވައިލްޑާސް ނަމަކަށް ކިޔާ އެމީހާ އިސްނަގައިގެން މި މުބާރާތް ބޭއްވުމަށް ނިންމާފައިވާއިރު، އެކަމާ އެޤައުމުގެ ސަރުކާރާ އެއްވެސް ގުޅުމެއް ނެތްކަމަށް، ޑެންމާކު ސަރުކާރުން ބުނެފައިވެއެވެ.
އެހެންނަމަވެސް، ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި، މި މުބާރާތް ބޭއްވުމަށް، އެޤައުމުގައި ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތް ކުރާ އިދާރާއިން ވަނީ ހުއްދަ ދީފައެވެ.
ޑެންމާކުގެ މި ޒިންމާދާރުކަން ކުޑަ ޢަމަލާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލަމުންދަނީ ޕާކިސްތާނުންނެވެ. އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންވަނީ، މިކަމާ ރަސްމީ ސިފައެއްގައި ދެކޮޅު ހެދުމަށް މަޖިލީހުގެ އިއްތިފާޤަކުން ފާސްކޮށްފައެވެ. ހަމައެހެންމެ، މި މައްސަލައިގައި، އިސްލާމީ ޤައުމުތަކުގެ ޖަމިއްޔާ (އޯއައިސީ) ގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށްވެސް ޕާކިސްތާނުން ގޮވާލާފައިވެއެވެ.
ހަމައެހެންމެ، ޑެންމާކުގައި ކުރިއަށް ގެންދާ މި މުބާރާތާ ދެކޮޅަށް، އެޤައުމުގައި ބޮޑެތި މުޒާހަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވާއިރު، މިކަންކަން ހުއްޓުވާލުމަށް މުޒާހަރާތަކުގައި އަޑު އުފުލާ ގޮވާލާފައިވެއެވެ. މީގެއިތުރުން، މިކަން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުގެ ބޯ ބުރިކޮށްލައިގެން ގެންނަ މީހަކަށް، ފައިސާގެ އަދަދެއް ދޭނެކަމަށް ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކުޅުންތެރިއެއް ބުނެފައިވެސްވެއެވެ.
މިކަން އިންތިޒާމު ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، މި މުބާރާތުގައި މިހާތަނަށް 200 މީހުން ބައިވެރިވެފައިވެއެވެ. އަދި، މި މުބާރާތުގައި ބައިވެރިން ކުރަހާ ކުރެހުންތައް ޖަޖު ކުރާނީ އެމެރިކާ މީހެއްކަމަށް ބުނެފައިވާއިރު، މޮޅުވާ ފަރާތަކަށް 500 ޕައުންޑުގެ ފައިސާގެ އިނާމެއްވެސް ދޭނެކަމަށް ބުނެފައިވެއެވެ.
ޕާކިސްތާނުގައި މުޒާހަރާ ކުރަމުންދާ ފަރާތްތައް އިތުރަށް ބުނެފައިވާ ގޮތުން، މިކަމުގައި އެމެރިކާ އިންވެސް ޒިންމާ ނަގަން ޖެހޭނެއެވެ. ޕާކިސްތާނުގެ އިތުރުން، މުސްލިމު އެހެން ބައެއް ޤައުމުތަކުންވެސް މިކަން ކުށްވެރިކޮށްފައިވެއެވެ. މީގެކުރިންވެސް، ޑެންމާކުގައި މިފަދަ ކަންކަން ކޮށްފައިވާއިރު، ޑެންމާކަކީ މުސްލިމުންނަށް ދުއްތުރާ ކުރާ ޔޫރަޕުގެ ޤައުމުތަކުގެ ތެރެއިން އެއް ޤައުމުކަން ފާހަގަކޮށްލެވެއެވެ.
އެންމެހާ ހުތުރު ބަސްތަކާއި ނުބައިވެގެންވާ މީހުންގެ ނުބައިކަމުން މާތް ނަބިއްޔާ ބަރީއަވެގެންވޭ. ހައްދަވާ ބޮޑުކުރައްވާ ރަސްކަލާކޮ އިބަސުވާމީންގެ މާތްކުރެއްވި އަޅަމެންގެ ސާހިބު މުހައްމަދު ގެފާނަށް ސަލަވާތްލައްވާނދޭވެ. އާމީން.
މަރުއައިސް ޖެހެންދެން ތިމީހުން ތިކަހަލަ ނުބައި ރޭވުންތައް ރާވަރާވަ ތިބޭ..ﷲއީ ތިބައިމީހުންނާއި މެދު އެއަށްވުރެ މޮޅަށް ރޭވުންތައް ރާއްވަވާފަރާތެއް.އިންތިޒާރުކޮށްލާ.....
ތިޔަ ކުރަހާ މީހުންގެ އަތުގެ އިނގިއްޔެއް ސަލާމަތް ވިޔަސް މަހުންނާނީ ހުން އައިސްފ
އިސްލާމް ދީނަށް ޖޯކު ނުޖަހަާ
މަ ބުނާނީ ކާޓޫނެއް ކުރެހޭ ކަހަލަ އުނިސިފައެއް އެކަލޭގެފާނުގެ ކިބަފުޅަކު ނުވާނެޔޭ
ހުދު މިމީހާ ވެސް ވައްތަރީ ކާޓޫނަކާނު...ލޮލް
މިއީ ނަޝީދު، ޤުރުއާނާއި ހަދީސް ނޫން އެހެން ހައްލެއް ބޭނނުން ކަމަށް ވިދާޅުވެ ތަފުރީރު ދިން ގައުމެވެ. ވިސްނާ!
ކޮންމެ ކަމެއް ސިޔާސީ ނުކޮށްބަލަ. ނަޝީދު ދެކެ ހާދަ ބިރުގަނެޔޭދޯ.
ކޮން ހުތުރު ސިފައެއް ރަސޫލާގެ ކިބައިން ފެންނާނީ. ބެލިވަރަކަށް ފެންނާނީ ރީތި ސިފަ. ހިޔަންޏެއް ވެސް ނުހުންނާނެ
ތި މުޑުދާރު ނުބައި ނުލަފާ ކަންތަކާ އެއްމެ އުފާވާނީ ކެނެރީގޭ ނަޝީދު އާއި އޭނާގެ ބައިވެރިން އެކުވެރިން އަދި އޭނާގެ ސަޕޯޓަރުން ނެވެ.
އެއީކީށްވެ ތިހެން ތި ބުނީ.ތީ ތި ބޭފުޅާ އަށް ގަބުލިނކުތެވޭ ގޯތް
.ސުބުހާނަﷲ. ފުރަތަމަ ތިމީހުންނަށް ރަސުލާގެ ސިފަފުޅުއިގޭތަ؟ އިސްލާމުން ރުޅިއަރުވާ އިސްލާމްދީނަށް ފުރައްސާރަކުރަން ނޫން ދެވަނަދެކަމަކު ބާއްވާމުބާރާތެއްނޫން.
☝
މި ލުއްޗާ އަށް ހަލާކު ހުރި.
ބޯބުރިކޮށްލަންޖެހޭ އަދަބެއްގެ ގޮތުން
ދޭންވީ އަދި ތިޔަށް ވުރެންވެސް ބޮޑު އަދަބެއް.
? صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ?
ތިއީ ޝައިތާނުން ޒީނަތްތެރިކޮށް ދައްކާ ބޭކާރު ކަންކަން ގާފިލް ކަމުގެ ތެރެއަށް ގެނބިފަ.. އެއީ މާތްﷲ އެންމެ މާތް ކުރެއްވެވި އިންސާނާ . މާތް ކުރެއްވެވި މާތްﷲ ގެ ރަސޫލާ .. (ސަލަވާތްލައްވަވާށި) އެހެންވީމާ ނުވާނެ ތިކަމެއް ދުވަހަކުވެސް.. މާތްﷲ ގެ އަޒާބަށް ތައްޔާރުވެވެނީތި ކަމުގެ ނުބައި ކަމާ އެއްވަރަށް އަޒާބު ގަދަ ފަދަ ވާނެ. ހުރިހާ ބިރެއް ހިތާމަޔެއް ތިއޮތީ ހަމަ މާތްﷲ ގެ މަގުން އެއްކިބާވެގަނެފަވާ ތި މީހުންނަށް ހަމަ
ކުރަހާ ކުރަހާ ވަރުބަލިވެގެން ހިނގައިދާނެ އެއް ނު.މީހުން ބޯ ބުރި ކޮށް ތަންތާ ރޯ ކުރުމަކީ ވަރަށް ނާ ތަހުީޒީބީ އަމމަލެއް
ޒިނޭވެސް ކޮށް ކޮށް ތިބެދާނެޢޭ ތިބޭފުޅާ ބުނެފާނެދޯ... ގިނަ ފަހަރަށް ތިޔަކަހަލަ ތަހުޒީބު މީހުންތިބެނީ މުރުތައްދުވެފައި...
ޔާ ﷲ މިނުބައި މީހުންގެ އަތްފަޔައް ގޮތްނޭގޭ ބައްޔެއް މެދުވެރި ކުރައްވާ ފާންދޭވެ.
އާމީން.
ومكروا ومكرالله والله خير الماكرين