އިސްލާމްދީން ގޮވާލަނީ އެކުވެރިކަމާއި ހަމަޖެހުމަށެވެ. ނަމަވެސް ރާއްޖޭގެ ދީނީ އިލްމުވެރިންގެ މެދުގައި ވެސް ދުވަސް ދުވަސްކޮޅުން ބޮޑެތި ޚިޔާލު ތަފާތުވުންތައް އުފެދި "ދުރުމިނެއް" އެބޭފުޅުންގެ މެދުގައި އުފެދެއެވެ. މިފަދަ ދުރުކަމެއް މިހާރު އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އިސް މުޝީރުގެ މަގާމުގައި ހުންނެވި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދާއި އެމަނިކުފާނުގެ އަރިހުގައި ކުރިން މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންގެ މެދުގައި ވެސް މީގެ އަހަރެއްހާ ދުވަސް ކުރިން އުފެދުނެވެ.
އަދާލަތު ޕާޓީގެ އިސް ސަފުގައި ތިއްބެވި އިލްމުވެރިންނާއި، ޝަހީމާއި ދެމެދު ދުރުކަމެއް އުފެދި، ބަހުގެ ހަމަލާތައް ބަދަލުކުރާ ހިސާބަށް ކަންތައްތައް ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާ އެމަނިކުފާނުގެ ރަނިން މޭޓެއްގެ ގޮތުގައި ޝަހީމް އިހްތިޔާރު ކުރެއްވުމުންނެވެ.
ޔާމީންގެ ފަހަތްޕުޅަށް ޝަހީމް އަރައިވަޑައިގެންނެވިއިރު، އަދާލަތު ޕާޓީގެ ރައީސް އިބްރާހިމް އަބްދުﷲ އޮންނެވީ ޖަލުގައެވެ. ޝަހީމްގެ އަމަލުފުޅުތަކަކީ އަނިޔާވެރިކަމަށް ހިތްވަރު ދެއްވުން ކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ އިސް ބޭފުޅުން ކަމަށްވާ ޑރ.އިޔާޒާއި، ޝައިހް އިލްޔާސް ފަދަ ބޭފުޅުންގެ އަމާޒަކަށް ޝަހީމް ވިއެވެ.
ދެފަރާތުން "ބަހުގެ ހަމަލާތައް" ބަދަލު ކުރަމުން ގެންދިޔަ ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ޝަހީމާއި އިލްޔާސް ވަނީ ސުލްހަވެފައެވެ. އަދި މިއަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރެއިން ޝަހީމް ވަނީ އިމްރާނާއި، އިޔާޒާއި ވެސް ބައްދަލު ކުރައްވާފައެވެ. އެބޭފުޅުން ހައްޖުގެ އަޅުކަން އަދާކުރެއްވުމުގެ ތެރޭގައި ނަންގަވާފައިވާ ބައެއް ފޮޓޯތައް މީސް މީޑިއާގައި ހިއްސާ ކުރެއްވުމާއި އެކު ގިނަ ބައެއްގެ ސަމާލުކަން އެފޮޓޯތަކަށް ވަނީ ލިބިފައެވެ.
ސިޔާސީ ފިކުރު އެއް ފަރާތް ކުރުމަށް ފަހު އިލްމުވެރިންތަކެއް އެކުވެރިކަމާއި އެކު ބައްދަލުކޮށްލާ މަންޒަރު ފެނުމުން އެތައް ބަޔަކަށް ވަނީ އުފާވެރިކަން ލިބިފައެވެ.
ޝަހީމް، އެމަނިކުފާނާއި ސިޔާސީ ގޮތުން ފިކުރު ތަފާތު ބޭފުޅުންނާއި ބައްދަލުކުރައްވާ އުފާވެރި ފޮޓޯތަކެއް އާއްމު ކުރެއްވި ނަމަވެސް ޝަހީމް އަދިވެސް ހުންނެވީ ރައީސް ޞާލިހްގެ ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅު ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް އަދާލަތު ޕާޓީ އަދިވެސް އޮތީ ސަރުކާރު ދިފާޢު ކުރާ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައެވެ.
ނާޒިމު ވެރިކަމަށް ގެނައުމުގެ ޓީމު... ކުރިންވެސް ޢަދާލަތުގެ ވިސްނުން...
އެއީ ޤައުމަށް މިވަގުތު އެންމެ ރަނގަޅު ގޮތް އެއަށް ދެކޮޅު ހަދާނި ކައްޓަށް މަދަށް ރީނދޫހުން ޖެހިފަ ތިބި މީސްކޮޅުއެކަބި
ޢަޖައިބު! ކުށްކުރާ މީހުންނަށް އަދަބު ދިނުމަކީ "އަނިޔާ" ކަމަށް ވަނީ ކިހިނަކުންތަ؟ ޢިމްރާން ޖަލަށްލީ 2015 މެއިޑޭގައި އޭނަ ހިންގި ޖަރީމާތަކާ ގުޅިގެންނޭ. އަނިޔާ އަކީ އިލްޔާސް، ނޫނީ ޢިޔާޒުގެ ދުލުން ބުނާ ކޮންމެ އެއްޗެއްތަ؟ އަނެއްކާ މިމީސްމީހުން "ޢިލްމުވެރިން" ނަށް ވީ ކޮން އިރަކުތަ؟ އަހަރުން ނުދެނެހުރިން އެއީ ޢިލްމުވެރިން ކަމެއް. އެހެންނެއް ނޫން، ޝައިޚުންނޭ ކިއިދާނެ. ޢިލްމުވެރިންނަކީ މުޅިން އެހެން ކެޓެގަރީއަކަށް ކިޔާ ނަމެއް.
އެއީ ސޭހުންތަ؟
ސޭހުންނެއްނޫ
ޓި ފޮޓޯތަށް ފެނިފައި މުޑުދާރު ސިޔާސީ މީހަކު ނޫނީ އުފަލެއް ނުވާނެ.
ވަރަށްވެސް އުފާވެރި މަންޒަރެއް. ސިޔާސީ ވެރިންނަށް މިނަމޫނާއިން އިބުރަތް ޙަސީލް ވާނެކަމަށް އުމީދުކުރަން!
ކަލެއައް އަފިވެސް ދޭހަވަނީ ނަމޫނާތަ މީގެއިން.. ؟
30 މޫނު ގެންގުޅޭ މީހުން ތަކަކައް ބޭރުފުށުން ބޭނުން ދަޅައެއް ދެއްކުމަކީ އުނދަގޫކަމެއް ނޫނެވެ. އެއްދުވަހު އަތާ އަތް ޖޯޑުކޮއް ރަހުމަތްތެރީންކަމުގައި ދައްކާނެ..އަނެއް ދުވަހު އެކަކު އަނެކަކު ދީނުން ބޭރުކޮއް އިސްލާމްދީނުގެ އަދުއްވެއްކަމައް ހަދައި ހަނގުރާމަ އިއުލާން ކުރާނެ. ދެން އަނެއް ދުވަހު އަތާއަތް ޖޯޑުކޮއް ރަހުމަތްތެރިކަމުގެ ވާހަކަ ދައްކައި ޕިކުނިކު ހަދާނެ. މިފަދަ ބަޔަކީ އުސޫލާއި ޕުރިންސިޕަލެއް ތިބި ބަޔަކު ކަމުގައި ދެކިގެން ރައްޔިތުން މިމީހުންގެ ފަހަތުން ހިންގަން ފަށައިފިއްޔާ ހަލާކުވެދާނީ ރައްޔިތުންނެެވެ. މިއީގެއިން އެކަކުވެސް އިޚްލާސްތެރި ވެރިޔެއްކަމުގައި ދެކެގެން އުޅެފިއްޔާ އަބަދުވެސް ލިބޭނީ ކޮންމެވެސް ކެއްސެއްކެވެ.
ތިގޮތައް އެމްޑީޕީ އަކީ ލާދީނީ ގުރޫޕެއްކަން އިއުލާނު ކޮއް އެމީހުންގެ ކިބައިން ގައުމު ސަލާމަތް ކުރަން އެންމެން އަތުގަ ހިފައިގެން ތިތިބަ ބައިގަނޑު ލޮނުޒިޔާރަތްކޮޅުގަ ސުޓޭޖުހަދައިގެން ތިބި ތަންވެސް ދުށީން. މިހާރު އެތިބީ އެދުވަހު ދީނުން ބޭރުކުރި އެމްޑީޕީ އާއި އަތާ އަތްޖޯޑުކޮއް އެމީހުންގެ ސަރުކާރުގައި.
ދެފުއްކެހެރިން.
މުނާފިގުން ކުރިމަތީސަލާންކޮށް ވަރަށް ހެޔޮދުވާ ކޮށް އެކުވެރިކޮށް އުޅޭނެ ލޯމަތިން ގެއްލޭއިރަށް ނެތި ނުބައި ކިޔަން ފަށާނެ
މުނާފިގުން އެކަކު އަނެކަކާ ނިކަން ގުޅޭނެ ހިނދުކޮޅުތައް އަންނާނެ
އަޅުގަނޑު އެދެނީ ތިގޮތަށް އެކުވެރިކޮށް އެންމެން އުޅުމެވެ. މިއީ އެންމެންގެ ޤައުމެވެ. އަޅުކަން ކުރަނީ ﷲއަށެވެ. ދީނަކީ ﷲ ރުހުވޮޑިގެންވާ އިސްލާމްދީނެވެ. ގޯސްކޮށް ކަމެއްކުރެވުނަސް ނަސޭހަތްދީ މަޢާފްކޮށް އުޅެންވީއެވެ. އިލްމްވެރިން ނަމޫނާ ދެއްކުން ވަރަށް މުޙިއްމެވެ. ޢިލްމުވެރިންނަކީ ﷲގެ ޙަޟުރަތުގައި މާތް ބައެކެވެ. ފިތުނައުފައްދަން މިއުޅެނީ ރަސޫލު ޒަމާނުއްސުރެ މުސްލިމުންނާއި ދެކޮޅުވެރިވެގެން އުޅޭ ޔަހޫދީނެވެ. އެމީޙުން ބޭނުންވާ ގޮތަށް މިގައުމު ބަދަލުކުރުމުގެ ފުރުޞަތު އިލްމުވެރިންގެ ފަރާތުން ނުދިނުން ވަރަށް ބޮޑަށްއެދެމެވ.
މި ދުނިޔެމަތީ ތިބި އަމިއްލަ އެދުމުން ފޯވެފައިތިބި އެންމެ ބިޔަ ލަސްކަރު ތިއީ، ފޮޑިއެއް ޖަހާ ފޮޑިވެސް ފޮޓޯނަގާފަ ލިވޭނެނަމަ މީސްމީޑިއާއަށް ލާނެ
ތީގާ ގިނައިން ތިތިބީ ރައްޔިތުންގެ ފައިސާއިން ހައްޖަށް ގޮސްތިބިމީހުން. ހިހޫތަނުން ކައިއުޅޭ މީހުން.
ތިއީ ޤައުމުގެ އަދުއްވުން، ގައުމު ފުނޑާލާފައިވެސް އެމީހުންގެ އަމިއްލަ އެދުން ހާސިލް ކުރުމަށް ވިއްދާފައިތިބި ބައެއް
ތިޔޭ މުސްލިމުންގެ ގޮތަކީ މާމޮޅު ޑިމޮކްރަސީއެއް މިރާއްޖެ ގެނެސްގެން ހުރިހާ އިސްލާމީ ވެލިއުތައް މިރާއްޖޭގަ ހަލާކުކޮށްލީ
މާޝާ ﷲ? ވ އުފާވެރި މަންޒަރެއް. ޚިޔާލު ތަފާތުވިއަސް މުސްލިމުންނަކީ އެއްބައެއް.
އަނެއްކާވެސް ބަޣާވާތެއް ބޯމަތިވާން އުޅެނީބާ!؟
ޑރ. ޝަހީމަކީ އެއްވެސް މީހެއްގެ ދުޝްމަނެއް ނޫން. ސަލާންކޮށް ވާހަކަ ދައްކާ ހެދޭހާ ހިތްވަރުވެސް ހުންނާނެ. އަމުދުން އެމާތް ބިމުގަ. އެކަމަކު ފޮޓޯގަ ދެން ތިތިބަ މީހުންނާ އެއް ފެންވަރަށް ދުވަހަކުވެސް ވެއްޓިދާނެ ކަމަކަށް ނުބެލެވޭ. ޝަހީމަށް ލާދީނީ އަބަދުވެސް ލާދީނީ. އަނިޔާވެރިން އަބަދުވެސް ދަންނާނެ. ފައިސާއަށް ނުވަތަ އެހެން މީހަކަށް ހަސަދަ ފިލުވުމުގެ ބޭނުމުގަވެސް އެކަންކަމެއް ބަދަލެއް ނުކުރައްވާނެ. ދެން ތިތިބީ ހަސަދައާއި ފައިސާއަށް ނަފްސު ވިއްކާލާފަ ތިބި އަގެއް، ހުރުމަތެއް ނެތް ބައެއް. ޑރ. ޝަހީމާ އެއް ގިނތިއަކަށް ދެނެއް ނުވެސް އާދެވޭނެ.
ޤަބޫލު ކުރިއަސް ނުކުރިއަށް ތި ހުރިހާ މީހުން ސިޔާސީ އޭ ކިޔައިގެން ދިވެހިންގެ ލާރި ކޮޅު ކާލަނީ.. ރައްޔިތުން ވާނެ އަތް ޖަހަން.
ޑރ.ޝަހީމަކީ ޜައީސް ޞާލިޙުގެ ސިޔާސަތަކާ ދެކޮޅެ ބޭފުޅެއްނޫން. ވާނުވާ އެނގިވަދައިގަންނަވާ ކޮންމެ ޢިލްމުވެރިޔަކުވެސް ދެކޮޅުވަނީ އެމް.ޑީ.ޕީ އަށް ބާރު ދިނުމާ. ރާ ޢާންމު ކުރުމާއި އިސްލާމީ ވަޙުދަތު ނައއތާލުމުގެ ސިޔާސަތާ.
އިލިޔާސް އަށް ނުކުރުނު ބޯބާލަންވެސް ، މިމީހުންގެ ދީން ވެރިކަން.
ތީގެ ތެރެއިން އެންމެ މަކަރު ހަދާމީހާ އެންމެން ކައިރިއަށް ގޮަސް ފޮޓޯ ނަގާފަ ސަމާލުކަންހޯދަނީ...ސުބުޙަނަﷲ. ވަރަށް އަޑިނުބައި މީހެއް
އެ މަތިވެރި ބިމުގައި ކާކު އަތާ އަތް ގުޅާނުލާނީ. އެކުވެރިކަމާ އެކު އެކަން ކުރިއެއްކަމަކު، އޭގެން އެއްވެސް ބޭފުޅަކު ސިޔާސީ ގޮތުން ގޯހެއް ހަދަންޏާ އަނެކާއަށް އެކަން ހަނދާން ކޮށްދޭނެ. ތިޔަ ފޮޓޯއަށް ބަލާއިރުގައި، އެމީހުންގެ ތެރެއިން އެންމެ ސީނިއާ މީހާ ހެދިފައި އެހުރީ، ޝެއިކް އިމްރާން. އެންމެ އަތް ފުޅަލީވެސް އެބޭފުޅާގެ. ޑރ ޝަހީމް މިހާރު އެވަނީ ސްޓައިލް ބަދަލު ކުރައްވާ ޑެނިމް ޖިންސަން ބަދަލުކުރައްވާފައި. ކިތަންމެ ގޮތަކަށް ވިސްނިއަސް އޭގެން އިގޭ އެއްޗަކީ އެތިއްބެވި ހުރިހާ ބޭފުޅުނަންވުރެއް ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތުވާނީ ޝަހީމްގެއޭ. ޝަހީމް އެއް ނޭދޭނެ، ސެކެއުލާ ސަރުކާރެއް ގާއިމް ކުރާކަށް. ޝަހީމް އެއް ނޭދޭނެ، ރައީސް ނަޝީދު ފަދަ ވިޔާނުދާ ވާހަކަ ދީނާ ބެހޭގޮތުން، އުންމަތާ ބެހޭގޮތުން، ގައުމާ ބެހޭގޮތުން ދައްކާފައިވާ މީހެއްގެ ފަހަތުގައި ތިބެގެން ވެރިކަން ކުރާކަށް. މިމައްސަލައގެން ދެން އެތާ ތިބި ޝެއިހުން އެވަނީ ގާފިލުވެ، ފެއިލްވެފައި. އަމިއްލަ އަތައް ގޮވާފައި. ވަޒީފާއި، ގާތްތިމާގެ މީހުނަށް އަދި ޕާޓީ ކުދިންނަށް މިސަރުކާރުން ބަހާލި މަގާމުތައް ގެއްލިދާނެތީ އެތިބީ ތުނބުޅި ކުރުކޮށްގެން ހައްޕު ކިޔައިގެން.
ޝަހީމް ރައީސް ކަމަށް ސަޅި ވާނެ. ކުރިމަތި ލައްވާނެ ދުވަހަކަށް އިންތިޒާރު ކުރަން.
މައުމޫނު މަދީ.
މިއީ ސިޔާސީ ދެކޮޅުވެރިންނެއް ނޫނޭ! ދުނިޔޭގެ ދަހިވެތިކަމުގައި ތެޅިބާލާ މީހުން.