އިސްރާއީލުން ލުބުނާނަށް ހަމަލާތަކެއް ދޭން ފަށައިފިއެވެ.

އިސްރާއީލުގެ އެއާ ފޯސް އިން ބުނި ގޮތުގައި އެފަރާތުން އަންނަނީ ހެލިކަޕްޓަރުތަކުގައި ލުބުނާނުގެ ސަރަހައްދުތަކަށް ހަމަލާ ދެމުންނެވެ.

މިހަމަލާތަކުގެ އިތުރު ތަފްސީލެއް އިސްރާއީލުން ދީފައެއް ނުވެއެވެ.

އިސްރާއީލުން ލުބުނާނަށް ހަމަލާދޭން ފަށާފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާއަށް އަމާޒުކޮށް އެގައުމުން ހަމަލާތައް ފޮނުވާލުމުންނެވެ. މި ހަމަލާތަކަކީ ޣައްޒާގެ ރައްޔިތުންގެ ދިފާއުގައި އޮންނަ ހަމާސް ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށް ދިން ކުއްލި ހަމަލާއާއި ގުޅިގެން ފެށިފައިވާ ހަމަލާތަކެކެވެ.

މީޑިއާތަކުން މީގެ ކުރިން ބުނި ގޮތުގައި ލުބުނާނުން އިސްރާއީލަށް ފޮނުވާލި ހަމަލާތަަކެއް ވަނީ އިސްރާއީލްގެ މިލިޓަރީ ޕޯސްޓަކަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ވަށައިގެން ހުރި ހުރިހާ ގައުމަކަށް އިސްރާއީލުން ހަމަލަ ދިނުމަކީ ދުރުކަމެއް ނޫނެވެ. ފަލަސްޠީނުގެ މިނިވަންކުރެވޭނީ ވަށައިގެން ހުރި ގައުމުތަކުގެ ރައްޔިތުން އެކަމާ އުޅުނީމައެވެ. ދުނިޔެ މިދަނީ ތިންވަނަ ބޮޑު ހަނގުރާމައަކާ ދިމާއަށެވެ.

    6
    2
  2. ޢަލިފްަަަ

    އިސްރާއީލް ބަލިކުރައްވާނދޭވެ..އާމީން

    7
    1
  3. Anonymous

    އިސްރާއީލް ބަލިކުރައްވާނދޭ