ވެލާނާ އެއާޕޯޓުގައި ސެލްފީ ނަގަން އުޅުނު އަންހެނަކު މޫދަށް ވެއްޓިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 8:00 އާއި 8:30 އާއި ދެމެދުގެ ވަގުތެއްގައެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި، މި ހާދިސާގައި މޫދަށް ވެއްޓުނީ ލަންކާ އަންހެނެކެވެ. ފަތުރުވެރިއެއް ކަމަށް ބެލެވޭ އެ އަންހެންމީހާ މޫދަށް ވެއްޓުނީ އެއާޕޯޓަށް ފެރީ ލަފާ ޖެޓީގައި ހުރެ ސެލްފީ ނަގަމުން ފަހަތަށް ޖެހެމުން ދަނިކޮށް ފޯނާއި އެކީގައެވެ.
އޭނާ މޫދަށް ވެއްޓުމާއިއެކު އެ ސަރަޙައްދުގައި ޙަރަކާތްތެރިވި ޢާންމުންނާއި ފުލުހުންގެ އިތުރުން އެމްޓީސީގެ ބައެއް މުވައްޒަފުންގެ އެހީތެރިކަމާއި އެކު ވަނީ ނަގާފައެވެ.
މި ހާދިސާގައި އެ އަންހެންމީހާއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ފޯނު ހަލާކުވީ ދޯ... ލައިފް ބޯއީ ހުރިބާ ތިޔަހިސާބުގަ؟
ޙޭޭބަލި ވާާާ
ނެގި ސެލްފީތައް ފެނަށް...
ޢެވަރުކަމެއް ޙިނގާފަނެ! ..ޕ
އޮންނާނެ ސަޅި ސެލްފީއެއް ނެގިފަ!
ފޮޓޯ އަކާ ހެޑްލައިން އާ ދިމާލެއް ނުވޭ
މީވެސް ވަރައް ވާހަކަ....ހެހެހެހޭ...ދެން ލަލަލާ.. 🙂
ވެއްޓުނީ އަންހެނެއްތޯ؟ ނޫނީ ފިރިހެނެއްތޯ؟ މިކޮމެންޓުގެ ބޮޑު ސުވާލު......
ފިރިހެނެއް .... ފޮޓޯ ޒޫމްކޮށް ބަލާލިިިިއިރު .. ?
ހެޑިން ކީންތަ
ވާނުވާ ބަލާބަލަ ހެޑިންގަ އެޔޮތީ، އެވަރުންވެސް ނޭންގޭތަ،
ސެލްފީ ނަގަން ނޫޅުނު ނަމަ ނުވެއްޓުނީ ހެއްނު!
އަންހެނަކު ވީމާ ހާދަ ގިނަ ބަޔަކު ހިގައްޖެޔޭ ނަގަން ދޯ.