ފަހަނާ ކުރުމާއި ފާހަނަތައްޓާއި ގުޅޭގޮތުން ވާހަކަދައްކަން ބޭނުން ނުވާ އެތައް ބަޔަކު އެބަތިއްބެވެ. އެއީ ދެން މާބޮޑު ކަމެއް ނޫނެވެ. އެހެން ނަމަވެސް ފާހަނަތަށީގައި ވަރަށް ބޮޑަށް ޖަރާސީމް އެކުލެވޭ ކަމަށް ވާހަކަދެކެވޭއިރު، އެ ޖަރާސީމްތައް އިތުރަށް ފެތުރުނަ ނުދިނުމަށް ކުރެވޭނެ ކަންތައްތަކާއި ގުޅޭގޮތުން ވާހަކަދައްކަން ޖެހޭ ނޫންތޯއެވެ؟.

1975 ވަނަ އަހަރުގައި ހޯދި ހޯދުންތަކުން ދައްކާގޮތުގައި، ފާހަނައަށް ބޮޑު ކަމުގޮސް ފްލެޝް ކުރުމުންވެސް އެ ތަށީގައި ޖަރާސީމް އެތައް ގަޑިއިރެއް ވަންދެން ހުންނާނެއެވެ.

އަދި ފްލަޝް ކުރާ ވަގުތު ޖަރާސީމް ވަރަށް ބޮޑަށް ފެތުރިގެންދާކަމަށް އެ ހޯދުންތަކުން ދައްކައެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ފާހަނަ ކުރުމަށްފަހު ފާހަނަތަށިގެ މަތި ޖަހާލުމަށްފަހު ފްލަޝް ކުރުމެވެ.

އަދި މިފަދަ ޖަރާސީމްތައް ފާހަަނަ ތެރޭގައި ހުންނަ ބުރުހާއި، ތުވާލި ފަދަ ތަކެއްޗަށް ދެއެވެ.

މިކަމާއި ގުޅޭގޮތުން ކުރި ފަހުގެ ދިރާސާތައް ބުނާގޮތުގައި، ފާހަނަ ފްލަޝް ކުރާ ކޮންމެ ފަހަރަކު ބެކްޓީރިއާ 10 އިންޗި މަތީގައި ހުންނާނެކަމަށް ވެއެވެ. އަދި މި ބެކްޓީރިއާގެ ސަބަބުން ހޮޑުލެވުމާއި، ގޭސްޓްރިކް މައްސަލަތައްވެސް ކުރިމަޔިވާކަމަށް ވެއެވެ.

މި ހުރިހާކަމަށްވެސް އޮތް ހައްލަކީ ފާހަނަ ކުރުމަށްފަހު ފްލަޝް ކުރާއިރު، ފާހަނަ ތަށީގައި މަތި ޖެހުމެވެ.