ހަނދުގެ އަނދިރި ފަރާތް ދިރާސާ ކުރަން ޗައިނާއިން މިދިޔަ ޑިސެންބަރު މަހު ފޮނުވި އުޅަނދު ކާމިޔާބު ކަމާއި އެކު ހަނދުގެ އަނދިރި ފަރާތުގައި ޖެއްސި ކަމަަށް ބުނެ ޗައިނާއިން ހަދަނީ ދޮގު ކަމަށް ބައެއް ކޮންޕިރެސީ ތިއޮރިސްޓުން ތުހުމަތު ކޮށްފިއެވެ.
ޗައިނާއިން މިދިޔަ ޑިސެންބަރު މަހު ފޮނުވި އުޅަނދު ކާމިޔާބު ކަމާއިއެކު ހަނދުގެ އަނދިރި ފަރާތުގައި ޖެއްސި ކަމަަށް ބުނެ އޭނގެ ހެއްކެއްގެ ގޮތުގައި ދައްކާފައިވަނީ ފޮޓޯ ތަކެކެވެ. ނަމަވެސް މިއިން ބައެއް ފޮޓޯ ތަކުގައި އުޅަނދުގެ ކުރިމަތިން ހުދު ކުލައިގެ ރޮގުތަކެއް ފެންނަން ހުރުމުން ކޮންޕިރެސީ ތިއޮރިސްޓުން ތުހުމަތު ކުރާ ގޮތުގައި މިއީ ސްޓޭޖެއްގެ މަތީގައި އުޅަދު ބާއްވާއިގެން ހަދާފައިވާ ފޭކް ފޮޓޯތަކެއް ކަމަށެވެ.
މީގެ ކުރިން ނާސާ އިން އިންސާނުން ހަނދަށް ފޮނުވިކަމަށް ބުނެ ހެއްކެއްގެ ގޮތުގައި ދައްކާފައިވަނީ ފޮޓޯތަކެކެވެ. ނަމަވެސް ކޮންޕިރެސީ ތިއޮރިސްޓުން ބުނާ ގޮތުގައި މި ފޮޓޯ ތަކަކީ ކުޅެފައިވާ މަންޒަރުތަކެއް ކަމަށެވެ.
އިންސާނަކާއި ނުލާ ފޮނުވި "ޗޭންޖް 4 " އުޅަނދު ކާމިޔާބު ކަމާއި އެކު ހަނދުގެ އަދިރި ފަރާތުގައި ޖެއްސިއިރު މި އުޅަދު ދުނިޔެއިން ހަނދަށް ދާން 27 ދުވަހުގެ ދިގު ދަތުރެއް ކުރިއެވެ.
ޗައިނާއިން ވަނީ މީގެ 40 އަހަރު ކުރިން ޗެންގް ފައިވް-ޓީވަން ނަމުން ނަންދީފައިވާ އުޅަނދެއް ހަނދަށް ފޮނުވާފައެވެ. ހަނދުވަށާ ބުރު ޖެހުމަށް ފޮނުވާލި ޗެންގް ފައިވް-ޓީވަން އަކީ ފާއިތުވެ ދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ހަނދު ވަށާ ބުރު ޖެހުމަށް ފަހު އެނބުރި ދުނިޔެއަށް ޖެއްސި ފުރަތަމަ އުޅަނދެވެ.
ޗައިނާއިން އެގައުމުގެ ޖައްވީ ޕްރޮގުރާމުގައި ބޮޑެތި ކުރިއެރުން ތަކެއް ހޯދަމުން އަންނައިރު ދާދި ފަހުން މަގުތައް އަލިކުރުމަށް ކުރާ ހަރަދު ކުޑަކުރުމަށް ޓަކައި އާޓިފިޝަލް ހަނދެއް އުފައްދައި ޖައްވަށް ފޮނުވަން ރާވާފައިވާ ކަމަށް ޗައިިނާގެ ކުންފުންޏަކުން ވަނީ ބުނެފައެވެ.
ބިމުގެ ވަށައިގެން ދަތުރުކުރާ ހަނދަކީ ބިމުގެ ބައެއް ކަމަށާއި ހަނދު އުފެދުނީ ބިމުގެ ތެރެއިން ކަމަށް ބުނާ އިރު މި އުޅަދުން ހަނދުގެ ގިނަ ދިރާސާތަކެއް ކުރަން ވަނީ ހަމަޖެހިފައެވެ. އެގޮތުން ހަނދުގެ އަދިރި ފަރާތުގައި ހުރި ބޮޑު ވަޅުގަނޑެއް އުފެދެން މެދުވެރިވި ގޮތް ބަލާނެއެވެ.
އިރަވީ ނިޒާމުގައިވާ އެހެން ގުރަހަ ތަކަށް ނިސްބަތް ވާ ސެޓްލައިޓް ތަކަށް ވެސް ހަނދޭ ކިޔެއެވެ. ހަނދުގެ ޑަޔަމީޓަރަކީ ގާތްގަނޑަކަށް 3480 ކިލޯމީޓަރެވެ.
ދެން މިދުނިޔޭގައި ތިބީ ހައްތާވެސް ކަލޭމެން ކަހަލަ ބޯގަމާރުން ދޯ؟ މީހުން މަތިންދާ ބޯޓު ހަދައިގެން މިއޮތް އުދުހެނީ ކަލޭމެންގެ ލޯމަތީގައި. ކަލޭމެންނަށް ނުފެންނަ ހިސާބަށް ސްޕޭސް އަށް ދަތުރު ކުރާތަނެއް ނުފެންނާނެ. އެކަން ބަލައިގަންނާނެ ކުޅަދާނަކަމެއް ކަލޭމެންގެ ތަޅުލެވިފައިވާ ސިކުނޑިއަކު ނުހުންނާނެ. އެންމެ ރަނގަޅުވާނީ 4 އަނބިންލައްވާ ދެފައި މޮޑުވައިގެން ކުނާމައްޗަށް ދިޔައިއްޔާ
އޭ ކަމެއއ ވާއިރައް ލާދީނީ ބަިއިގަނޑު އިސްލާމއ ދީނާ ބެހެގަންނާނެ... ނޭނގެންޏާ ހޯދާ ބަލާބަލަ... ކޮންސްޕިރަސީ ތިއަރީ ހަދަނީ މުސްލިމުންނެއް ނޫން... މީނދަ ޖާހިލާ