ހަމާސް ޖަމާއަތާއި އިސްރާއީލުން ކުރަމުން އަންނަ ހަމަލާ ބަދަލު ކުރުންތަކުގައި އިސްރާއީލުގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު މަރާލައިފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ، ހަމާސްއިން ދިން ހަމަލާތަކުގައި މަރުވެފައިވަނީ ނަހަލް ބްރިގޭޑްގެ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް ޔޮނަތަން ސްޓެއިންބާގްއެވެ. އޭނާ މަރާލާފައިވަނީ ހަމާސްގެ ހަނގުރާމަވެރިން އިސްރާއީލުގެ ދެކުނަށް ދިން ހަމަލާތަކެއްގައެވެ.

ނަހަލް ބްރިގޭޑަކީ އިސްރާއީލުގެ އަސްކަރިއްޔާގެ އެންމެ މައި އެއް ބައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި، ހަމާސްގެ ހަނގުރާމަވެރިން ވަނީ އޭނާގެ ގަޔަށް ގިނަ އަދަދެއްގެ ވަޒަން އަރުވާފައެވެ.

ހަމާސްއިން އިސްރާއީލަށް އިއްޔެ ހެނދުނު ހަމަލާތަކެއް ދޭން ފަށާފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އިސްރާއީލުން ފަލަސްތީނުގެ ކުށެއް ނެތް އެތަކެއް މީހުންނަށް ދިން ހަމަލާތަކަށް ރައްދު ނުދީ ތިބެފައެވެ. ހަމާސްއިން ހަމަލާތައް ފަށައިގަތްތާ މާ ގިނަ އިރުތަކެއް ނުވަނީސް އެޖަމާއަތުން ވަނީ އިސްރާއީލަށް 7000 ރޮކެޓް ހަމަލާތައް ފޮނުވާލާފައެވެ.

މި ރޮކެޓް ހަމަލާތަކުގައި އިސްރާއީލުގެ ބޮޑު ބަޔަކަށް ވަނީ ގެއްލުން ވެފައެވެ. އަދި ގިނަ އިމާރާތްތަކާއި އަސްކަރީ އުޅަނދުތައް ސުންނާފަތިވެފައިވާއިރު، އެގައުމުގެ 250 މީހަކު މަރާލާފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބުޅޯ

    ޔާ ﷲ އިސްރާއީލް ނިކަމެތިކުރައްވައި ފަލަސްތީން ގެ މުސްލިމުންނަށް ނަޞްރު ދެއްވައިފާންދޭވެ.

    11
  2. މުންޖިޗޭ

    މަރު ހުއްދަވެފައިވާ މުޖުރިމަކު މަރުވުމަކީ ނަޞްރެއް! ޔާﷲ، ފަލަޞްޠީނުގެ ލޮބޮވެތި އަޚުންނާއި އުޚުތުންނަށް ނަޞްރާއި ކާމިޔާބު މިންވަރު ކުރައްވާފާނދޭވެ. އާމީން.