އިންޑިއާގެ ވެސްޓް ބެންގަލްގެ އަވަށެއްގައި ތިން މީހަކު ވެގެން މާބަނޑު އަންހެނަކު ރޭޕްކޮށްފިއެވެ.

އިންޑިއާ ވެގެން ގޮސްފައި ވަނީ އަންހެނުންނަށް ބިރުވެރި ގައުމަކަށެވެ. ކޮންމެ ދުވަހަކުވެސް އެ ގައުމުގައި ރޭޕްގެ މައްސަލަތައް ފެންމަތިވެއެވެ.

ރިޕޯޓްތައް ބުނާގޮތުއި، މިދިޔަ ބުރާސްފަތި ދުވަހު، އެ ހާދިސާ ހިނގިއިރު، އެ އަންހެން މީހާ ހުރީ އެކަނިމާއެކަނި ގޭގައެވެ. އޭނާ ހުރީ ފިރިމިހާގެ އިންތިޒާރުގައި ކަމަށް ވެއެވެ. އަދި އެ އަންހެން މީހާ ރޭޕްކުރި އޭނާގެ ބަނޑަށް ހަތަރު މަސް ކަމަށްވެސް ވެއެވެ.

އެ ތިން މީހުން އެ އަންހެން މީހާ ރޭޕްކޮށްފައި ވަނީ، އޭނާ ދިރިއުޅެމުންދާ ގޭގެ ދޮރުގެ ޓަކި ޖެހުމުން ދޮރު ހުޅުވާލި ތަނުންނެވެ. އެ އެ އަންހެން މީހާ ދޮރު ހުޅުވީ އެއީ އެ އަންހެން މީހާގެ ފިރިމީހާކަމަށް ހީކޮށް ކަމަށްވެސް އެ އަންހެން މީހާ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާ ދޮރު ހުޅުވާލުމުން އެ މީހުން ގަދަކަމުން އެގެއަށް ވަދެ އެ އަންހެން މީހާ ރޭޕްކޮށް އަނިޔާވެސް ކުރިއެވެ. އަދި އެ އަންހެން މީހާގެ ފިރިމީހާ މަސައްކަތު ނިންމާލުމަށްފަހު ގެއަށް އައިއިރު، އޭނާގެ އަންހެނުން އޮތީ ހަބަރު ހުސްވެގެން ބިންމައްޗަށް ވެއްޓިފައިކަމަށްވެސް ވެއެވެ. އެ އަންހެން މީހާގެ ފިރިމީހާއަކީ މެކޭނިކެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

އެ މައްސަލަ މިހާރު ވަނީ ފުލުހަށްވެސް ހުށަހަޅާފައެވެ. އަދި އެކަން ފުލުހުން ބަލަމުން އަންނައިރު، އެ އަންހެން މީހާ ރޭޕް ކުރި ތިން މީހުން ފިލާފައިވާކަަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ގެރި މޯދީ

  ތީ މޯދީގެ އަސްލު ސިޔާސަތު ރޭޕިސްތާން

 2. Anonymous

  މަހުލޫފުވެސް އުޅޭގޮތެއްތީ

  • ބޯހަލާކު

   އޭނަ ރޭޕްކުރީ ކަލޭތަ؟ ކަލެއަށް ތިވަރަށް ތިއިނގެނީ!!

 3. ާއައްކު

  ދެން އަޑުު އިވޭނީ ބަގުވާން ރޭޕްކުރި ވާހަކަ. ނުކުރާކަމެއްވެސް ނޭގެ.

 4. ާިއިންދިޔަ

  ޢެމީހުން ވާހަކަ ނުދައްކާ ދުނިޔެ މަތީގަ،، ދެވަނަ ސަދޫމް

 5. އި

  ހައްގު އަޒާބު ލިބޭނެ މާތްﷲ އިރާދަފުޅުން