ދަޅު ޖެހި ސާރުގެ (ޑައިނަސޯ) ކަށިތަކެއް އެމެރިކާގެ އެރިޒޯނާއިން ފެނިއްޖެއެވެ.
މި ޑައިނަސޯ ފޮސިލްސްތައް ހޯދި އާކެއޮލޮޖިސްޓުންގެ ޓީމަކުން ބުނި ގޮތުގައި ކަށިތައް ނިސްބަތްވާ ސާރަކީ ރައިނޯއާ ވައްތަރު ސިފަތަކެއް ހުންނަ ރައިނޯއަށް ވުރެން އުސް ސާރެއް ކަމަށެވެ.
ދިރާސާކުރާ ޓީމަށް 100 އަށް ވުރެން ގިނަ ކަށި ފެނުނުއިރު މިއީ ބަރުދަނުގައި 70 ޓަނު ހުންނާނެ ޑައިނަސޯއެއްގެ ކަށިތައްކެއް ކަމަށް އެޓީމުން ބުނެއެވެ.
މިއީ މީގެ 75 މިލިއަން އަހަރު ކުރިން ދުނިޔޭގައި އުޅެފައިވާ ކަމަށް ބެލެވޭ ބާވަތެއްގެ ޑައިނަސޯއެކެވެ. އެރިޒޯނާގެ އެކި ސަރަހައްދުތަކުން ޑައިނަސޯގެ ކަށިތަށް މީގެ ކުރިން ވެސް ވަނީ ފެނިފައެވެ.
މި ވޭތުވެދިޔަ 250 އަހަރުގެތެރޭގައި އެންމެ ގިނައިން ޑައިނަސޯގެ ބައިތައް ފެނިފައިވަނީ ޔޫރަޕާއި އުތުރު އެމެރިކާ އަދި އޭޝިޔާއިންނެވެ.
ޑައިނަސޯރއަކީ އިންސާނުން މި ބިންމަތީގައި ދިރިއުޅެން ފެށުމުގެ ކުރިން ބިންމަތީގައި އުޅުނު ބިޔަ ޖަނަވާރުތަކުގެ އާއިލާއެއް ކަމަށް ސައިންސްވެރީން ބުނެއެވެ. އަދި ޑައިނަސޯތައް ފަނާވެ ދިޔައީ ދުނިއަށް ވެއްޓުނު ބޮޑެތި ގިނަހިލަ ނުވަތަ އެސްޓެރޮއިޑްގެ ސަބަބުން ކަމަށް ސައިންސްވެރިން ބުނެއެވެ.
ކަށިޖެހި ސާރުގެ ކަށި ތަކެއް މާމިގިލިން ވެސް ފެނިއްޖެ...
ދަޅު ޖެހިއޭ. ދަޅު ޖަހާނީ ދެދަޅު ދެދަޅަށް. ޑަބިޔާ ޖަހާ ނާށި ޖަހާހެން. އޭރުން ވަރަށް އަޑުގަދަވާނެ. ޖަނަވާރުގައި ދަޅު ފަޅާނީ.
ކާކު ދިން މޮޅު ނަމެއް ތަތިީ؟؟
ހެހެ؛..ތިޔައީ އަސާރުގެ ބާވަތެއްކަމަށް ސައިންސިސްޓުން މިހާރު ވަނީ ބުނެފައި..
ރަންނަމާރީގެ ކުރީގައި މިކަހަލަ އެއްޗެއް ދުނިޔޭގައި އުޅުނު ވާހަކައެއް އެކަކުވެސް ނުބުނޭ
ދޮގު ހަބަރު އަމިއްލަ އަށް ލިޔެ ފަތުރަނީ..
މާދަން ލިޔެލާނެ. ޢެމެރިކާ ގައި ދިރިއުޅޭ އޭލިއަން އާއިލާ އެއް ކެނަޑާ ބަޔަކު ހޯދައިފި...