އެމެރިކާގެ މަޝްހޫރު ކަމެއް ހޯދަމުން އަންނަ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ޕްރިޔަންކާގެ ކައިވެނި ކުރެވިގެންދިޔައިރު، މި ތަރިންގެ ގުޅުން ފެށިފައި ވަނީ ނިކް ޕްރިޔަންކާއަށް ފޮނުވި މެސެޖަކުންނެވެ.

އެ މެސެޖާއި ގުޅޭގޮތުން ވޯގް އިން ބުނީ، ޕްރިޔަންކާއަށް ނިކް މެސެޖް ކުރީ ބައްދަލު ކުރަން ބޭނުންވެގެންނެވެ. އެ މެސެޖްކޮށްފައި ވަނީ މީސް މީޑިއާ މެދުވެރިކޮށެވެ.

އެ މެސެޖަށް ޕްރިޔަންކާ ޖަވާބުދިނެވެ. އެ މެސެޖަށް ޖަވާބުދެމުން ޕްރިޔަންކާ ބުނީ، ނިކްގެ އެ މެސެޖް އޭނާގެ ޓީމަށްވެސް ފެނިގެންދާނެ ކަމަށެވެ. އެހެންކަމުން އޭނާއަށް ފޯން ނަމްބަރަށް މެސެޖްކޮށްދިނުމަށް ވަނީ އެދިފައެވެ.

އަދި އެ މެސެޖަށްފަހު ދެ މީހުން ވަނީ އެކުގައި ތަންތަނުން ބައްދަލުކޮށް ހަދާފައެވެ. އަދި އެންމެ ފަހުން ލޯބީގެ ގޮތުން ގުޅުނެވެ. އަދި މިހާރު އެ ތިބީ ކައިވެނިވެސްކޮށްގެންނެވެ.

މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން މާގިނަ ދުވަހެއް އުޅެފައެެއް ނުވެއެވެ. ނަމަވެސް ޕްރިޔަންކާގެ އުފަން ދުވަހު މި ދެތަރިން އެންގޭޖްވިއިރު، އިންޑިއާގައި މުޅި ދުނިޔެއަށް، އެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކުރުމަށް އެންޖޭމެންޓް ޕާޓީއެއް ބޭއްވިއެވެ.

ނިކްއަކީ ޕްރިޔަންކާއާ ބަލާއިރު، އުމުރުގެ ގޮތުން 10 އަހަރަށް ހަގު ޒުވާނެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޙްމަދު

    ހިތްވަރު ކޮށްލާ

  2. ޖޮއްބެ

    މިސޮރަށް އެމެރިކާއިން އަންހެނަކު ނުވީބާ؟ ތިމާއަށްވުރެ މާ އުމުރުން ދޮށި އިންޑިއާ މީހަކާ މި އިނީ.

  3. ?

    އަނބިމީހާ ފިރިމީހާއަށްވުރެ ދޮށި ވުމަކުން މައްސަލައެއް އެބައޮތްތަ؟ ?

    • ހިޔާލު

      މަޑުކޮއްލާ އަދި މައްސަލަ ފެންނާނެ.