ޤާނޫނާ ޚިލާފަށް ހޮންކޮންގަށް އެތެރެވި ޕާކިސްތާނުގެ 4 މީހަކު ހައްޔަރުކޮށްފިއެވެ.

އެގައުމުގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓުތަކުގައި ބުނާގޮތުން އެމީހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު 1،000 ހޮންކޮންގް ޑޮލަރު (12.8 އެމެރިކާ ޑޮލަރު) ދީފައި ޝެކް އޯގައި ބަހަކަށް އެރުމުން، ޝައްކު ކުރެވޭ ގޮތެއް ހުރެގެންނެވެ.

އަދި ނޮވެމްބަރ 20 ވަނަ ދުވަހުގެ ހެދުނު 8:30 ހާއިރު ޗައިނާގެ މީހުން ނޫން އެހެން ޤައުމެއްގެ 8 ފިރިހެނުން އެބަހުން ދަތުރުކުރާ ކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ދީފައެވެ. އަދި އެއީ ގަވާއިދާ ހިލާފަށް ސިޓީއަށް ވަދެފައިވާ ކަމަށް ބެލެވޭ ގްރޫޕެއް ކަމުގައި ބެލެވޭ ކަމަށްވެސް ފުލުހުންނަށް ވަނީ މައުލޫމާތުދީފައެވެ. ފުލުހުން އައުމުގެ ކުރިން އެ ގްރޫޕް ވަނީ ފިލައިގެން ގޮސްފައެވެ. އެއަށްފަހު އޮފިސަރުން ވަނީ ބަލައިފާސްކޮށް އެ ސަރަހައްދުގެ މަގު ބަންދުކޮށްފައެވެ.

ގާތްގަނޑަކަށް ބައިގަޑިއިރު ފަހުން ބަސް ޑްރައިވަރަކު ފުލުހުންނަށް ރިޕޯޓެއް ދިނީ ޝެކް އޯގެ ކޭޕް ޑި’ އަގިލާ މަގުގައި ގަވާއިދާ ހިލާފަށް އުޅޭ ކަމަށް ޝައްކު ކުރެވޭ އަށް މީހަކު އުޅަނދަށް އެރިކަމަށެވެ. އުމުރުން 22 އަހަރާއި 24 އަހަރާ ދެމެދުގެ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ބަސް ޓާމިނަލް ކައިރީގައި އޮންނަ ޕޯ މާން ސްޓްރީޓުންނެވެ.

ހޮނިހިރު ދުވަހު ލަންޓާއު އައިލެންޑްގެ ހުޅަނގު ދެކުނުގައި އޮންނަ ޕީކްޑް ހިލްގައި ޗައިނާ ނޫން ހަތަރު މީހަކު އުޅޭތަން ފެނިގެން މަސްވެރިއަކު ވަނީ ކަމާބެހޭ ފަރާތްތަކަށް އެކަން އަންގާފައެވެ.

ފުލުހުންގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި ގަވާއިދާ ހިލާފަށް ހޮންކޮންގަށް އެތެރެވި މައްސަލައިގައި މައިގަނޑު ގޮތެއްގައި ބަންގްލަދޭޝް، ޕާކިސްތާން އަދި ވިއެޓްނާމްގެ 968 މީހުން ހައްޔަރުކޮށްފައިވާއިރު، މިއީ 2022 ވަނަ އަހަރާއި އަޅާބަލާއިރު، 482ގެ އިތުރުވުމެކެވެ.

މިއަހަރުގެ އޮކްޓޯބަރު 22 އާއި އޮކްޓޯބަރު 31 އާ ދެމެދު ހިނގި ހަތް ހާދިސާއެއްގައި ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާނުން 100 އަށް ވުރެ ގިނަ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފާއިތުވި މަސްތަކުގައި ގަވާއިދާ ހިލާފަށް އެތެރެވުމުގެ މައްސަލައިގައި ދެކުނު އަދި އިރުދެކުނު އޭޝިއާގެ ގައުމުތަކުން މީހުން ހައްޔަރުކުރާ މިންވަރު އިތުރުވުމުން ލޯކަލް އޮތޯރިޓީތަކުން ވަނީ ޗައިނާގެ ބިމުގައި ތިބި ގައުމުތަކުގެ އެހީތެރިކަން ހޯދާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްމިއާ

    އަހަރިޔާސް ފުލުހުންނަން ގުޅާހައި ބޮނެފަންނާ މިބެނި އެވެނި ނުގަވާއިދު ބަންގާޅީ މީހަކުން ތިހުއްޓިޔާ. ޢެކަމަކު ކޭއްކެރަނާ ގުޅީމީހާ ގޯސްވެންނާ