ފަހަކަށް އައިސް ބޮލީވުޑްގެ ގިނަ ތަރިން އަންނަނީ ކައިވެނި ކުރަމުންއެވެ. ނަމަވެސް ގިނަ ބަޔަކަށް އެންމ ރީތި ބަތަލާ، ކެޓްރީނާ އަދިވެސް ހުރީ ހުސް ކޮށެވެ.
މިއަހަރުގެ އެންމެ ބޮޑު އުންމީދަކީ ބައިވެރިޔަކު ހޯދުން ކަމުގައި އުމުރުން 35 އަހަރުގެ ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ފިލްމުފެއާ އަށް ދިން އިންޓަވިއު އެއްގައިވަނީ ބުނެފައެވެ.
"މި އަހަރު އަހަރެން ބޭނުން ޕްރޮޑިއުސަރަކަށް ވެސް ވާން. އަނެއް ކަމަކީ ލޯބިވެރިއެއް ވެސް އަހަރެންގެ ހަޔާތަށް މި އަހަރު އަންނަން ބޭނުންވޭ، މިހާރު ބޭނުމެއް ނޫން ހުސްކޮށް ހުންނާކަށް." އޭނާ ބުންޏެވެ.
އެންމެ ބޭނުންވާ ކަހަލަ ބައިވެރި އެއް ލިބިއްޖެ ނަމަ ކައިވެނި ކުރަން ވެސް ތައްޔާރު ކަމަށް ބުނެފައިވެއެވެ.
ކެޓްރީނާ އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިފައިވަނީ މީގެ 3 އަހަރެއްހާ ދުވަސް ކުރިން ރަންބީރާ އާ އެވެ. އޭގެ ކުރިން ކެޓްރީނާ ވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ސަލްމާން ހާނާ ވެސް ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ.
އޭނާގެ ކުރިއަށް އޮތް ފިލްމަކީ ވެސް ސަލްމާނާ އެކު ފެނިގެން ދާނެ ފިލްމެކެވެ. އެއީ ފިތުރު އީދަށް ތާވަލުކޮށް ނެރެން ނިންމައިފައިވާ "ބާރަތު" އެވެ.
ރަންބީރު ކަޕޫރް މިހާރު އުޅެނީ ބަތަލާ އާލިއާ ބަޓާ ލޯބީގެ ގޮތުން ގުޅިގެން އެވެ. އިންޑިއާގެ ހަބަރުރައް ބުނާ ގޮތުގައި މި ދެ ތަރިން އަންނަ އަހަރު ކައިވެނި ކުރާނެ އެވެ.
މަވެސް ނުވޭ ހުސްކޮށް ހުންނަ ހިތެއް އެކަމު ދިވެހި ފިރިހެނުން ފޮނިބޮޑުކަމުން އެމީހުން ބޭނުންހާ ކަމެއް ކުރަން ގަބޫލުނުވާތީ މިޖެހެނީ ހުސްކޮށް ހުންނަން
އަހަންނާ އިންނަންވީނުން އެކޮއި
ހަސީނާވެސް ތީ ދަވާދު ދަޅެއްތަ؟؟؟