ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޮނާސްގެ ކައިވެނީގެ ވާހަކަ އަދިވެސް ހުއްޓޭ ގޮތެއް ނުވެއެވެ. މި ދެ ތަރިންގެ ގުޅުމުގެ ވާހަކަ ހުއްޓޭ ގޮތެއްވެސް ނުވެއެވެ. މި މަހުގެ ކުރީކޮޅު ކައިވެނީގެ ގޮތުން ގުޅިފައިވާ ދެ ތަރިންގެ ކައިވެނީގެ ޕާޓީތައް އަދިވެސް ކުރިއަށް ދަނީއެވެ.
އެގޮތުން، ބޮލީވުޑު ނުވަތަ ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ޕްރިޔަންކާގެ ރައްޓެހިންނަށްވަނީ ޚާއްޞަ ޕާޓީއެއް ދީފައެވެ. މުމްބާއީގައި ހުންނަ އަގުބޮޑު ތަނެއްގައި މިި ޕާޓީ ކުރިއަށް ގެންދިޔައިރު، ޕާޓީގައި ބައިވެރިވި ފަރާތްތަކުގެ ލޮލުގައި ވަނީ ކަމެއް އަޅައިގަނެފައެވެ.
ބޮލީވުޑުގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި، ޕާޓީ އަށް ހާޟިރުވެފައި ތިބި ހުރިހާ ފަރާތްތަކަށް، ޕްރިޔަންކާގެ ފިރިމީހާގެ ގޮތުގައި ނިކްވަނީ ތައާރަފް ކޮށްދީފައެވެ. އެއީ އެންމެންނަށް އެނގި "ބާވެފައި" އޮތްކަމެއްކަމުގައިވިޔަސް އެކަން ކޮށްފައިވެއެވެ. އާއްމުންގެ ލޮލުގައި އަޅައިގަތްކަމަކަށްވީ، ފިރިމީހާގެ ގޮތުގައި ނިކް ތަޢާރަފް ކޮށްދިންއިރު ޕްރިޔަންކާ ލަދުން ހުރުމެވެ.
"މިއީ އަހަރެންގެ ފިރިމީހާ، ނިކް ޖޮނާސް" ވަރަށް ލަދުންހުރެ ޕްރިޔަންކާ ބުނިކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.
ގިނަ ފަރާތްތަކަށް މިކަން ވެގެން ދިޔައީ ވަރަށް "ލޯބި" ކަމަކަށެވެ. އެފަރާތްތަކުން ބުނެފައިވާ ގޮތުގައި މި ގޮތަށް ޕްރިޔަންކާ ލަދުން ހުރުމުން ދައްކުވައިދެނީ އެމީހުންގެ މެދުގައި ހަޤީޤީ ލޯބި އޮތްކަމެވެ.
ބޮލީވުޑުގެ ރަހުމަތްތެރިންނަށް ދިން ޕާޓީއަކީ ކައިވެނީގެ އެންމެ ފަހު ޕާޓީކަމަށް މައުލޫމާތު ލިބެއެވެ.
ލޮލް