ކްރޮކްސް ފައިވާނަށް އަރާލަން ކިތަންމެ ފަސޭހައަކަސް ސިއްޙަތަށް ނުރައްކާތެރި ކަމަށް ފައިގެ ޚާއްސަ ޑޮކްޓަރެއް ބުނެފިއެވެ.

ފައިގެ ޚާއްސަ ޑޮކްޓަރ މެގަން ލީހީ ވިދާޅުވީ، ކްރޮކްސްއަކީ އާއްމުކޮށް ލައިގެން އުޅުމަށް ހަދާފައިވާ ފައިވާނެ ނޫން ކަމަށާއި މިފަދަ ފައިވާނުން ފަޔަށް ގެއްލުންތަކެއް ލިބޭ ކަމެއް ކަމަށެވެ. އަދި މި ވައްތަރުގެ ފައިވާނަށް އެރުމުން ހީވެސް ނުކުރާވަރުގެ ގެއްލުން ފަޔަށް ލިބޭ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުން ފައިގެ އިނގިލިތަކުގެ އައިބުކަން އިތުރުވުމާއި ނިޔަފަތިތަކުގެ މައްސަލަތައް ޖެހުމާއި އެސްވަޅު ނެގުން، އަދި ތަންތަންގަނޑު ހަރުވުމަކީ މިފައިވާނުގެ ސަބަބުން ދިމާވާ ކަމެއް ކަމަށްވެސް ޑޮކްޓަރ ބުނެފައިވެއެވެ.

ކްރޮކްސް ވައްތަރުގެ ރަބަރު ފައިވާނަށް އަރައިގެން ފައިގެ ފުންނާބުގައި ރިއްސާތީ ގިނަ ބަޔަކު ޑޮކްޓަރަށް އަންނަ ކަމަށްވެސް ޑޮކްޓަރު ބުނެފައިވެއެވެ.

2002 ވަނަ އަހަރު ވުޖޫދަށް އައި ކްރޮކްސް ފައިވާނަކީ އަދިވެސް ގިނަ ބައެއްގެ ތެރޭގައި މަޤްބޫލުކަން ހޯދާފައިވާ ފައިވާނެކެވެ.