ކެންސަރު ބައްޔާއި ހަނގުރާމަ ކުރަމުން އަންނަ ސޮނާލީ ބެންދްރޭ އެނބުރި މުމްބާއަށް ގޮސްފިއެވެ،
މިދިޔަ ޖުލައި މަހުން ފެށިގެން ނިއުޔޯކްގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ސޮނާލީ މުމްބާއިއަށް ދިޔައިރު، އޭނާ އަދިވެސް ދަނީ އެ ބައްޔަށް ފަރުވާ ހޯދަމުންނެވެ.
އިންސްޓަގްރާމް މެދުވެރިކޮށް އޭނާ މުމްބާއީގައި ހުރިކަން ސޮނާލީ ހާމަކުރިއިރު، އެ ބައްޔާއި އަދިވެސް ހަނގުރާމަ ކުރަމުން އަންނަކަމަށް ބުންޏެވެ. އަދި ރަހުމަތްތެރިންނާއި އާއިލާއާ ބައްދަލުކުރެވުމުން ވަރަށް އުފާވާކަމަށްވެސް ވަނީ ބުނެފައެވެ.
ސޮނާލީ ނިއުޔޯކްގައި ކެންސަރާއި ހަނގުރާމަ ކުރަމުންދިޔައިރު، އޭނާއަށް އަންނަމުންދާ ބަދަލުތަކުގެ ވާހަކަތައް ފޮޓޯގެ ޒަރިއްޔާއިންނާއި، ހާއްސަ މެސެޖެއް މެދުވެރިކޮށް އަބަދުވެސް ދެމުން ގެންދެއެވެ.
އޭނާ ހަނގުރާމަކުރަމުންދަނީ ހައިގްރޭޑް ކެންސަރުގެ ބާވަތަކާއެވެ.
އޭނާ ބުނިގޮތުގައި، ކެންސަރު ބަލި ޖެހުމުން ކުރިން އެފަދަ ބައްޔެއް ޖެހިދާނެހެން ހީވެސް ނުވެއެވެ. ނަމަވެސް ކުއްލިއަކަށް ޖެހުނު އެ ބައްޔާއެކު ދިިރިއުޅުމަށް ބޮޑު ބަދަލެއް އައިސް، ރައްޓެހިންނާއި އާއިލާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަކަން އޭނާ ފާހަގަކުރިއެވެ.
ސޮނާލީއަކީ ހިންދީ ސިނަމާ ތަކުން 90ގެ އަހަރުތަކުގައި ވިދާލި އެކަކެވެ.
އެއްވެސް ބައްޔަކާ ހަނގުރާމައެއް ނުކުރެވޭނެ.
އެޔޯ އަނެއްކާ؟