ރަހީނުން މިނިވަން ކުރުމަށްޓަކައިި ޙަމަލާތައް ވަގުތީ ގޮތުން ހުއްޓާލަން އެމެރިކާގެ ރައީސް، ޖޯ ބައިޑެން ގޮވާލައިފިއެވެ.

ބައިޑަން މިހެން ގޮވާލާފައިވަނީ އިންތިޚާބަށް ފައިސާ ހޯދަން ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަނިކޮށް އެތަނުގައި ހުރި މީހަކު އިސްރާއީލާއި ޙަމާސްގެ ހަނގުރާމަ ހުއްޓާލާނީ ކޮންއިރަކުންތޯ ބުނެދިމާކުރުމުން އޭނާއަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.

އޭ. ބީ. ސީ. ނޫހުން އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރަހީނުން މިނިވަން ކުރުމަށްޓަކައިި ޙަމަލާތައް ހުއްޓާލަން ރައީސް ބައިޑަން ގޮވާލައިފިއެވެ. ފަލަސްތީނުގެ އެތައްބަޔަކު ޝަހީދުވެ ޒަޚަމްވަމުން ކާއެއްޗެއް ބޯނެއެއްޗެއް ބޭސްފަރުވާ ކުރެވޭނެ ފަދައެއް ނެތް އިރު ބައިޑެންއަށް ބޮޑުކަމަކަށް ވެގެން އުޅެނީ ފަލަސްތީނުގެ މުޖާހިދުން އަތުލައިގެންފާވާ ނިރުބަވެރިން ރަހީނުން ބޭރަށް ގެނައުމެވެ.

"ރަހީނުން ބޭރަށް ގެނައުމަށްޓަކައި ޙަމަލާތައް މެދުކަނޑާލަން ނަތަންޔާހޫ ގާތު ބުނީ އަހަރެން. އަދި އެހީގެ ތަކެތި ފޮނުވުމަށްޓަކައި ރަފާހް ބޯޑަރު ހުޅުވަންމިސްރުގެ ރައީސް ގާތު ބުނީ ވެސް އަހަރެން. އަދި ޙަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއްކަންވެސް އެމީހުނަށް ބުނެދިނީ އަހަރެން" ބައިޑަން ބުންޏެވެ.

މީގެ ކުރިންވެސް އެތައް ފަހަރަކު ވާނީ ހަމަލާތައް މެދު ކަނޑާލަން ގޮވާލާފަ ކަމައް ވައިޓްހައުސްގެ ތަރުޖަމާން ވިދާޅުވެފައިވެއެވެ.

ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ އާއި ބެހޭ ތަރުޖަމާނު ޖޯން ކާރބީ އޭ.ބީ.ސީ. ނޫހަށް ބުނެފައިވާ ގޮތުގައި ޚާރިޖީ ވަޒީރު ބްލިންކަން ދެކިވަޑައިގަންނަވާ ގޮތުގައި ވެސް އިންސާނީ އެހީތެރިކަން ލިބިލިބި ހުންނާނެ ގޮތެއް ހޯދުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަލީބުނީ

    ހުރިހާ ނުބަޔަކައް ވާގިދޭ ހަންޓޯޓާގަނޑު! ކަލޭ މަރުވާ ދުވަހަކީ ހަޔާތުގަ އަންނާނެ ވަރައްވެސް އުފާވެރި ދުވަހެއް

    31
  2. Anonymous

    މަސްރަޙު ފިނިކޮއްލަން ކޮންމެސް މީޓިންއެއް ބާއްވާލަނީ. ތިޔައީ މުނާފިޤުކަމުގާ ހައްދުފަހަނައަޅާފައިވާ އެމެރިކާގެ ވައްތަރު.

    22
  3. Anonymous

    ޚކަލޭޭ އަމިއްލައަށްް، ކަލެއަކީީ އެންމެެ ނުރައްްކާތެރިި ޓެރަރިސްޓްް ބުނިިނަމަަ..

    25
  4. ޖާހިލު

    މި ޖީލުގެ ބޮނޑުދޮސްރޮދި. ފަސާދަވެގެންވާ ޖައްބާރެެއްމީ

    10
  5. ދައްޖާލު

    ބުހުތާން ދޮގު ހަދާނެކަމެއްނެތް ވަގުތީގޮތުން ހުއްޓުވަންތިއުޅެނީީ ހިޒްބުﷲ ބައިވެރިވެދާނެތީ

  6. އާދަމް ނަބީހް

    މުސްލިމުން ޤަތުލުކުރަން އިސްރޭލަށް ޒަމާނީ ހަތިޔާރު ދީފާ ކަނޑައެޅުގެން މަސްރަޙު ފިނިކުރަން، ބަހަނާ ދައްކައިގެން ކޮންމެސް ފަތިވަރެއް އަމުނާލަނީ.
    އެމީހުން ސުލްޙަޤާއިމްކުރުމުގެ ނަމުގާ މުސްލިމުން ކަތިލަމުން، ލިބޭ ބަދުނާމު ސިއްރުކުރަން އޭގެ ވަށައިގެން ފުށްޖަހަންވެސް ތިބެނީ އެމީހުން.
    ފަލަސްތީނުގެ ކުށެއް ނެތް މުސްލިމުން، ޚާއްސަކޮށް އަންހެނުންނާ ކުޑަކުދިން ބޮޑެތި ބިލްޑިންތަކުގައި ނިދާފައި ތިއްބާ ބޮން އަަޅާ އެންމެން ޝަހީދުކޮށްލުމަށް ފަހު މިބުނަނީ އިސްރޭލު މީހުންނަށް އެމީހުންގެ ނަފްސު ހިމާޔަތްކުރުމުގެ ޙައްޤު ލިބިގެންވެޔޭ. މިއީ ދުނިޔޭގެ މީޑިޔާތަކުގެ ކުރިމަތީގައި އެމީހުން ދައްކާ ވާހަކަ. މިދެން އަރަތެއް ނޫންތަ؟

    14
    • ހައްޑޮއްޑޮ

      މަސްރަހުފިނިވެގެންގޮސް ގަނޑުވެދާނެ

  7. ގުދުގުދާބެއްޔާ

    ހޯހޯ ނޫނޭ އަހަރުމެން ހަމާސް މީހުން ހަގުރާމަ ހުއްޓާލާނެ އެއްވެސް ގޮތެއްނެތް! އިޒްރޭލް ފުނޑާލާފަ މިފަހަރު ހަގުރާމަ ހުއްޓާނީ!

  8. ހިސަނުބެ.

    ކޮންއެއްޗެއް ބަލަން ތިބެނީ އެމެރިކާއަށް ހުރިހާމުސްލިމުން އެކުވެގެން އެޓޮމިކު ހަމަލާއެއް ދީބަލަ އެއިރުން ހުރިހާ ކަމެއް ހައްލުވާނެ އަރަބިން ޖުއްބާ ލައިގެން ތިބެކިޔަނީ ކީކޭ ޔަހޫދީންނައް ކެރޭތީ ބަލަބަލާތިބެގެން ފާޅުގަ އެދަނީ މުޅި އުއްމަތެއް ނައްތަމުން.ނިކަން މަގޭބަސްއަހާބަލަ.އެޓޮމިކުއަޅާބަލަނިމުނީ.