އެއް ފަހަރު ބޭނުން ކުރާ އަތްދަބަސް ނުވަތަ އަންނައުނު ދެވަނަ ފަހަރަށް ބޭނުން ކުރާކަށް މައްޝޫރު ގިނަ 'ސެލެބްރިޓީސް' ބޭނުމެއް ނުވާނެއެވެ. ނަމަވެސް ދާދިފަހުން ބޮލީވުޑްގައި ފައިތިލަ ސާބިތުކޮށް މައްޝޫރުކަން ހޯދި ޕްރިޔަންކާ ޗޯޕްރާ މިވަނީ އެއްފަހަރު އޭނާ ބޭނުން ކުރި ބޫޓެއް އަނެއްކައިވެސް ބޭނުން ކޮށްފައެވެ.
އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުން، ޕްރިޔަންކާ އެންމެ ފުރަތަމަ އެ ބޫޓްގައި ފެނިފައިވަނީ، ސަލްމާން ޚާންގެ ދައްތަ އަރްޕިތާ ޚާން އާއިއެކީ ބޭރަށް ގޮސް އުޅެނިކޮށެވެ. އަދި ދެވަނައަށް އެ ބޫޓްގައި އޭނާ ފެނިފައިވަނީ އޭގެ ދުވަސްކޮޅެއް ފަހުން ސްޕާއަށް ދިޔަ މަގުމަތީގައެވެ. ކުރިން އެ ބޫޓް ޕްރިޔަންކާ ބޭނުންކުރީ ބޭރަށްދާން 'ފަރި' ދެއްކެން ކަމުގައި ވިޔަސް، ދެވަނަ ފަހަރު އޭނާ އެ ބޫޓްގައި ބޭނުން ކުރީ ސަމާރ ވެކޭޝަނެއްގެ ތެރޭގައެވެ.
ތިންވަނަ ފަހަރު އޭނާ އަނެއްކާވެސް މި ބޫޓް ބޭނުންކުރަނިކޮށް ފެނިފައިވަނީ މުމްބާއީގެ ހޮޓަލެއްގެ ތެރޭން ޝޫޓިން ނިންމާފައި ދަނިކޮށެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ޕްރިޔަންކާގެ މި އަގުހުރި ބޫޓްގެ އަގަކީ 56000 އިންޑިއަން ރުޕީސްއެވެ.
މިކަމާ ގުޅިގެން ޕްރިޔަންކާގެ ގިނަ އަދަދެއްގެ ފޭނުން ދަނީ ހައިރާންކަން ފާޅުކުރަމުންކަމަށްވެސް އިންޑިއާގެ ރިޕޯޓްތައް ބުނެއެވެ. އަދި ޕްރިޔަންކާއަކީ އެހެން ފަންނާނުންނާއި ޚިލާފަށް ފޮނި މީހެއް ނޫން ކަމަށްވެސް އޭނާގެ ފޭނަކު ބުނެފައިވެއެވެ.
މައްޝޫރު ފަރާތްތަކުން އަބަދުވެސް ބޭނުން ކޮށްއުޅެނީ މުޅިން އައު ޓްރެންޑިން ތަކެތިކަންވެސް ފާހަގަ ކޮށްލެވެއެވެ.
އިސްރާފު
ޕިސް ޕިސް. ސުނީތާ ދެން އެއްޗެހިވެސް ބަދަލު ނުކުރާނެ
ސިސްޓާރ ގެ މާނަ އަކީ ހަމައެކަނި ދައްތަ އެއް ނޫން، އަރުޕިތާ އަކީ ސަލްމާން ގެ ކޮއްކޮ،
ތީދެން އެވަރުގެ ކަމެއް