ޖޭމްސް ބޮންޑްގެ ފަހުގެ ފިލްމް "ބޮންޑް 25" ޝޫޓިން ލަންޑަންގައި ފަށައިފިއެވެ.

އަންނަ އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ސޫޓިން އިޓަލީގައި ވެސް ކުރިއަށް ދާނެއެވެ.

މި ސީރީސް ގެ 24 ފިލްމު އުފައްދާފައިވާއިރު އަންނަ އަހަރުގެ ނޮވެމްބަރު 8 ގައި ރިލީޒް ކުރާ ބޮންޑްގެ 25 ވަނަ ފިލްމްގައި ވެސް ބޮންޑްގެ ރޯލް ކުޅޭނީ، އެންމެ ފަހުގެ ހަތަރު ފިލްމްގައި ވެސް ޓައިޓްލް ރޯލް ކުޅުނު ޑެނިއަލް ކްރެއިގެވެ.

ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމަށް އެތަށް ބަޔަކު އިންތިޒާރު ކުރަމުންދާއިރު މި ފިލްމުގެ ބަތަލާއަކަށް ފެނިގެންދާނީ ކާކުތޯ އަދި ވަނީ ސުވާލު އުފެދިފައެވެ.

"ޖޭމްސް ބޮންޑް" 25 ވަނަ ފިލްމުގެ ކާސްޓުންގެ ތެރޭގައި ރަމީ މާލިކް، ރާލްފް ފިއެނެސް، ނައޯމީ ހެރިސް، ރޯރީ ކިނިއޭ، ލިއާ ސެޑޫ، ބެން ވިޝޯ، ޖެފްރީ ރައިޓް، ބިލީ މެގްނެސަން، ހިމެނެ އެވެ.

ޖޭމްސް ބޮންޑް ގެނެސްދޭ އެމްޖީއެމްގެ ބައެއް އޮފިޝަލުންނާ ހަވާލާދީ މިހާރު ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 25 ވަނަ ފިލްމް ޑައިރެކްޓް ކުރުމުގެ ފުރުސަތު އެންމެ ބޮޑީ ޑެނީ ބޮޔެލް އެވެ.

ޔުނިވާސަލް ޕިކްޗާޒަށް އިންޓަނެޝަނަލް ޑިސްޓްރިބިއުޝަން ރައިޓްސް ލިބުނު "ބޮންޑް 25" ގެ ސްކްރީންޕްލޭ ލިޔަނީ "ޓީ2 ޓްރެއިންސްޕޮޓިން" ގެ ސްކްރީން ރައިޓަރު ޖޯން ހޮޖް އެވެ.

"ބޮންޑް 25" ޑެނީ ޑައިރެކްޓް ކުރާ އިރު، މި ފިލްމްވެގެން ދާނީ ކްރެއިގް ބޮންޑްގެ ރޯލް ކުޅެން ފެށި ފަހުން، މި ސީރިޒްގައި މަސައްކަތް ކުރާ ތިން ވަނަ ޑައިރެކްޓަރަށެވެ.