ވާހަކަ ނުދެއްކޭ އަދި އަޑު ނީވޭ މީހަކު 12 އަހަރު ވަންދެން ގެއިން ނުނިކުމެވޭގޮތަށް ޗޭނުން ބަނދެފައި ބެހެއްޓި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޗައިނާއަށް ނިސްބަތްވާ އޭނާ އަށް މިގޮތަށް ހަދާފައި ވަނީ އޭނާގެ މަންމައެވެ. ވެންގެ ޒިއަންގ ނަމަކަށް ކިޔާ އެ މީހާއަކީ އުފަންވިއިރުވެސް ވާހަކަ ނުދެއްކޭ އަދި އަޑު ނީވޭ މީހެކެވެ. އޭގެ ފަހުން އޭނާ މާބޮޑަށް ބަލިވީއެވެ.

އޭނާގެ މަންމަ ޔޮންގ ރޮންގ ބުނީ، ދަރިފުޅު ޗޭނުން ބަނދެގެން ގޭގައި ގެންގުޅުނީ އޭނާގެ ފަރާތުން އެހެން ބަޔަކަށް އަނިޔާވެދާނެތީ ކަމަށެވެ. އޭނަ ގެންގުޅެފައި ވަނީ ގަލުން ހަދާފައިވާ ހޮހޮޅައެއް ފަދަ ގެއެއްގައެވެ.

ވެންގ ކުޑައިރު ސްކޫލަށްވެސް ގެންދިޔައެވެ. އެހެން ނަމަވެސް ސްކޫލް ކުދިންގެ ފަރާތުން އޭނާއަށް ގަނާ ކުރަން ފެށެމުން އޭނާއަށް މައްސަލަ ޖެހެން ފެށިއެވެ. އެއާއެކު އޭނާގެ އާއިލާއިން ނިންމީ އޭނާގެ ޗޭން އަޅުވާފައި ބަންދު ކުރުމަށެވެ.

އޭނާ ދިރިއުޅޭ ސަރަހައްދުގައި އުޅޭ އަވައްޓެރިންނަށްވެސް އޭނާ އަނިޔާ ކުރާކަމަށް ޔޮންގ ބުނެފައި ވެއެވެ. އޭނާއަށް އެވަރުވީއިރުވެސް އެއްވެސް ވަރަކަށް ޑޮކްޓަރަށް ދައްކާފައި ނުވެއެވެ.

"އަހަރެންގެ ފިރިމީހާ ހުރިއިރު އޭނާއަށް ވަރަށް އަޅާލާ. އޭނާ މީގެ 12 އަހަރު ކުރިން މަރުވުމުން އަހަންނަ އެކަނި އޭނާ ނުބެލެނީ" ޔޮންގ ބުންޏެވެ.

ވެންގ ބޮޑު ދައްތަ އޭނާ ގާތަށް ޒިޔާރަތް ކުރެއެވެ. ކޮންމެ ފަހަރަކު އެތަނަށް ވަދެ ވަރަށް ރޮއެ ހަދާކަމަށް ވެއެވެ. އަދި ވެންގ އޭނާ ގާތުގައި އެތަނުން ނެރެން އާދޭސް ކުރާކަމަށް ވެންގގެ ދައްތަ ބުނާކަމަށް ވެއެވެ.

ވެންގއަށް ވަރަށް އަވަހަށް ފަރުވާ ދޭން ފެށުން އެއީ އުއްމީދެއްކަމަށް އެ ވިލޭޖުގެ ސެކެރެޓެރީ ވަނީ ބުނެފައެވެ.