ފަލަސްތީނުގެ އެކްޓަރު އަދި އެކްޓިވިސް އަލީ ނިސްމަން ޔަހޫދީއިން ދިން ހަމަލާއެއްގައި ޝަހީދުކޮށްލައިފިއެވެ. އަލީ ނިސްމަން ޝަހީދުކޮށްލާފައި ވަނީ ހުކުރު ދުވަހު ޔަހޫދީއިން ކުރިއަށް ގެންދިޔަ ރެއިޑެއްގެ ތެރެއިންނެވެ.

ޝަހީދުވުމުގެ ގަޑިއެއްހާއިރު ކުރިން ނިސްމާން ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ވީޑިއޯ ކްލިޕެއް ހިއްސާކޮށް، ޣައްޒާގެ ހަމަނުޖެހުން ފެށުނު ފަހުން ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހިތާމަވެރި ހަގީގަތް ދައްކުވައިދީފައެވެ.

އެކްސްގައި ގައި އަލީ ނިސްމަން އެންމެ ފަހުން ހިއްސާ ކުރި ޓްވީޓްގައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ދިނުދެމިގެންދާ ކެތްތެރިކަން ދެއްވުމަށް އެދި ދުއާ ކޮށްފައެވެ. އަދި އޭނާގެ ފޮލޯވަރުންނާ ހިތުގެ އަޑިން އަލްވަދާއު ކިޔައި، ގުޅުން ކެނޑިއްޖެ ނަމަ ގުދުސްގައި ނުވަތަ ސުވަރުގެއިން އަނެއްކާވެސް ބައްދަލުވާނެ ކަމަށް އެ ޓްވީޓްގައި އޭނާ ބުނެފައިވެއެވެ.

އަމީ ނިސްމަން ގެ މަރާއެކު ގިނަ ބަޔަކު ދަނީ މީސް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ. އަދި އޭނާއަށް ގިނަ ބަޔަކު ދަނީ ހެޔޮ ދުއާ ކުރަމުންނެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި އިސްރާއީލާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ހަމާސް އިން އޮކްޓޯބަރ ހަތް ވަނަ ދުވަހު އިސްރާއީލަށް ދިން ވަރުގަދަ ހަމަލާއަށްފަހު ދެ ގައުމުގެ ދެމެދުގައި ބޮޑެތި ހަމަލާ ބަދަލު ކުރުންތައް ދަނީ ކުރެވެމުންނެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 2،700 އަށްވުރެ ގިނަ މީހުން ޝަހީދުވެ، އެތައްބަޔަކު ވަނީ ޒަހަމް ވެފައެވެ. މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އދ އިން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާއަށް އެއްގަމު މަގުން އެރުމަށް އިންޒާރުތައް ދެމުން ދާތީ ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ފަލަސްތީނުގެ އެހެން ހިސާބުތަކަށް ދަނީ ދަތުރު ކުރަމުންނެވެ.