ފަލަސްތީނުގެ ގައްޒާއަށް އިސްރާއިލުން ދެމުން ގެންދާ ވަރުގަދަ ހަމަލާތަކާ ގުޅިގެން މުޅި ގާޒާ އިންސާނީ އެހީއަށް ބޭނުންވެފައިވާ މި ދަނޑިވަޅު އެހީ ހަމަޖައްސާ ނުދެނީސް ގައްޒާގައި ތިބި ހުޅަނގުގެ ގައުމުތަކުގެ މީހުން އެ ތަނުން ނެރުމަށް އެހީތެރިނުވާނެ ކަމަށް މިސްރުން ބުނެފި އެވެ.

މިސްރާއި އިސްރާއިލުން ގައްޒާގެ ބޯޑަރު ބަންދުކޮށްފައިވާ އިރު ގައްޒާއަށް އިންސާނީ އެހީ ވެއްދޭނެ ގޮތެއް މިހާރު ނެތެވެ.

އަދި މިސްރުގެ ބޯޑަރު ހުޅުވިފަހުން ވެސް އިސްރާއިލުން ހަމަލާތައް ދޭތީ އެ ބޯޑަރު ފަހުން ވަނީ ބަންދުކޮށްފަ އެވެ.

މި ދަނޑިވަޅު އެމެރިކާއާ ހުޅަނގުން ދަނީ ގައްޒާގައި ތާށިވެފައި ތިބި އެ ގައުމުތަކުގެ މީހުން ގައްޒާއިން ނެރުމަށް މަސައްކަތް ކުރަމުން ނެވެ. ނަމަވެސް މިސްރުން ބުނީ ގައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ދޭން އެއްބަސްނުވަނީސް ހުޅަނގުގެ ރައްޔިތުން ގައްޒާއިން ނުނެރެވޭނެ ކަމަށެވެ.

އިސްރާއިލުން ގައްޒާއަށް އެއްގަމު މަގުން އެރުމަށް މިހާރު ދަނީ ތައްޔާރުވަމުން ނެވެ. އެހެންވެ ގިނަ ބަޔަކު ހަމަލާތަކުން ސަލާމަތްވާން މިސްރަށް ވަންނަންވެސް ބޭނުންވެ އެވެ. އެކަމަކު އެ ބޯޑަރު އޮތީ ބަންދުކޮށްފަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި އިސްރާއިލުން އެކަމަށް ޖާގަ ދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކާޅު ބާޒުު

    ތިޔަ ނިންމުން ކިތަންމެހައިވެސް ރަނގަޅު... އެކަމަކު ހިތާމައަކީ ޔަހޫދީންނާއި ކުރިމަތިލާން ނުކެރޭކަން...

    29
  2. މޮހޮރު

    އެމެރިކާގެ ރައީސަކީ މަނިކުފާނެކޭ އެއީ ޖަނަވާރެއް

    49
    1
    • ނަބާ

      ޖަނަވާރުންނަށްވުރެ ނުބައި މީހަކަށް " މަނިކުފާނު" ޢޭ ބުނީމާ މިހުރީ އަންތަރީސް ވެފައި

      32
  3. ނާފިޒް

    ޖޯ ބައިޑެން އަށް ކޮން މަނިކުފާނެއް ، ތި ތިބެނީ އިންސާނިއްޔަތުގެ ކުނޑިފުކެއްގެ މިންވަރުވެސް ޙަޔަވާނުންނަށްވުނެ ދަށުދަރަޖައިގެ މީހުން ، ނަތަންޔާހޫ އާއި ބައިޑެން އާއި މި ޙައިވާނުންތައް ގުޅިގެން ޙީލަތްތެރިކަމާއެކު ހިންގާ ބޮޑު ޖަރީމާ އެއް މާތް ﷲ އެބައިގަޑަށް ހެޔޮ ވިސްނުން ދެއްވައި ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ދެއްވާށި

    33
    1
  4. ވާނުވާ

    ކީއްކުރަންކިޔާ މަނިކުފާނެއް. އެމީހުންއެދަނީ ހަތިޔާރެއްނެތް ނިކަމެތިރައްޔަތުންތަކެއްގެ މުޅި ދިރިއުޅުން ފަނާކުރަމުން. މީދުވަހަކުވެސް މައާފުކުރެވޭނެ ކަންކްމެއްނޫ. މިފަދަމީހުން ދޭންޖެހޭނެ ގަދަރެއްނޯންނާނެ.އެއީ ޖަނަވާރުންނަށްވުރެ ނުބައިބަޔެއް

    33
    1
  5. ވާނުވ

    ކީއްކުރަންކިޔާ މަނިކުފާނެއް. އެމީހުންއެދަނީ ހަތިޔާރެއްނެތް ނިކަމެތިރައްޔަތުންތަކެއްގެ މުޅި ދިރިއުޅުން ފަނާކުރަމުން. މީދުވަހަކުވެސް މައާފުކުރެވޭނެ ކަންކްމެއްނޫ. މިފަދަމީހުން ދޭންޖެހޭނެ ގަދަރެއްނޯންނާނެ.އެއީ ޖަނަވާރުންނަށްވުރެ ނުބައިބަޔެއް

    28
    1
  6. Anonymous

    އެ މަނިކުފާނޭ؟..އެ ދައްޖާލު.

    33
    2
  7. ނަޝީދު

    ކޮން މަނިކްފާނެއް ތީ ހަމަ ޔަހޫދީން ލައްވާ މުސްލިމް އުއްމަތް ނައްތާލަން އުޅޭ ސައިތޯނެއް.

    33
    1
  8. އިބްރާހިމް

    ވޯޓް ކައިރިވެފައިވާތީ މީނާ ކުޑަކޮށް ރައްޔިތުންގެ ބަސްއަހާނެ މިވަގުތު

    7
    1