އިސްރާއީލުގެ ދެކުނުގެ ބައެއް އަވަށްތަކަށް ޣައްޒާގެ ހަނގުރާމަވެރިން އަރަން ފަށައިފިއެވެ.

ހަމާސް އިން މިއަދު ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ބަޔަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަޚަމްވެފައެވެ.

ޓައިމްސް އޮފް އިސްރާއީލް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ދެކުނުގެ ބައެއް އަވަށްތަކަށް ޣައްޒާގެ ހަނގުރާމަވެރިން ވަނީ އަރަން ފަށައިފައެވެ.

އިސްރާއީލުގެ ދިފާއީ ބާރުތަކުން އިސްރާއީލުގެ މެދުތެރެއާއި ދެކުނުގެ ސްކޫލްތައް ކެންސަލް ކުރަން ނިންމާފައިވާކަން މިހާރު ވަނީ އިއުލާންކޮށްފައެވެ.

ނޭތަންޔާގެ ދެކުނުން އަދި މެދު ތެރޭ ނެގެވްގެ އުތުރުގެ ހުރިހާ ސްކޫލެއް ބަންދުކޮށް ވިޔަފާރިތައް ހުޅުވޭނީ ބޮމުގެ ހިޔާތަކަށް ތައްޔާރުވެގެން ކަމަށް އަސްކަރިއްޔާއިން ބުނެއެވެ.

މީގެ އިތުރުން އެ ސަރަހައްދުތަކުގައި ބޭރުގައި 10 މީހުން ގޭގައި 50 މީހުންނަށް އެއްވެ އުޅުން ވެސް މަނާކޮށްފައިވާ ކަމަށް އައިޑީއެފް ހޯމް ފްރަންޓް ކޮމާންޑުން ބުނެއެވެ.

އާދީއްތަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ފިޔަވަޅުތައް ކަނޑައެޅިނަމަވެސް ކުރިމަތިލުންތަކުގެ ތެރޭގައި އެ ފިޔަވަޅުތައް އިތުރަށް ދިގުލައިގެންދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސޫދު

    Alhamdulillah

    37
  2. ހުވަދު

    ކާމިޔާބު މިންވަރު ކުރައްވާށި.

    51
  3. މުޙައްމަދުދީދީ

    الله أکبر

  4. ހައްގު ބަސް

    ޢަލްހަމްދުﷲ

    7
    1
  5. ފާތަޅޭ

    އެއީ އިސްރާއީލުތެ އަވަށް ތަކެއް ނޫން. އެއީ މުސްލިމުން އަތުން ގަދަކަމުން ފޭރިގަނެފައިވާ ބިންތަކެއް. ﷲ މުސްލިމުންނަށް ނަސްރު ދެއްވާށި

    15
    1