ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލައި ބޮޑުކުރި މިހާރު ރަޝިއާގެ ޓީވީ ޕްރެޒެންޓަރެއް ކަމަށްވާ ކެނިޔާ ސޮބަކް ޗުއްޓީއަށް ރާއްޖެ އައިސް ރިސޯޓެއްގެ ވޭޓަރަކާއި ވާހަކަ ދެއްކި ގޮތް މައްސަލައަކަށްވެ އޭނާ އަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.
އުމުރުން 37 އަހަރުގެ ކެނިޔާ އަށް ފާޑުކިޔުން އަމާޒުވީ ރާއްޖޭގައި އޭނާ ޗުއްޓީ ހޭދަކުރަމުން ދިޔަ ރިސޯޓުގެ ރެސްޓޯރެންޓްގެ ވޭޓަރާއި ދިމާއަށް "ކަޅު އަޅެއް" ކަމަށް ބުނުމުންނެވެ.
އިންސްޓަގްރާމްގައި ކެނިޔާ އާއްމު ކުރި ވީޑިއޯގައި ތަށީގައި ކާތަކެތި ހުރި ގޮތައް އިޝާރާތްކޮށް ބުނީ "ކަޅު އަޅުމީހާ، މި (ކެއުން) ވަރަށް ރީތި" ކަމަށެވެ. ކެނިޔާ ވެއިޓަރާއި ދިމާއަށް ކަޅު އަޅު މީހާ އޭ ބުނީ ހިތްހަމަ ނުޖެހިގެންނެއް ނޫނެވެ. އިންސްޓަގްރާގައި އޭނާ ފޮލޯ ކުރާ 5.9 މިލިއަން މީހުންނާއި ހިއްސާ ކުރި ވީޑިއޯ އަށް ފާޑުކިޔުން އަމާޒުވުމުން ފަހުން ވަނީ ވީޑިއޯ ޑިލީޓް ކޮށްލާފައެވެ.
https://www.instagram.com/p/BsOU3dHAuqG/
ކެނިޔާ އަކީ ކުރިން ޕްލޭބޯއީ މޮޑެލް އެކެވެ.
އޭނާ ރާއްޖެ އައިސް ހުރީ ދ.އަތޮޅު ވޮއްމުލި ރިސޯޓްގައެވެ. ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރިސޯޓް ކަމަށްވާ ވޮއްމުލީގައި އެންމެ ރެއަކަށް 1749 ޕައުންޑް ދައްކަން ޖެހެއެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ ސާޅީހަކަށް ހާސް ރުފިޔާ އެވެ.
ހަ ރެސްޓޯރެންޓާއި ބާތައް ވެސް ހިމެނޭ ރިސޯޓްގެ ގިނަ ފޮޓޯތަކެއް ކެނިޔާ ވަނީ މީސް މީޑިއާގައި ހިއްސާ ކޮށްފައެވެ.
ވެއިޓަރަށް އިހްތިރާމް ކުޑަވާ ގޮތައް ދެއްކި ވާހަކަ ހިމެނޭ ވީޑިއޯ ޑިލީޓް ކޮށްލި ނަމަވެސް އެކަމާއި ގުޅިގެން އޭނާ މައާފަށް އެދިފައެއް ނުވެއެވެ.
ޥޭޓަރުވެސް އޭނަޔަށް ހުދު ކުއްތާއޭ ބުނެލިނަމަ ބަރާބަރުވޭސް
ޢޭރުން ގޯސް. ތިވިސްނުން ދޫކޮއްލާ.
ރާއްޖޭގެ ރިސޯރޓްސް ތަކުގެ ވެއިޓަރުންނަށް ކެންޔާ މީހުން ތިބެން ޖެހޭނެ އެއްގޮތެއް ވެސް މަމެންނަށް ނޭގެއޭ ކީއްވެގެންތޭ ދިވެހި ވެއިޓަރުން ނުތިބެންވީ ރަޝިޔާގެ ރައީސް ޕޫޓިންގެ ދަރި އެބުނީ ހަމަ ރަނގަޅަށް ސަބަބަކީ ރާއްޖޭގެ ރިސޯރޓްގެ ވެއިޓަރު ކަން ކޮށްގެން ނުވާނެ ކެންޔާ މީހަކު މިކަން ޖެހޭނީ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން ބަލާ ރާއްޖޭގެ ރިސޯރޓްގެ ފްރަންޓް އޮފީސް އެޗްއާރު ޑިޕާރޓްމެންޓް އަދި ފައިނޭންސް ޑިޕާރޓްމެންޓް އަދި އިންޖިނިއަރިންގް ޑިޕާރޓްމެންޓް އަދި މެއިންޓެނެންސް ޑިޕާރޓްމެންޓް ގައި ދިވެހިން ނޫން އެހެން ބަޔަކު ވަޒީފާ އަދާ ކުރަން ކޯޓާ ނުދޭނެ ކަމަށް ނިންމަން ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން އެބަޖެހޭ މިފަދަ ބޯލްޑް ޑިސިޝަންސް ތައް މޭކް ކުރަން އެއިރުން މިރާއްޖެ ދިވެހިންގެ ދިވެހިރާއްޖެ އަކަށް ވެގެން ދާނީ ރާއްޖެ މިހާރު މިވަނީ ކެނެރީގެ ނަޝީދު އާއި ރައީސް ޔާމީން އާއި ވަހީދުގެ ވެރިކަމުގައި ރޮޓެން ގައުމަކަށް ބަދަލު ކޮށްފައޭ އެއީ ނުރައްކާތެރި ވެރިންނޭ ނުރައްކަލޭ ނުރައްކަލޭ ނުރައްކަލޭ..
ހަބަރުގަ އެބައޮތްތަ ކެންޔާ މީހެކޭ؟
ކެނިޔާ އެެެއީ މީހެއްގެ ނަން ??
އލީހެން ނިކަން އަންޑަސްޓޭންޑް ވެބަލަ ހަހަހަހަަހަހަހަހ މީ މަޖާ ކޮމެންޓެއް. ކެންޔާ ހަހަހަހ
ވާނުވާ ނޭންގުނަސް ކޮމެންޓް ކުރާތި! ކެންޏާ މީހެއްގެ ވާހަކައެއް ނެތް މިހަބަރަކު! ކެންޏާ ކިޔާ މީހެއްގެ ވާހަކަ ނޫންތަ އޮތީ! މަށަށް ގެޓުވީ އެހެން! ކަލޭ ނޫނީ މަ ކޮންމވެސް އެކަކު ގަޅީ!
ކެނީޔާ އަކީ ޕޫޓިންގ ބަލާ ބޮޑު ކުރި ދަރިޔަށް ކިޔާ ނަން . . ގަޅީ ދޯ ވާވަރަށް ވުރެ . . ކަމެއް ވާ އިރަށް ސަރުކާރަށް ގޮވަންޔާ ވާނީ ތިހެން..
ކޮބާ މައްސަލަޔަކީ. ތިބުނާ ކަޅު އަޅުމީހާއާއި އޭނާގެ އާއިލާއާއި އަދި އެތައް ލައްކަ ިވެހިންގެ ދީނަށް އިހްތިރާމް ކުޑަވާގޮތަށް ވާހަކަ ދެއްކޭ ގައުމެއްގައި ތިއީ މާބޮޑު މައްސަލައެއް ނޫން
ބިޔަ ކޯލިޝަން ބިކަވާނެ ސަބަބެއް ފެނޭތޭތޭ އެހެންތޭ ފެނޭދޯ މަމެންނަށް ތިޔާ ބިޔަ ކޯލިޝަން ބިކަވާނެއޭ ތަމެން ބަލަން ތިބެއްޗޭ ކެނެރީގެ ނަޝީދުގެ ސަބަބުން އިބޫގެ ވެރިކަން ވެސް ނޮޅައިގެން ދާނެއޭ މިހާރު އިބޫގެ ވެރިކަމަށް 2 މަސް ދުވަސް ވެފައިވާއިރު އެމެންނަށް ނުކުރެވުނޭ އެއްވެސް ކަމެއް ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ވަނީ އިތުރު އިމިގްރޭޝަން ކޮންޓްރޯލަރ އެކަން އިސްލާހު ކުރަންވުމުން އެމެންނަށް ކަމެއް ނުވާ ކަމުގެ ވާހަކަ ތަކޭ ދައްކަނީ ކިއެއްވެތޭ ޕޮލިހުންނާއި ފިލައިގެން އުޅޭ ބިދޭސީން ހޯދަން ހަވާލު ނުކުރަނީ ނުކުރާނެ ނޫންތޭ އެކަން އެންމެ ގިނައިން ކުރަނީ އެއީ އެމްޑީޕީގެ މެމްބަރުން ކަމުގައިވާ ދަ ރާއްޖެތެރޭ މީހުން ވިއްޔާދޯ..
ތިޔައީ މައްސަލައެއްގެ ގޮތުގައި ބަލާއިރު، ދިވެހި ސިވިލް ސާވެންޓުން އޮފީސްތަކުން ގެންގުޅެނީ އަޅުންގެ ގޮތުގައެވެ. އެތަނުގައި އުޅޭ ޕާމަނަންޓް ސެކްރެޓަރީން ބޭނުން އެއްޗެއް ހަދައިގެންނެވެ. އެއްވެސް އިތުރު ގޮތެއް ފެނިފައި ނުވާ މީހުން ތިބެނީ ކުރާނެ އިތުރު ކަމެއް ނެތިފައެވެ.
މަ ތިންފަހަރު މި ހަބަރު ކިއި އިރުވެސް ކެންޔާ މީހެކޭ ލިޔެފަކައި ނެއިތް .. އެހެންވީމާ އޭނާ ކަޅު އަޅެކޭ އެ ކިއީ ދިވެއްސަކާ ދިމާލަށެއްނު ....
ކައިލީވެސް އެބައުޅޭ ރާއްޖެ އައިސް
ތިޔާ ގޮތަށް ދޫކުރާ ތަންތަނުން ކުރާނެ ފައިދާ އެއް ނޯންނާނެ ރާއްޖޭގެ އެއްވެސް ވިޔަފާރި އަކަށް އަދި ވިޔަފާރި ވެރިއަކަށް ވެސް ރާއްޖޭގެ ވިޔަފާރީގެ ކެޕިޓަލް އަކީ އެއީ މާލެ ސަރަހައްދު ކަމަށްވާއިރު އެބަޖެހޭ މާލެ ސަރަހައްދުގައި މަސައްކަތް ކުރާ އަމިއްލަ ކުންފުނި ތަކަށް ހުޅުމާލޭން މަދުވެގެން 2 ހާސް އަކަފޫޓްގެ 5 ހާސް ގޯތި ދޫކޮށްލުމަށް ޓަކައި ހުޅުމާލެ 2 ގެ އިރުން އޮތް ފަޅު ހިއްކާ އެތަނުން ބިންތައް ދޫކޮށްލަން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ދޫކޮށްލަންވީ 2 ހާަސް ބިން އެއިރުން ވިޔަފާރި ތަކަށް އެގުންވެ ވިޔަފާރި ތައް މާލެ ސަރަހައްދުގައި ކުރިއަރައިގެން ދާނީ. އަހަރަކު 2 ހާސް ގޯތި މާލެ ސަރަަހައްދުން ދޭން ނިންމަންވީ އެއިރުން ވެސް ދެން ވިޔަފާރި ތައް ކުރިއަރާ ރާއްޖޭގެ އިގްތިސާދު ކުރިއަރާ ޑޮލަރެއް 15 ރުފިޔާ އިން 12 ރުފިޔާ އަށް ބަދަލު ކުރެވޭނީ.
އޭނަ އެބުނީ ހަމަ ރަނގަޅަށް، ރިސޯޓުތަކުގައި އުޅޭމީހުންނަކީ ވެސް ހަމަ އަޅުން. ވަރަށް ކުރުކޮށް މިބުނީ
މަމެން އެއްގޮތަކަށް ވެސް ހަސަންބެ ގެ ޚިޔާލަށް ވެސް ތާއީދެއް ނުކުރަން އަދި ތިޔާ ސާރވޭގައި ބައިވެރިވި އެކެއްގެ ޚިޔާލަށް ވެސް ތާއީދެއް ނުކުރަމޭ ޕެންޝަން އަކީ އެއީ އޮންނަން ޖެހޭނެ އެއްޗެއް ނޫނޭ އަދި އިންސާނާ ދުނިޔޭގައި ހުރިހާ ދުވަހަކު މަސައްކަތް ކުރަން ޖެހޭނެއޭ މަސައްކަތް ނުކޮށް އެންމެ ދުވަހަކު ވެސް ހުރެގެން ނުވާނެއޭ އެއީއޭ އެކަން އޮންނަން ޖެހޭނެ ގޮތަކީ ބަލިވީމާ ބޭސް ކުރޭ ފައިސާ ރައްކާކޮށްގެން ދަރިން އަތުން ވެސް ފައިސާ ހޯދަން ނުޖެހޭނެއޭ އަމިއްލަ އަށޭ އުޅެން ޖެހޭނީ އެއީ އޭ އެކަން އޮންނަން ޖެހޭނެ ގޮތަކީ..
ރާއްޖޭގައި ކަޅުމީގެކޭ ނުވަތަ ދޮންމީހެކޭ ބުނުމަކީ އަހަރުމެންނަށް މާކަ ބޮޑު މައްސަލައެއްނޫން. ރާއްޖޭގައި މީހާގެ ހަންގަނޑުގެ ކުލަޔަކީ އަހަރެމެން އެއްވެސް ފަރުވާލެެއް ބަހައްޓާ ކަމެއްނޫން.
މީނަ ދޮންވެގެން ކޮން މޮޅެއްވީ.. ރީއްޗެއްވެސް ނޫން ބޮޑޭ ވާކަށް.. ކިބުރުވެރި ބޮޑާ މީހާ!!
ކަސްޓަމަރު ވެއިޓާރ މަރާލިޔަސް ކުންފުނި ތަކުން ބުނާނީ ކަސްޓަމަރ އޯލްވޭސް ރައިޓޭ