ޔަހޫދީ ދައުލަތުންެ ހިފާފައިވާ ފަލަސްތީންގެ ޣައްްޒާގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ.

ޣައްޒާގެ ހުޅަނގު އައްސޭރީގައި ދަނީ މުޒާހަރާ ކުރަމުންނެވެ.

މިއާއެކު ޔަހޫދީ ސިފައިން ލައިވް ފަޔަރގެ އިތުރުން ކަރުނަ ގޭސް ބޭނުންކޮށްގެން މުޒާހަރާ ހުއްޓުވަން މަސައްކަތް ކުރަމުންނެވެ.

ހުޅަނގު އައްސޭރީގައި މިއަދު ހެނދުނުން ފެށިގެން މުޒާހަރާ ކުރަމުންދާއިރު، މިހާތަނަށް އެ ތަނުން ނުވަ މީހަކު ވަނީ ޝަހީދު ކޮށްލައިފައެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 124 މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރެއިން ބައެއް މީހުންނަށް ހަމަލާދީފައި ވަނީ ބަޑިންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިން ބަޑީގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ފަލަސްތީނުގެ ސިއްހީ އިދާރާތަކުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މީހުން ޝަހީދުވި ތަންތަނުގެ ތެރޭގައި ތުލްކަރޭމް، ނަބްލުސް، ބެއިޓް އުލާ އަދި ތަމްމޫން ފަދަ ތަންތަން ހިމެނެއެވެ.

އިތުރު ތަފްސީލް އަންނަނީ....

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިސް

    އެންމެހާ ހަމްދާއި ޘަނާވަނީ الله ސުބުހާނަހޫ ވަތަޢާލާއަށެވެ. ނިކަމެތި މުސްލިމުނގެ ވޭނީ ކެކުޅުންތަކާއިމެދު الله ސުބުހާނަހޫ ވަތަޢާލާ ގާފިލުވެ ވޮޑިގެންނުވެއެވެ. ނުބައި ނުލަފާ ޔަހޫދީން ވަރުގަދަ ހިއްޕެވުމަކުން ހިއްޕާވާންދޭވެ ޔާالله،

    16
    • Anonymous

      އާމީން