އިސްރާއީލާއި ފަލަސްތީންގެ ހަމަސް ޖަމާއަތާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމައިގައި އިސްރާއީލުގެ އަސްކަރިއްޔާއިން އެއްގަމު މަގުން ފަލަސްތީނުގެ ޣައްޒާ އަށް އަރައިފިނަމަ އެ މަންޒަރު ބަލަން ނުތިބޭނެ ކަމަށާއި އެކަމުގެ ނަތީޖާ ވަރަށް ހިތިވާނެކަމަށް ބުނެ އީރާނުން އިންޒާރު އިއްޔެ ދީފިއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އީރާނުގެ ފޮރިން މިނިސްޓަރު ހުސެއިން އަމީރް އަބްދުﷲ ވިދާޅުވީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މިހާރުވެސް ޣައްޒާގެ އެތައްހާސް ބަޔަކަށް އޭގެ އަސަރުކޮށް ޝަހީދުވެފައިވާ ކަމަށެވެ. އަދި އިސްރާއީލުގެ އަސްކަރިއްޔާ އިން ހަނގުރާމަ އިތުރަށް ވަރުގަދަކޮށް ޣައްޒާއަށް އެއްގަމު މަގުން އަހަރައިފިނަމަ އީރާނުން މަންޒަރު ބަލަން ދުރުގައި ނޯންނާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެއްގަމު މަގުން ޣައްޒާ އަށް އެރުމަށް އިސްރާއީލުން ތައްޔާރުވަނީ!

މީގެއިތުރުން އިސްރާއީލުގެ އަސްކަރިއްޔާ އިން ޣައްޒާއަށް އެއްގަމު މަގުން އަރައިފިނަމަ އިސްރާއީލާ ދެކޮޅުވެރި ފަރާތްތައް އެކުވެ އެތަން އިސްރާއީލު ސިފައިންގެ ގަބުރުސްތާނަކަށް ހަދައިލާނެ ކަމުގެ އިންޒާރު ވެސް އީރާނުގެ ފޮރިން މިނިސްޓަރު ވަނީ ދެއްވައިފައެވެ.

އިރާންގެ ފޮރިން މިނިސްޓަރާއި ހަމާސްގެ ލީޑަރު ބައްދަލު ކުރައްވަނީ.

 

 

ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި އިސްރާއީލާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ހަމާސް އިން އޮކްޓޫބަރ 7 ވަނަ ދުވަހު އިސްރާއީލަށް ދިން ވަރުގަދަ ހަމަލާގެ ސަބަބުން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 2،700 އަށްވުރެ ގިނަ މީހުން ޝަހީދުވެ، އެތައްބަޔަކު ވަނީ ޒަހަމް ވެފައެވެ. މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އ.ދ އިން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާއަށް އެއްގަމު މަގުން އެރުމަށް އިންޒާރުތައް ދެމުން ދިއުމުގެ ސަބަބުން ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ރައްކާތެރިވުމުގެ ގޮތުން ދަނީ ފަލަސްތީނުގެ އެހެން ހިސާބުތަކަށް ދަތުރުކޮށްފައެވެ.

ޣައްޒާ އަށް އެއްގަމު މަގުން އަރައިގަންނާނީ ކާމިޔާބު ހޯދަން: އިސްރާއީލް

ހަމާސްއިން ހޮނިހިރު ދުވަހު އިސްރާއީލަށް ހަމަލާތައް ދިނުމުގެ ފަހަތުގައި އޮވެ، އެ ޖަމާއަތަށް ވާގިވެރިވަމުން ދަނީ އީރާނުންކަމަށް އިސްރާއީލާ އެގައުމަށް ވާގިވެރިވާ އެމެރިކާއިން އަންނަނީ ތަކުރާރުކޮށް ތުހުމަތު ކުރަމުންނެވެ. ނަމަވެސް އީރާނުން އަންނަނީ ތުހުމަތުތައް ދޮގުކޮށް މި ހަނގުރާމާގައި އީރާނުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމަށް ބުނަމުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އީރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުﷲ ވަނީ ހޮނިހިރު ދުވަހު ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާއާ ބައްދަލުކުރައްވައި އިސްރާއީލުން މިހާރު ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ސިޓީގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތި ހާލުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައި، މިހާރު ވެސް އީރާނުން ހަމާސްއަށް ދެމުންދާ އެހީތެރިކަން ކުރިއަށް އޮތްތަނުގައި ވެސް ދިނުމަށް އެއްބަސްވުމަކަށް އައިސްފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ދެކޮޅުވެ އެންމެ ފާޅުކަން ބޮޑުގޮތެއްގައި ވާހަކަދައްކަމުން އަންނަ އެއް ގައުމަކީ އީރާނެވެ. އެގޮތުން މީގެކުރިން ވެސް އީރާނުން ވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުމަކަށް ނުގެނެސްފިނަމަ ހަނގުރާމަ އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމަށާއި، އަދި މި ހަނގުރާމައިގެ ތެރެއަށް އެގައުމުން ވަންނަން ޖެހިއްޖެނަމަ އެކަމަށް ވެސް ފަހަތަކަށް ނުޖެހޭނެކަން ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ޒަރީނާ

    ސާބަސް އީރާން

    143
    1
  2. ހަގީގަތް

    އީރާން ނުކުމެއްޖިއްޔާމު އިސްރާއީލު 1 ގަޑިއިރު
    އެތެރޭ 2ވަނަ ޢައްޒާއަކަށްް ހަދައި އިޒްރޭލްގެ އަސްކަރީޔާ ނެތިކޮށްލާނެކަންޔަގީން

    169
    2
  3. ނުރަބޯ

    އަމަލުން ކަންތައް ކުރާނީ......

    67
    1
    • ާަމަރީ

      މިއީ ހަމައެކަނި އިރާނުން ކުރަންޖެހޭކަމެއްތަ ކޮބާތަ ހުރިހާ މުއްސަނދިކަމެއް ލިބިފައިވާ އެހެން އަރަބި ޤައުމްތައް.. ފަލަސްތީނާާ މާގާތުގައި އެއޮތީ ޖޯޑަން އާއި މިސްރުވެސް.. އިރާން ދުރުގައި އޮތަސް އެކޮއްދޭ ކަންތަކަށް ޝުކުރު ކުރަންވާނެ.. ފަލަސްތީނުގައި ދިފާއުގައި ހަނގުރާމަ އެކުރަނީ އިރާން ހަތިޔާރާއި ފައިސާއޢި ތަމްރީންދީފައި ލަޝްކަރުތައް.. އަމަލީ ގޮތުން އެއުޅެނީ

      70
  4. ކޮތަރު

    އަހަރެމެން ސުންނީން މީ ހަމަ ސުންނީންތަ؟ ސުންނަތާއި ގާތް ކުރަނީ ޝިޢީން ކަމަށް ޢަމަލުތަކުން މި ފެންނަނީ

    65
    4
    • Anonymous

      ކޮތަރާއެވެ. ތިޔަ ފެންނަނީ ބޭރުފުށުން ދައްކާ ދަޅައެކެވެ. ކޮތަރަށް ޝީޢީންގެ އެތެރެފުށް ނުފެންނަނީތާއެވެ.

      8
      20
      • ޖުހާ.

        ކަލެއަށް ފެންނަނީ ސުންނީ ލިބާސްލީ ސައުދީ ޕުރިންސުންގެ ފަގުޑި. ޝީޢީންނަކީ އެތެރެފުށާއި ބޭރުފުއްވެސް ރަނގަޅު ބައެއް. އެމީހުންގެތެރޭގައި ވެސް ނުބައިމީހުން އުޅޭނެ.

        9
        1
  5. މަ

    މިކަހަލަ ކެރޭ ލީޑަރުން ބޭނުމީ!

    71
    2
    • އަފީފާ

      ކެރޭ ނަމަކިއެ ލަސްކުރަންވިީ؟

      15
      9
      • 123

        މިހާރުވެސް މުޖާހިދުންނަށް އެހީވެދީ ހަތިޔާރުވެސް ތަމްރީނުވެސްއެދެނީ އީރާނުން. ވީމާ އީރާނަށް ސެލިއުޓްކުރަން.

        58
        1
      • ާަމަރީ

        އަފީފާ ދެން ތިބުނާ ބާރުގަދަ އެހެން އަރަބި ޤައުމްތައް ކޮބާތަ މިއީ ހަމަ އެކަނި އިރާނުން ކުރަންޖެހޭކަމެއްތަ

        33
        1
  6. ފަލަސްތީނު ސަޕޯޓަރުން

    ސާބަހޭ އިރާން

    38
  7. ހައިބަރީރާނީ

    ބިޔަ މޭލުބޯޓުފަހަރަށް ޖެޓުމަތިންދާބޯޓުފަހަރާއި ހެލިކޮޕްޓަރާއި ޓޭންކުތައް ބަރާކޮށް އެމޭލުބޯޓުފަހަރުގެ ހިޔަނީގައި ފިލާތިބެ ކުރިޔަށް ނުކުމެ ޙަމަލާދޭން ނުކެރޭ ފިނޑިއެމެރިކާއަށް އީރާން ބައްޔެއްނުކުރެވޭނެ. ކުރެވޭނެކަމަކީ ލޭއޮހޮރުވުން، މަދަނީ ވަޞީލަތްތައް ފުނޑާލުން، އަދިވެސް މިފަދަ ފިނޑި ހަނގުރާމައިގެ ޖަރީމާހިންގުން. މުޝްރިކުން މަރަށް ބިރުގަންނާނެ. އިސްލާމުން އުފާވާނެ މުޝްރިކުންގެ ކުރިމައްޗަށް ނުކުމެ ޙަމަލާދޭން ފަށަން. މުސްލިމުންނަށް ލިބޭނީ ކާމިޔާބު. އެއީ ޝަހީދުވުން. ޝަހީދުންނަކީ ދިރިތިބޭ ބައެއް.

    35
  8. މަސްނޫނު

    މޮޅުވާހަކަ، ބާޑަން ބުނީއެއްގަމު މަގުން ޢައްޒާ އަށް ނާރަން. އިރާނުން އެއަޑު އަހާފަ އެކަން ކަށަވަރުކުރަން ދޭއިންޒާރެއް އީރާނުން އެދިނީ. އިސްރާއީލުން ހުއްޓުމެއްނެތިހަމަލާ ތައްދީ މުޅި ފަލަސްތީން ފުނޑާލާއިރުވެސް އިންޒާރު ދީދީ ތިބެނީ.
    އަމަލެއްނުކުރޭ މީތިކަޑައޭ

    23
    5
  9. Anonymous

    އިސްރާއީލާ ދެކޮޅަށް ގަދަ ބަސް ބުނުން ފިޔަވައި އެހެން ކަމެއް އީރާނުން ނުކުރާނެއެވެ. ޙަމާސް އަށް ހިތްވަރުދީގެން އީރާނު އަޑީގައި އޮވެގެން ޙަމާސްގެ މީހުން ލައްވައި ހަނގުރާމަ ކުރުވީ ޣައްޒާ މުޅިން ސުންނާފަތިކުރާނެ ފުރުސަތެއް ޔަހޫދީންނަށް ހޯދައިދިނުމަށެވެ.

    8
    16
  10. 1967

    1967ގަ މިސްރު ސީރިޔާ އުރުދުނުން އިޒްރޭލް ނައްތާލަން ދިން ކުއްލި ހަމަލާއެއްގަ ޢަރަބިން ބަލިވެގެން ދުއްވައިގަތުމުން އިޒްރޭލުން ފަހަތުން ގޮސް ޣައްޒާ ހިފުނީ. ދެން ބަޔަކު ދިން ޢުދުވާނީ ހަމަލައެއްގަ ޢަދުއްވުންގެ ބިން ލބިއްޖެނަމަ ޣަނީމާ ވޭ. ޢަދި އޭރުވެސް ފަލަސްތީންއަކީ މިނިވަން ދައުލަތަލަށް ނުވާތީ ވެރިޔަކު ނެތް ބިމެއް ފަތަހަ އުސޫލުން ލިބުނީތީ އޭގެ ވެރިޔަކީ އިޒްރޭލް ކަމަށް ބައިނަލްއަޤްވާމީ ޤާނޫނުގަ ވާ ކަމުނާ މިކަހަލަ ކަންކަމުން ދޫނުކޮށް ހިފަހައްޓާގެން ތިބީ.

    4
    17
    • ކަލޯ

      އަރަބިން އެއްވެސް ހަނގުރާމައެއް ނުފަށާއިރުވެސް އޮތީ ތިބުނާ ޔަހޫދީންތައް ފަލަސްތީނުގެ ބިންތައް ފޭރިގެން ވެރިވެގަނެގެން...ކޮންހާ މޮޅު ވާހަކައެއް ތިދައްކަނީ އިޒުރޭލު މީހުން

      18
  11. އަލްވާލް

    އީރާނަށް އިސްރާއިލްއަކީ މެއްސެއް ފަދަ ނިކަމަތި އެއްޗެއް ނަމަވެސް. މި އެމެރިކާ އާއި ހުޅަނގުގެ ބައިގަނޑުގެ ނިވަލުގައި މިއުޅެނީ. 2 ވަނަ މަތިންދާބޯޓު އުފުލާ މަނަވަރެއް ވެސް އެފޮނުވީ އީރާނަނަށް ދައްކަން މި ބައިގަނޑު އިސްރާއިލް ހިމާޔަތްކުރަން ތިބިކަން.

    22
  12. ކަލޯ

    އަރަބިން އެއްވެސް ހަނގުރާމައެއް ނުފަށާއިރުވެސް އޮތީ ތިބުނާ ޔަހޫދީންތައް ފަލަސްތީނުގެ ބިންތައް ފޭރިގެން ވެރިވެގަނެގެން...ކޮންހާ މޮޅު ވާހަކައެއް ތިދައްކަނީ އިޒުރޭލު މީހުން

    17
    0
  13. ކޮއްޔާ

    ވަރަށް ރަނގަޅު // އެކަން މިހާރުވެސް ލަސްވެއްޖެ ނޫންބާ ؟ ....

  14. ޚހަފަކްމ

    އެެއްގަމު މަގުން ނާރަ ބޮން އަޅާށޯ ދޯ އިރާނުން މިބުނަނީ

  15. 12ވގ

    އިޒްރާއީލް އައުޓް ޕޕ ކުދިން ކޮބާ

  16. ގަންނި

    އީރާން އަށް ސާބަސް އެމެރިކާ އާ އިސްރާއީލް ކުޅިސަބާ ދައްކާލާތި

  17. ނަތަންޔާހޫ

    މުސްލިމުންނާއި އަރަބިންގެ މައްސަލައަކީ ތިއީ! ތިގޮތަށް ފޮނިކަނޑާތާން 70 އަހަރުވީ އިރުވެސް އެއްވެސް ކަމެއްނުވި!

    • ކެކެކެ

      ނަތަންޏާހޫ ކަލޭ މިނޫހަށްވެސް ވާސިލު ވީތަ؟؟ ފަލަސްތީނުގެ ރަށްޔިތުންގެ ގާތިލް

  18. ނާޒިއާ

    ސާބަސް އީރާން... ނައްތާލަންވީ ބައެއް. ހިޓުލަރު ކަންތައް ކުރީ ރަނގަށް.

  19. ޑޮލަރއަރަބް

    ގަބުރުސްތާނުގަ ވަޅުލާފަ ތިބީކީ ޔަހޫދީންނެއްނޫން، ފަލަސްތީނުގެ ނިކަމެތި ރައްޔިތުން. ކަލޭމެންނަށް ކުރެވުނު ކަމެއް ފެންނާކަށްނެތް. ކަލޭމެނަށް ހަލާކު ހުރި.

  20. ކައުންސެލަރު 🙌

    "ހަމާސްއިން ހޮނިހިރު ދުވަހު އިސްރާއީލަށް ހަމަލާތައް ދިނުމުގެ ފަހަތުގައި އޮވެ، އެ ޖަމާއަތަށް ވާގިވެރިވަމުން ދަނީ އީރާނުންކަމަށް އިސްރާއީލާ އެގައުމަށް ވާގިވެރިވާ އެމެރިކާއިން އަންނަނީ ތަކުރާރުކޮށް ތުހުމަތު ކުރަމުންނެވެ."
    އިސްރާއީލަށް ވާގިވެރިވާން އެމެރިކާ ސިފައިން އައުންއޯކޭ، ފާޅުގަހަތިޔާރުދިނުން އޯކޭ، ހަމަލާގައި އެމެރިކާ ބައިވެރިވާން އައުން/ހަމަލާ ދިނުންއޯކޭ. އެކަމަކު ފަލަސްތީނަށް އެއްވެސް ބަޔަކު ކުޑަމިނުން ބޯފެންފޮދެއްވެސް ދިނުން މަނާ؟ މަި ކޮންކަހަލަ ގަވަދެއް؟ ގާނޫނެއް. ޔަހޫދީ އާލާތުން ހޭބަލި ކުރައްވާށި

  21. ސޭކްއިމް

    ހުސްއަގަ ނުތަޅާ ކަމެއްކޮށްފަ ދައްކަބަލަ. ކޮބާހޭ އަރަބިންތައް!

  22. ކެކެކެ

    ނަތަންޏާހޫ ކަލޭ މިނޫހަށްވެސް ވާސިލު ވީތަ؟؟ ފަލަސްތީނުގެ ރަށްޔިތުންގެ ގާތިލް

  23. ދާހިލީ

    މާނައަކީ މަތިން ބޮންއަޅާ ހަދާނެ އެއްޗެއްހަދާށޭ . ނޫންނަމަ އިޒްރާއީލްގެ ސިފައިން މަރުވާ އަދަދު މާގިނަވެދާނޭތީ ކަންބޮޑު ވެޔޭބާ!ހުސްއަނގަ ފުއްޕަނީ