ދުނިޔެ އާއި ދިމާލަށް މިސްރާބު ހުރި ގިނި ހިލައަކުން ފެން ފެނިއްޖެ ކަމަށް އެމެރިކާ ޖައްވީ އިދާރާ ނާސާއިން ބުނެފިއެވެ.
ނާސާއިން މި ކަން ހާމަ ކޮއްފައިވަނީ ކައިރި މުސްތަގު ބަލެއްގައި ދުނިޔޭގައި ޖެހި މުޑި އަރާނެ ކަމަށް ބެލެވޭ " ބެނޫ " ގިނި ހިލައަށް މީގެ ދެ އަހަރު ކުރިން އެ އިދާރާއިން ފޮނުވި އުޅަދު ކާމިޔާބު ކަމާއި އެކު ޖެއްސުމަށް ފަހު އެ އުޅަދުން އެދި ދިރާސާއިން ލިބުނު ނަތީޖާއަކުން ނެވެ.
ނާސާއިން ބުނީ މިއީ ވަރަށް އާދަޔާ ހިލާފު ހޯދުމެއް ހަމަށާއި ދުނިޔެ ފިޔަވާ އެހެން ތަނަކުން ފެން ފެނުމަކީ ކައުނުގެ ކޮންމެވެސް ހިސާބެއްގައި ދިރުމެއް ހުރެދާނެ ކަމުގެ އަލާމާތެއް ކަމަށެވެ.
ނާސާގެ "އޮސިރިސް ރެކްސް " އުޅަދު ބެނޫ އަށް ދާން ދެ ބިލިއަން ކިލޯމީޓަރުގެ ރާސްތާއެއް ވަނީ ކަޑައްތު ކުރިއިރު ނާސާގެ މަގުސަދަކީ މި ގިނި ހިލައިގެ ސާންޕަލް ދުނިޔެއަށް އަށް އަބުރާ ގެނައުމެވެ.
ނާސާއިން ލަފާ ކުރަނީ 2023 ވަނަ އަހަރު މި ގިނި ހިލައިގެ ސާންޕަލް ނާސާގެ އުޅަދުގެ އެހީގައި އަބުރާ ދުނިޔެއަށް ގެނެވޭނެ ކަމަށެވެ.މި އުޅަނދު ބެނޫ އާއި ކައިރިން ދަތުރުކޮށް އޭގައިވާ ވަޔާއި، ކުނޑީގެ ސާމްޕަލް އަނބުރާ ދުނިޔެއަށް ގެންނާނެއެވެ. މި ސާމްޕަލްތަކުން ގިނިހިލައިގައި ވަނީ ކޮންކޮން މާއްދާތަކެއްކަން ދެނެގަނެ ގިނިހިލަ ގޮއްވާލުމަށް ކުރަންޖެހޭ މަސައްކަތް އެނގިގެންދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.
1999 ވަނަ އަހަރު ފުރަތަމަ ފެނުނު މި ގިނިހިލައިގެ ބޮޑުމިނުގައި 1600 ފޫޓު ނުވަތަ 490 ވަރަކަށް މީޓަރު ހުރެއެވެ. އަދި ގާތްގަނޑަކަށް 87 މިލިއަން ޓަނުގެ ބަރުދަން ހުރި މި ގިނިހިލައިގެ ދުވެލި، ގަޑިއަކު 101،388 ކިލޯމީޓަރު ބާރުމިނަށް އަރައެވެ. މި ގިނިހިލައިން ދުނިޔެ ސަލާމަތް ކުރުމަށްޓަކައި ނާސާއިން ދަނީ ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށް، މި ގިނިހިލަ ގޮއްވާލުމަށް ނުވަތަ މިސްރާބު ބަދަލު ކުރުމަށް ރާވަމުންނެވެ.
މި ގިނިހިލަ ދުނިޔެއާއި އެންމެ ކައިރިން ދަތުރު ކުރާނެ ކަމަށް ބެލެވެނީ 2135 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހުއެވެ. އެހެންކަމުން ނާސާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްގެން މި ގިނިހިލަ ގޮއްވާލުމަށް ރާވަމުންދާ ރޭވުމަށާއި ތައްޔާރީތަކަށް ގަރުނެއް އެބަ އޮތެވެ.
މި ގިނި ހިލަ ދުނިޔޭގައި ޖެއްހިއްޖެ ނަމަ 1945 ވަނަ އަހަރު، ޖަޕާންގެ ހިރޯޝިމާ އަބަދަށްޓަކައި ބަދަލުކޮށްލި ނިއުކްލިއަރ ބޮމަށްވުރެ 80،000 ގުނަ ބާރުގަދަ ގޮވުމެއް ގޮވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ތި ވާނީ ގިނިހިލަ ވިހަން ކައިރިވީކަމަށް!
ތި ހިލައިން ފެން ނަގައިގެން މަށަށް ގެނެސްދީބަލަ! މި ބޮޑު ޗުއްޓީގައި ގޭ ވާރޭފެން ތަނގީ ހާދަ އަވަހަކަށް ހުސްވެއޭ!
ތިވާނީ ކޮންމެވެސް ގައުމަކަށް އެޓޮމް ބޮމެއް އެޅުމަށް އެވެރިން ރާވާ ރޭވުމެއްގެ ކޮޅުމަތި ކަމަށްވާ
ތުނބުޅިލީ ޖާހިލުން މިކަހަލަ ވާހަކަތަކަށް ޖަހާނީ ޖޯކު. ކަމެއް ބަލައި ހޯދާކަށް ނޫޅޭނެ. ބަޔަކު މީހުން އެއްޗެއް އީޖާދު ކޮށްލާއިރަށް މީގެ ދެހާސް އަހަރުކުރިން މަމެންނަށް އެނގިފައި އޮތްކަމެކޭ ބުނެ ފޮނިކަނޑަން ފަށާނެ
ތެދުވާހަކައެއް.??
ނަން ތިބާގެ ހުރި ޖާހިލު ކަމަކީ ބަނބުކޭލު ކަރުގަނޑުން ދުޅަ ބައްޔައްވެސް ބޭސްކުރަން ޖެހިދާވަރުކަމެއް.
ތީ ޖަމީލު ދީދީ އަށް ބޮޑުބޭބެ ކިޔާ ކުއްޖެއްދޯ.