ސައުދި އަރަބިއްޔާގެ ޖިއްދާގައި ހުންނަ ފްރާންސްގެ ރެސްޓޯރެންޓަކަށް ބުރުގާ އަޅައިގެން ތިބި ހުރިހާ އަންހެނުންނާއި ސައުދީ ގައުމީ ހެދުން އަޅައިގެން ތިބި ފިރިހެނުން ވަނުން މަނާ ކޮށްފިއެވެ.

މިއީ އިސްލާމް ދީނުގެ އެންމެ މާތް ދެ ތަން ހުންނަ އެ ގައުމުގައި ހިނގި މިފަދަ ފުރަތަމަ ހާދިސާ ކަމަށް ބެލެވެއެވެ.

ރެސްޓޯރެންޓަށް ޒިޔާރަތްކުރި ގިނަ ބަޔަކު ވަނީ މި ނިންމުމާ މެދު ރުޅިވެރިކަން ފާޅުކޮށްފައެވެ.

މީސް މީޑިއާގައި ގިނަ ބަޔަކު ވަނީ ސައުދީގެ ކަމާބެހޭ ފަރާތްތައް ޓެގްކޮށް އެ ރެސްޓޯރެންޓާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

މިގޮތުން އެެއްބަޔަކު ވަނީ މިއީ އިސްލާމް ދީނަށް ފުރައްސާރަ ކުރުން ކަމަށް ބުނެފައެެވެ. އެ ރެސްޓޯރެންޓުގެ ފޭސްބުކް ޕޭޖުގައި އަމީރާ އަލް ކަހްތާނީ ނަމަކަށް ކިޔާ މީހަކު ބުނީ މި ރެސްޓޯރެންޓަކީ އެއްވެސް "ސްޓަރ" އެއް ހައްގު ރެސްޓޯރެންޓެއް ނޫން ކަމަށާއި އެއީ ބުރުގާ އަޅާ އަންހެންނާއި، ފިރިހެނުންނަށް ސައޫދީ ހެދުން އަޅައިގެން މި ރެސްޓޯރެންޓަށް ވަނުން މަނާ ކުރާތީ ކަމަށްވެސް ބުނެފައި ވެއެވެ.

"ޖިއްދާއިން އެމީހުން ނެރެން ޖެހޭ. އެމީހުން އަހަރެމެންގެ ދީނަށް އިހުތިރާމް ނުކުރޭ. އެކަމުގެ ސަބަބުން އަހަރެން ވަރަށް ރުޅިއާދޭ.". އިތުރު މީހަކު ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން އެ ރެސްޓޯރެންޓުން ވެސް އަދި ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ވެސް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ާަމަރީ

    ދެ ޙަރަމްފުޅުގެ ވެރިން ކާފަރުންގެ ދަށުވެފައިތިބިވަރު ދެން ކޮން ފަލަސްތީނަކަށްތަ މިމީހުންނަށް އެހީތެރިވެދެވޭނީ

    17
  2. ބޯދާ

    ބޮޑެތި ބުރުގާތަށް އަޅާއިގެން އަނގަމަތީ އިންނަ ފޮތިގަނޑުދަށުން ކާން ރެސްޓޯރަންޓުތަކަށް ދިޔާމަ އައިބުދެއްތޯ؟

    2
    26
    • މަބުނީ

      ބޮޑެތި ބުރުގާތަކޭ ކިޔާއިރު އަންހެނުން އެކަންޏެއް ނޫން ނުވެއްދީކީ..ފިރިހެނުންވެސް ނުވެއްދި..ސައުދީ ފިރިހެނުންވެސް ބުރުގާ އަޅާފަ ފޮތިގަނޑު ދަށުން ކާތީ ތަ ނުވެއްދީ..މީއަދި ސައުދީ ރަށްޔިތުންގެ ބިން..ތިފާޑަށް އުޅެންޏާ ތިފުރާންސްގެ ރެސްޓޯރެންޓު ސައުދީން ބޭރުކުރަންޖެހޭ..

  3. ޔޮް

    ﷲ އަކުބަރު

  4. Anonymous

    ކޮންއެއްޗެއް ހާމަކުރެވޭނީ އެމީހުން ކުރަންއުޅުނު ކަންތަށް ކުރެވުނީވިއްޔަ މަވެސް ރުޅިއައިއްސި

  5. އަހުމަދު

    ތިޔައީ ފެށުން...ދެންދާނީ ގޯހުންގޯހަށް

  6. ޝަރީފް

    ކީކޭ ދެންބުނާނީ، ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ނުކެރުމަކީ ސައުދީގެ ވަލީ އަޙްދު އިސްލާމްދީނަށް ފުރައްސާރަކުރިޔަސް އޯކޭ އޭ ބުނުން.. މިވެރިންގެ ޙަޤީޤަތް ބޭޒާރުވަނީ، ތީ ހަމަ އިޒްރާއީލުގެ ޕަޕެޓުން

    13
    1
  7. ކަރީމް

    ﷲއަކުބަރު..ބުނާނެއެއްޗެއް ނޭގިފަ... ދައްކަވަން ހުރިތަނެއް ދައްކަވާނެ..

    11
    1
  8. މަބުނީ

    ބޮޑެތި ބުރުގާތަކޭ ކިޔާއިރު އަންހެނުން އެކަންޏެއް ނޫން ނުވެއްދީކީ..ފިރިހެނުންވެސް ނުވެއްދި..ސައުދީ ފިރިހެނުންވެސް ބުރުގާ އަޅާފަ ފޮތިގަނޑު ދަށުން ކާތީ ތަ ނުވެއްދީ..މީއަދި ސައުދީ ރަށްޔިތުންގެ ބިން..ތިފާޑަށް އުޅެންޏާ ތިފުރާންސްގެ ރެސްޓޯރެންޓު ސައުދީން ބޭރުކުރަންޖެހޭ..