ބޭނުން ވާނެ ތަކެތި

120 ގ ލިންގުއިނި ޕާސްތާ

100 ގ ހަނި ދިގުކޮށް ކޮށާފަ ހުރި ކުކުޅު( ކަށި ނަގާފަ)

2 ސައިސަމުސާ ކަޖުން ސުޕައިސް

2 މޭޒުމަތީ ސަމުސާ ބަޓަރު

2 ބެލްޕެޕަރ ކުދިކޮށް ކޮށާލާފަ

4 މަސްރޫމް ތުނިކޮށް ކޮށާލާފަ

1 ފިޔާ ކުދިކޮށް ކޮށާލާފަ

½ 1 ޖޯޑު ކުކިން ކުރީމް

2 ފިއް ލޮނުމެދު ކުދހިކޮށް ކޮށާލާފަ

2 މޭޒުމަތީ ޕާމެޒަން ޗީޒް

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ޕާސްކޮޅު މަޑުކޮށްލުމަށްފަ، ބަޓަރުއަޅައިގެން ތަވައެއްގައި ފިޔާ އަދި ލޮނުމެދު މިރުކޮށްލުމަށްފަހު ކުކުޅު އަޅުއްވާ ކައްކަވާލައްވާ. ކުކުޅު ކައްކަވާއިރު ކަޖުން ސުޕައިސް އަޅުއްވާ. ކުކުޅު ކެކުނީމާ ބެލްޕެޕަރ އަދި މަސްރޫމް އަޅުއްވާ ކައްކަވާލައްވާ. ކުކިން ކުރީމް އަޅުއްވާ އަދި ޕާސްތާ އަޅުއްވާ އެއްކޮއަލުމަށްފަހު ލޮނު ހެޔޮވަރުކޮށްލައްވާ.