އިސްރާއީލްއަކީ ނިރުބަވެރި ދައުލަތެއް ކަމަށާއި އެ ދައުލަތުން ފަލަސްތީނުގެ ޣައްޒާ ސުންނާފަތިކޮށްލަމުންދާ ކަމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

ތުރުކީގެ ވެރިކަން ކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭ ޕާޓީ) ގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އުރުދުޣާން ވިދާޅުވީ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތުން މަސައްކަތް ކުރަނީ މުޅި ޣައްޒާ ފަނާކޮށްލުމަށް ކަމަށެވެ. އެހެންވެ، އިސްރާއީލްގެ ޔަހޫދީ ދައުލަތުގެ ސިޔާސީ އަދި އަސްކަރީ ލީޑަރުންގެ މައްސަލަތައް ބައިނަލްއަގުވާމީ ކޯޓުތަކަށް ގެންގޮސް އެމީހުންނާ ދެކޮޅަށް ޝަރީއަތް ހިންގުމަށް ތުރުކީން މަސައްކަތް ކުރަމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިސްރާއީލުން މަސައްކަތް ކުރަނީ މުޅި ސިޓީ އާއި ރައްޔިތުން ނައްތާލަން. އަހަރެން މި ވާހަކަ ބުނާނީ ފާޅުކަން ބޮޑު ގޮތެއްގައި، އިސްރާއީލަކީ ނިރުބަވެރި ދައުލަތެއް،" ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަބަދުވެސް ވަކާލާތު ކުރައްވަމުން ގެންދަވާ ތުރުކީގެ ރައީސް ވިދާޅުވިއެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ބުނާއިރު ހަމާސް އަކީ ފަލަސްތީނު ރައްޔިތުންގެ ވޯޓާއެކު މީހުން މަގާމުތަކަށް އިންތިހާބުކޮށްގެން ހިންގާ ޖަމާއަތެއް ކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ.

ތުރުކީގެ ރައީސް ވަނީ ހަމާސްއަކީ ފަލަސްތީނުގެ ބިމާއި އެ ގައުމުގެ ރައްޔިތުންގެ ހިމާޔަތުގައި މަސައްކަތް ކުރާ މުޖާހިދުންގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.

އިސްރާއީލް ކުށްވެރިކޮށް، އަދި ހަމާސްގެ ދިފާއުގައި ތުރުކީގެ ރައީސް ވާހަކަފުޅު ދައްކަވާފައި މިވަނީ ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނަށް ވަޑައިގަތުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެއްގައެވެ.

ޣައްޒާ އަށް ނިއުކްލިއާ ބޮމެއް ވައްޓާލުމަކީ އޮތް ފުރުސަތެއް ކަމަށް އިސްރާއީލްގެ ވަޒީރަކު ދާދިފަހުން ބުނެފައިވާތީ އުރުދުޣާން ވަނީ ނިއުކްލިއާ ހަތިޔާރު ހުރިކަން ނުވަތަ ނޫންކަން އިސްރާއީލުން ދުނިޔެ އަށް ބުނެދޭންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

"ނަތަންޔާހޫ އަށް ގޮވާލަން ނިއުކްލިއާ ހަތިޔާރު ހުރިކަން ނުވަތަ ނޫންކަން ހާމަކުރަން. ހީއެއް ނުވޭ އޭނާ އެކަން ކުރާނެހެން. ނަތަންޔާހޫ އަށް މީހުންނަށް ބިރު އެކި ގޮތްގޮތުން ވެސް ދެއްކިދާނެ. އެކަމަކު ނަތަންޔާހޫގެ ނިމުން އޮތީ ގާތުގައި،" އުރުދުޣާން ވިދާޅުވިއެވެ.

އިސްރާއީލުން ފަލަސްތީނަށް ހަމަލާތައް ދެމުން އަންނަތާ މަހެއް ވެފައިވާއިރު މި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 11،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި ޣައްޒާގެ %60 ގޭގެއަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    މީނައަށްވެސް ކެރެނީ މަސްރަހު ފިނިކޮއްލަން ކޮންމެސް މޮޅު ބަހެއް ބުނެލަން. އެމީހުންނާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ނުކުރަނީ ކީއްވެބާ؟ ނުވަތަ އެމީހުން އުފައްދާ އެއްޗެހި ބޮއިކޮޓްކުރަން ނުކެރެނީ ކީއްވެބާ؟

    25
    1
  2. ޙެހެހ

    ކަލޭގެ ވާޖިބު އަދާވީތި !!

    4
    1
  3. ދިވެހި ދަރި

    މީ ޖަމަލް ފޮޑި ޖައްސަވާ ބޭފުޅެއް..އެއްކަމެއްވެސް ކުރަން ނުކެރުނު.

    4
    1
  4. Anonymous

    ރައްޔިތުން ހިންހަމަ ޖައްސާލަން ބަހެއް ބުނަލާ ކަން. ރިޔާލް ސަމިޓް ނިމުނިއިރުގަވެސް ނޭގުނެ ނުއް ކަމެއް ކޮއްލާ ކަށް

    4
    1
  5. މުހައްމަދު

    ރައްޔިތުން ހިންހަމަ ޖައްސާލަން ބަހެއް ބުނަލާ ކަން. ރިޔާލް ސަމިޓް ނިމުނިއިރުގަވެސް ނޭގުނެ ނުއް ކަމެއް ކޮއްލާ ކަށް

    4
    1
  6. ޖުހާ.

    އަދިވެސް މީނަ ވިއްކަނީ ދީން. ރައްޔިތުންގެ ލޭ ހޫނުކުރަން. ސަޕޯޓު އިތުރުކުރަން. ސޫރިއާގެ އެތައް މިލިއަން މުސްލިމުންގެ ލޭ އޮހޮރުވާލުމުގެ އެންމެ ބޮޑު އެއް މުޖުރިމު. އައި އެސް ސޫރިއާ އަށް އަރައިގަތީ ތުރުކީ ތެރެއިން. ނިދާފަތިބި ބަޔަކަށް ނުފެނުނަސް ހޭލާތިބި މީހުނަށް ފެނުނު ހަޤީގަތް މިއީ.

  7. ނަން ބުނާކަށް ނުޖެހޭ

    ތީ ހަމަ ބޮޓެއް... އެއްވެސް ކަމެއްވާ މީހެއްނޫން...