1969 އަކުން 1972 އަށް ނާސާގެ 12 ފަޅުވެރިއަކު ހަނދަށް ދިޔަ ކަމުގެ ފުރިހަމަ އެކި އެބަހުރި ކަމަށާއި އެ އެކި ދައްކަން ނާސާ އޮތީ ތައްޔާރަށް ކަމަށް އެ އިދާރާއިން ބުނެފިއެވެ.
އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން މިހެން ބުނެފައި ވަނީ މަޝްހޫރު ބާސްކެޓް ކުޅުންތެރިއާ ސްޓޭވް ކަރީ ނާސާއިން ހަނދަށް ދިޔަ ކަމާއި މެދު ސުވާލު އުފެއްދުމުން އޭގެ ޖަވާބުގައިއެވެ. ނާސާއިން ވަނީ އެ އިދާރާއިން ހަނދަށް ދިޔަ ކަމުގެ ސާފު ހެކި އެބަ ހުރި ކަމަށާއި އެ ހެކި ބާސްކެޓް ކުޅުންތެރިއާ ސްޓޭވް ނާސާގެ އިދާރާއަށް އައުމުން ހެކި ދައްކާނެ ކަމަށް ބުނެފައެވެ.
އިންސާނުން ހަނދަށް ދިޔަ ކަމަށް ގަބޫލު ނުކުރާ އެތަށް ބަޔަކު އަދިވެސް އެބަތިއްބެވެ. ނާސާއިން ހާމަ ކުރާގޮތުގައި 16 ޖުލައި 1969 އަހަރު އެޕޯލޯ 11 ނަން ދެވިފައިވާ ޖައްވީ އުޅަނދެއް ހަނދުގައި ޖެއްސި އެވެ. ހަނދަށް ޖެއްސުމަށް ބޭނުންކުރި އުޅަނދަކީ ނިސްބަތުން ކުޑަ އުޅަނދެކެވެ.
ހަނދުގައި އެމެރިކާގެ ދިދަ އާއި އެސްޓްރޮނޯޓުންގެ ފިޔަވަޅުތައް އަދިވެސް އެގޮތަށް އެބަ ހުއްޓެވެ. އޭގެ އިތުރުން އެސްޓްރޮނޯޓުން ބޭނުންކުރި ބައެއް ސާމާނުތައް ވެސް ވަނީ ހަނދަށް ދޫކޮށްލާފައެވެ. އެއީ އެމެރިކާގެ ޖައްވީ ހޯދުމުގެ މުހިންމު ނިޝާންތަކެކެވެ.
ޖަޕާން ,ޗައިނާ އާއި އިންޑިއާ އިން ވެސް ޖައްވީ ޕްރޮގްރާމްތައް ފުޅާކުރަމުން އަންނަ އިރު ނާސާ އާއި އެ ނޫން ވެސް ޖައްވީ އިދާރާތަކުން އަންނަނީ 2030ގެ އަހަރުތައް އަންނަންވާއިރަށް ހަނދަށް އެސްޓްރޮނޯޓުން ފޮނުވަން ބުރަކޮށް މަސައްކަތް ކުރަމުންނެވެ.
ހަނދަށް ދިއުމުގެ ގާބިލުކަން ލިބިފައި ހުއްޓަސް ކުރަންޖެހޭ ހަރަދާއި އަޅާ ބަލާ އިރު އިންސާނުން ހަނދަށް ފޮނުވުމަކީ ހަގީގަތުގައިވެސް ބޭކާރު ކަމެކެވެ. ސަބަބަކީ އިންސާނުންގެ ފުރާނަ ގުރުބާން ނުކޮށްވެސް މިހާރު ހަނދުގެ ދިރާސާތައް ކުރެވެން އޮތުމެވެ.
ހަނދަކީ ބިމަށް ނިސްބަތްވާ ހަމައެކަނި ތޮބީއީ ސެޓްލައިޓެވެ. އަދި އިރަވީ ނިޒާމުގައި ފަސްވަނައަށް އެންމެ ބޮޑު ސެޓަލައިޓެވެ. ހަނދަކީ އަރުޒުގެ އުޑުގައިވާ ދެވަނައަށް އެންމެ ބްރައިޓް އޮބްޖެކްޓެވެ. އިރަވީ ނިޒާމުގައިވާ އެހެން ޕްލެނެޓް ތަކަށް ނިސްބަތް ވާ ތޮބީއީ ސެޓްލައިޓް ތަކަށް ވެސް ހަނދޭ ކިޔެއެވެ. ހަނދުގެ ޑަޔަމީޓަރަކީ ގާތްގަނޑަކަށް 3480 ކިލޯމީޓަރެވެ.
ހަނދަށް ދިޔަކަމަށް ބުނާ ދުވަހުން ފެށިގެން، އެކަން ޤަބޫލު ނުކުރާ މީހުންނަށް ހުއްޖަތް ދެއްކުމަށްޓަކައި މިއަދާ ހަމައަށްވެސް މަސައްކަތް ކުރަމުން އަންނަނީ މަންޒަރު އުފައްދައި އެމަންޒަރުތައް ހަޤީޤަތަކަށް ހެދުމުގެ މަސައްކަތެވެ. އެއީ ދޮގުން ފޯވެފައިވާ މީހަކު ދޮގު ހެދުމަށްފަހު އެދޮގު ފޫބަށްދަން ސަތޭކަ ދޮގު ހަދާ ބީދައިންނެވެ. މިއަދަކީ ޙަޤީޤަތް އޮޅުވައި ލުމަށް މަންޒަރާއި ވީޑިއޯ އުފެއްދުމުގައި ވަރަށް ކުރިއަރާފައިވާ ޒަމާނެކެވެ. ތިމީހާއަށް ތިމަންޒަރުތައް ދެއްކުމަށް ތިތަނަށްވަދެފަ ނިކުންނައިރު ތިމީހާ ހުންނާނީ ހުރިހައިކަމަކަށް އެއްބަސް ވެވިފައެވެ. ހަމަބިމުގައި ހިނގާ ހަނގުރާމަތަކާއި ޖަރީމާތައްވެސް މިއުޅެނީ ވާނުވާ ނޭގިގެނެވެ.
ބަރާބަރު ވާހަކައެއް،
ތިތަނަށް ގެންގޮސް ތުބުޅިތަކުގައި ހިރަފުސް އުނގުޅިޔަސް ތިޔަ މީހުން ގަބޫލެއް ނުކުރާނެ
ކީއްވެތަ ތުނބުޅިޔާ ތި ބެހެނީ ކަލޭ ހުރެބަލަ ޤަބޫލް ކޮށްގެން ތުނބުޅިޔާ ނުބެހި
ތުނބުޅިއާ ބެހެނީ ކަލޭމެންގެ ޖާހިލު ކަމުން. ކަލޭމެންގެ ސަބަބުން ޅަދަރީންގެ ސިކުނޑި ތަޅުލެވި ޖާހިލުވަމުން ދާތީ. ކަލޭމެންނާހެދި ރާއްޖޭގެ ކުރިއެރުން ހުއްޓޭތީ. ކަލޭމެން އުޅޭތަނެއް ތަރައްގީވެ ކުރި ނާރާނެތީ. ބަޔަކު މީހުން ސައެންސްގެ ގޮތުގައި ކުރިޔަށް ދިޔަޔަސް އެކަމަށް މަލާމާތްކޮށް ހަޖޫ ޖަހަމުންދާތީ. މިތާ މިހުންނަ ކޮމެންޓްތައް ކިޔާލީމަ އެކަން ފެންނާނެ.
ކަލޭ ހުރެބަލަ ތުނބުޅިލާފަ އެހެން މީހުން މަގު ނުފުރައްދާ
ދެން ދައްކަންވީނު ، ކޮބާހޭ ދިދަދަނޑީގެ ހިޔަނި އެންމެ އިރަކުން އަންނަ އަލީ ތަކެތީގެ ހިޔަނި އެގޮތް މި ގޮތަށް
ދެން ހަމަ މިހާރުވެސް ފޮނުވަން ވީ އެއަ ނުން...ޓެކްނޮލޮޖީ ޒަމާނުގ ކީއްވެ ޕްރޫފް ނުދެއްކެން ވީ މިހާރު.....ލަލް
ހަނދުގައި ގުރެވިޓީ ހުރޭތަ، ހަނދުގައި ވައި ހުރޭތަ؟ ގުރެވިޓީ ނެތި ކިހިނެތް ހަނދުގައި ހިގާނީ، ވައި ނެތި ކިހިނެއް ދިދަ ވިހުރެވޭނީ؟ މީވެސް ހައްތާ ސުވާލުާ
ހަނދުގައިު ގްރޭވިޓީ ހުރޭ! ބިމުގެ ހަބައިކުޅަ އެއްބައި!
ޢަމާބުނީތީފަރައްދިޔައީއެސޮރު
ބަޔަކު މީހުން މި ދުނިޔެ އުފެދުނީ ބޮޑު ގޮވުމަކުންނޭ (ބިގް ބޭންގް) އަދި އިންސާނުން އުފެދުނީ ބަދަލު ވުމކުންނޭ (އިވޮލޫޝަނު) ވެސް ކީ، އެކަމަކު އެކަން ގަބޫކް ކުރާ ސައިންޓިސްޓުންނެއް ނެތް މިހާރަކު. އެގޮތުން އެމެރިކާ މީހުން ސިފައިން ލައްވާ ކުޅުނު ފިލްމެއްކަން ގަބޫލް ކުރޭ ހުދު އެމެރިކާ މީހުންވެސް. ގަބޫލް ނުކުރެވެންޏާ އަޅެ ދިރާސާއެއް ކޮއްލަބަލަ!
ފަސްދޮޅަހުގެ އަހަރު ތަކުގައި ރޮކެޓް ޓެކްނޮލޮޖީ އޮތީ މާ ބޮޑަށް ކުރިއަރާފަ، އިލެކްޓްރޯނިކްސް އަށް ވުރެ ބޮޑަށް! މިހާރު ފޮޓޯ އާ ފިލްމް އެޑިޓް ކުރެވޭހެން އޭރަކު ފޮޓޯ އާ ފިލްމް އެޑިޓް ކުރެވޭކަށް ނުހުރޭ! އީގަލް ހަނދަށް ޖައްސަން ދިޔަ ރޫޓުގެ ކްރޭޓަރސް މިހާރުވެސް ބަލާލާވޭނެ ގޫގްލް އިން! އޭރު ފެންނަ ކްރޭޓަރަކަށް ކްރޭޓަރެއް މިހާރުވެސް އެހެރީ ފެންނަން! ނީލް އާމް ސްޓްރޯންގ މެންގެ ފިޔަވަޅުވެސް ހަމަ އެހެރީ ފެންނަން!
ތީނާ ވެސް ތިއައީ ހަނދަށް ގޮސްތަ... ދެން ދާފަހަރަކުން މަ ކާރީވެސް ބުނެލައްޗޭ މަވެސް ވ ދާހިޔްވޭ ތި ފިޔަވަޅުތަށް ބަލާލަން... މިރަށު ފުއްޓަރު ފަރާތު ވެލިގަންޑުގަވެސް ހުންނާނެ އަހަރުންގެ ފިޔަވަޅު ވެސް ގޫގަލް އިން ބަލާލާ.... ހަހަހަ
ހަނދަކަށްނުދޭ ހަމަހުސްދޮގުއެއީ!