ގދ. ތިނަދޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ބަސް ކައުންސިލް ކުރިމަތީ ނުވިކޭތީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ފަރާތުން އީއޯސީ އަށް ލަފާ ދެއްވުމަށް ކަނޑައަޅުއްވާފައި ހުންނަވާ ޑރ. އާޒިމް އަބްދުއްޝަކޫރު، އީއޯސީ އާއި ދުރުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ، ތިނަދޫ ކައުންސިލުން އީއޯސީން ދެއްވާ ލަފައަކަށް އެއްވެސް ވަރަކަށް އަޅެއް ނުލާ ކަމަށާއި އެހެން ކަމުން އެކަމުގައި ހިތް ހަމަ ނުޖެހުންތަކެއް އުޅޭތީ އީއޯސީގެ ވައިބާ ގްރޫޕުން ވެސް އޭނާ އަމިއްލައަށް ބޭރުވެފައިވާ ކަމަށެވެ.

”އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާތީ އެ ގްރޫޕުން ބޭރުވީ“ އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ތިނަދޫގެ ކޮވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި ކައުންސިލްގެ ރައިސް ފިޔަވާ އީއޯސީގެ ހުރިހާ މެމްބަރުން ރަށް ފުރަބަންދު ކުރުމަށް ތާއިދުކޮށް އެޗްޕީއޭއަށް އެ ނިންމުން ހުށަހަޅަން އެދުނު ކަމަށެވެ.
އެހެން ނަމަވެސް މިއަދާއި ހަމައަށް ވެސް އެ ހުށަހެޅުމުގެ ޖަވާބެއް ލިބިފައި ނުވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އެގޮތަށް އޮއްވާ އަޅުގަނޑުމެންނަށް އެ ސިޓީ މި ފެނުނީ މީސްމީޑިއާގައި ލީކުވުމުން. އަދި އޭގައި އޮތީ އީއޯސީގެ ފަރާތުން ނިންމި ގޮތަކަށް ވެސް ނޫން. ކައުންސިލަކުން ނެތް މި ރަށް ފުރަބަންދު ކުރަން އެޗްޕީއޭއަކަށް އެދިފައެއް. އެހެންވެ އެކަމާއި އަޅުގަނޑުމެން ހިތް ހަމަ ނުޖެހިގެން ވަރަށް ވާހަކަ ދެކެވިފައިވަނީ" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެފަދަ ގޮތަކަށް އެކަން ދިއުމުން އެނގިގެން ދަނީ އީއޯސީގެ ބަސް ކައުންސިލްގެ ފަރާތުން ގަބޫލު ކުރަން ބޭނުން ނުވާ ކަމަށެވެ.

އީއޯސީން ދުރަށް ދިޔަ ނަމަވެސް، އަތޮޅުގެ އެހެން ރަށްތަކަށް ޓެކްނިކަލް ލަފާ ދެއްވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޔޯޔޯޔޯ

    ހަމަ މީހަކު ކެއްސާލިޔަސް ފުރަބަންދު ވާކައް ނުޖެހޭ ފުރަބަންދު ނޫންގޮތެއް!!

    5
    12
    • ތިނަދޫ

      މީހަކު ކެއްސާލައިގެނެއް ނޫން އިނގޭތޯ މި އުޅެނީ. މިރަށު މީހުން އުޅެން ޖެހިފަ ވާ ހާލު ނޭނގި ތިބެ ވާހަކަ ނުދައްކާ. މިކަންތައް ދިގުލައިގެން ދިޔުމުން ލިބޭ ގެއްލުން މާ ބޮޑު 14 ދުވަހަށް ލޮކް ޑައުން ކޮށްގެން ވާ ގެއްލުމަށްވުރެ. ލޮކްޑައުން ކޮށްގެން ނަމަވެސް އަވަހަށް ސަލާމަތް ވުން މާ ރަނގަޅު

      4
      2
      • ައަހުމަދު

        ފުރަބަންދުނުކުރިޔަސް ސަލާމަތްވެވިދާނެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން އެފިޔަވަޅުތަށް ތަންފީޒުކުރަން ބަޔަކުތިބެގެން އޭގެ މިސާލެއް މާލެ އަކީ ހަމަ ޤައިމުވެސް މާލެހަ ނުރައްކާތެިރުއެއްނުވާނެ އެއީ ގޮތްނެގޭ އެތައްބަޔަކު އުޅޭތަނެއް މާލެއަކީ ފުރަބަންކުރުމޭ ވަރަށް ފަސޭހައިން ބުނެވިދާނެ އެކަމަމު އޭގެ ގެއްލުން އެއްމެނަށް ވާނެ، ބަލަން ޖެހޭނީ ގެއްލުން ކުޑަކުރެވޭނެގޮތެއް.

  2. ކަރީމް

    ދުނިޔެއަށް ނަމޫނާ ދައްކާލާ ދުނިޔޭގެ މަސްހޫރުކަން ހޯދާލަމާ .

    މުޅިދުނިޔޭގަ ފުރަތަމަ މުޅިކޮވިޑްއާ ދެކޮޅަށް - ކޯވިޑް އަކީ އެންމެ މުހިންމު ކަންތައްބާ ؟

    ދުނިޔޭގަ މަސްހޫރުވެލަން 😋 ކައުންސިލް ޓެސްޓު ކޮއްލަމާ ވިސްނަމާ 😍💚

    4
    3
  3. ސސ

    1980 ގެ އަހަރު ތަކުގައި އޭޑުސް ފެނިގެން ދެއްކި ކަހަލަ ދެއުޅިޔަށް ނުވާ ހަމަ ބުއްދި ޤަބޫލު ނުކުރާ ވާހަކަ ޑރ ދެއްކިޔަސް ކުޑަކުދިންވެސް ޤަބޫލު ނުކުރާނެ މިއަދުވެސް ދައްކަނީ އެކަހަލަ ވާހަކަ !

    4
    1