ދިވެހިންގެ ތެރޭގައިވެސް ޝާހްރުކް ޚާންއަށް މަރުދޭ އެތައް ބަޔަކު އުޅެއެވެ. އެ މީހުންނާއި ޝާހްރުކް ބައްދަލުކުރޭތޯ އެތައް ބަޔަކު މީސް މީޑިއާ މެދުވެރިކޮށް އެ ވާހަކަދައްކައެވެ.

މީގެ ތެރެއިން ބައެއް ދިވެހިންނަށް މިއަދު އެ ފުރުސަތު ލިބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މި ސަޕޯޓަރުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދީފައެވެ. މި މީހުންގެ ހުވަފެންތައް ސީދާ ވެގެން މި ދިޔައީ ޝާހް ރުކް ހަމަ ލޮލަށް ފެނުމުގެ ފުރުސަތު ލިބުންނެވެ.

ޝާހްރުކް ވަނީ އޭނާއަށް ސަޕޯޓް ކުރާ ބައެއް ދިވެހި ސަޕޯޓަރުންނާއި މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބައްދަލުކޮށްފައެވެ. އަދި އެ މީހުންނާއެކު ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ފޮޓޯވެސް ނެގިއެވެ.

އާއިލާއައެކު ޝާހްރުކް ޚާން ރާއްޖެ އައީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ވަނީީ ޖުމޭރާ ވިއްޓަވެލި ރިސޯޓްގައެވެ.

ޝާހު ރާއްޖެ އައިސްފައި ވަނީ އަނބިމީހާ ގޯރީ ޚާންގެ އިތުރުން އޭނާގެ ދޮށީ ދަރިފުޅު އާރިޔާން ޚާނާއި އަންހެން ދަރިފުޅު ސުހާނާ ޚާނާއި ހަގު ދަރިފުޅު އަބްރަމް ޚާން ގޮވައިގެންނެވެ.

އޭނާ މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ރާއްޖެ ދޫކޮށް ދާން ދެރަވާ ކަމަށެެވެ. އޭނާ ދަމުން ދިޔައީ ޖުމޭރާ ރިސޯޓުގެ މުވައްޒަފުންނަށް ހާއްސަ ޝުކުރެއްވެސް އަދާކޮށްފައެވެ.

ފަހަކަށް އައިސް ބޮލީވުޑްގެ ތަރިންގެ މެދުގައި ރާއްޖެ ވަނީ ވަރަށް މަގުބޫލް މަންޒިލަކަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބަބުރު

    ސާކުރަތުހާނު ތިއީ އަނެއްކާ ދިވެހިން، އިންޑިޔާގެ ސަގާފަތާ ދޯޅުތޯ ބެލުމަށް، ގެރިމޯދީ ފޮނުވި އެޖެންޓެއް ނޫންބާ؟

    20
    26
  2. މުކި

    ދިވެހި އަންހެން ކުދިން ހޭބަލިވިޔަސް. ހާދަ ރނޑުކޮށް ހުންނަ ސޮރެކޭދޯމިލީ. ޢިންޑިއާ ފިލްމުކުޅޭ އެހެން ދިރިހެނުންނާ ވަކި ތަފާތެއް ނެތް. ހިހި

    30
    29
  3. ދޭބަލަ

    ތަމެންގެ ވެރިކަމުގައި އެންމެ ދެ ދުވަސް ދޯ ޝާޚްރު ހޭދަ ކުރީ ރާއްޖޭގައި މަމެން ޕިންކީންގެ ވެރިކަމުގައި 2 ހަފްތާ ދޯ ތަމެން ދެން މަހަށް ދޭބަލަ މަަހަށް މަހަށް މަހަށް ދޭބަލަ...

    23
    25
    • މޮޔައެނޮނިމަސް

      ހަމަ ތަމެން ކިޔާލަ ކިޔާލަ ހުރުން ނޫން ކަމެއް ނެތް ތަ މި ސޮރަކަށް.މީ މޮޔަ ގޮލައެއް ބާ؟

  4. މުހައްމަދު

    މުސްކުޅިބެ

    2
    20
    • 《》

      ކަލޭ ނުވާނެ މުސްކުޅިއެއްވެސް.

      10
      1
  5. ބަކުރުބެ

    ޝާހުރުޚްގެ ސަޕޯޓަރުންގެ ތެރޭގައި ތިބެނީ އަންހެނުންއެކަނިދޯ؟

    3
    3