ކަޕިލް ޝަރުމާ ޝޯ ޕްރިމިއާ ކުރުމުގެ ހަފްތާއެއް ކުރިން ނެރުނު ފުރަތަމަ ޓްރެއިލާގައި މެހްމާނުންގެ ލިސްޓު ދައްކާލައިފިއެވެ.

ޓްރެއިލާއިން ރަންބީރު ކަޕޫރު، ނީތޫ ކަޕޫރު، އާމިރު ޚާން، އެޑް ޝީރަން، ދިލްޖިތު ދޮސާންޖް، ރޯހިތު ޝަރްމާ އާއި އެކު އޭނާގެ އަންހެނުން ރިތިކާ ސާޖްދޭ، އަދި ޝްރެޔާސް އަޔަރ ފަދަ މަޝްހޫރު މޫނުތައް ފެނިގެންގޮސްފައިވެއެވެ.

ކުރީގެ އެޕިސޯޑްތަކާ ހިލާފަށް ގެސްޓް އެޕިސޯޑްގައި އެމީހުންގެ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން ވާހަކައެއް ނުދައްކާނެއެވެ. ކުރިން ކަޕިލް އެނާގެ ޝޯ އަށް އަބަދުވެސް ގެންނަނީ ފިލްމުތަކުގެ ޕްރޮމޯޝަނަށް އަންނަ މެހެމާނުންނެވެ.

އިންޑިއާގެ ކަޕިލް ޝަރްމާގެ ކޮމެޑީ ޝޯ، ސޮނީ ޓީވީ ދޫކޮށްލައި ނެޓްފްލިކްސް އިން ގެނެސްދޭން ތައްޔާރުވެފަވާއިރު ކަޕިލްގެ ޓީމުގައި ކުރިން ހިމެނުނު މަޝްހޫރު ކޮމީޑިއަން ސުނިލް ގްރޯވާ ވެސް މިވަނީ ޝޯ އާ އަލުން ގުޅިފައެވެ.

ޝޯގެ ބައިވެރިންގެ ތެރޭގައި ކްރުޝްނާ އަބީޝެކް، ކިކޫ ޝްރަދާ، އަރްޗަނާ ޕޫރަން ސިންގް އަދި ރާޖީވް ޓާކޫރް ހިމެނެއެވެ.

ސޮނީ ޓީވީން ދައްކަމުން އައި "ދަ ކަޕިލް ޝަރުމާ ޝޯ" ދެއްކުން ހުއްޓާލީ މިދިޔަ ޖުލައި މަހު 23 ގައެވެ. އެހެންކަމުން ކަޕިލް އޭނާގެ ޝޯ ދެން ކުރިއަށް ދާނީ ނެޓްފްލިކްސުންނެވެ.

މި ޝޯ ދެން ދައްކަން ހަމަޖެހިފައި މިވަނީ މާރޗް މަހުގެ 30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު